Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުރު ގަޑީގެ ފައިސާ ކަނޑާލުން

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

އިތުރުގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އެންގީ ގުރޫޕްގައި، މެމޯއަކުން އަންގާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އެޕްރީލު 2025 | ބުދަ 06:35
އެމްޕީއެލް ބަނދަރުގައި އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް މަސައްކަތް ކުރަނީ

އެމްޕީއެލް ބަނދަރުގައި އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް މަސައްކަތް ކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފިއެވެ.

ރާއްޖެއެމްވީއަށް އެމްޕީއެލްގެ މުވައްޒަފެއް ބުނީ އިތުރު ގަޑީގެ ފައިސާ ނުލިބޭނެ ކަމަށް އަންގައި، އެޗްއާރްއިން އަންގާރަ ދުވަހު ގުރޫޕަށް މެސެޖެއް ލާފައިވާ ކަމަށާއި، ނަމަވެސް މެމޯއަކުން ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.

އެ މެސެޖްގެ ސްކްރީންޝޮޓެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ މެސެޖްގައި ބުނެފައިވަނީ ބަޖެޓް އިންތިހާއަށް ދަތިވުމުގެ ސަބަބުން ކުރިއަށް އޮތް 6 މަސްދުވަހަށް ހުރިހާ ޑިޕާޓްމަންޓްތަކުގެ ތެރޭގައި އޯޓީގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ސީއީއޯ ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރަސްމީ ގަޑީގައި ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުމަށާއި، މަސައްކަތްތައް ރޭވުމުގައި ވެސް ރަސްމީ ވަގުތަށް އިސްކަންދީ ރާވާލައިގެން ކުރިއަށް ގެންދިއުމަށް އަންގާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ ކުއްލިއަކަށް ހާޒިރުވާން ޖެހޭ ހާލަތެއްގައި ޚާއްސަ ހުއްދައެއްގެ ދަށުން އޮފީހަށް ނުކުންނަ މުވައްޒަފުންނަށް ކަމަށެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް/ ސެކްޝަނުން އެންމެ ފަހުން ނިކުންނަ މުވައްޒަފު ހުރިހާ ލައިޓްތަކާއި، އޭސީތައް ނިންވާލުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޭސީގެ ޓެންޕަރޭޗަރ ވެސް 25 ނުވަތަ އެއަށްވުރެ މަތީގައި ބެހެއްޓުމަށް އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، މެމޯއަކުން އަންގާފައިނުވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށްފަހު ހާމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު