Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަމަޟާން މަހު އިންތިޚާބު ބޭއްވުން

ރޯދަ މަހު އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ތާއީދު ގެއްލެމުންދާތީ: ނިޔާޒު

ރާއްޖޭގައި މިހާރު ކަންކަން ވަމުންދާގޮތަށް ބަލާއިރު ވޯޓުލާން ނުނިކުތުމުގެ އާދައެއް އޮތްއިރު ރޯދަ މަހު އިންތިޚާބު ބާއްވާނަމަ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ފެބުރުއަރީ 2024 | ބުރާސްފަތި 00:50
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ރަމަޟާން މަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން މިސަރުކާރުން ބޭނުންވަނީ މިހާރު ކަންތައްތައް ހިނގާގޮތުން ސަރުކާރުގެ ރުހުން ރައްޔިތުންގެ މެދުގައި އޮތް މިންވަރަށް ބަލާއިރު ވީ އެންމެ އަވަހަށް އިންތިޚާބު ބޭއްވުމަކީ ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތްކަމުގައިވާތީކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު ކަންކަން ވަމުންދާގޮތަށް ބަލާއިރު ވޯޓުލާން ނުނިކުތުމުގެ އާދައެއް އެބަ އޮތްކަމަށެވެ. އެހެން އެކަން އޮއްވާ ރޯދަ މަހު މަޖިލީހުގެ އިންތިޚާބު ބާއްވައިފިނަމަ ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާނެކަމަށް ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން މިކަމަކީ ސަރުކާރަށް މިކަމުން ފައިދާ ވާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތްކަމަށް ނިޔާޒު ވިދާޅުވިއެވެ. އެއީ ރައްޔިތުން ސަރުކާރަށް ކުރާ ތާއީދު ދަށްވަމުންދާތީކަމަށް ނިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީސް އިންތިޚާބު ރޯދަމަހުގެ ފަހުން ބާއްވާގޮތަށް ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމުގައި ރައީސް ލަސްކުރައްވަމުން ގެންދަވާ ގެންދެވުމަކީވެސް އިންތިޚާބާމެދު ރައްޔިތުން ފޫހިކުރުވުމަށް ކުރައްވާ ކަމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ. އެބިލު ތަސްދީގުކުރައްވަން ބޭނުންފުޅުނުވާނަމަ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން ވަގުތު އޮއްވާ ބިލަށް ބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ކަންކުރަނީ އެ ގޮތަށް ނޫންކަމަށާއި މިއީ ޒިންމާދާރުކުޑަ ގޮތެއްގައި ކުރަމުންގެންދާކަމެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު