Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިނަދޫ ބައިނަލްއަގުވާމީ އެއާޕޯޓް

ތިނަދޫގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ މަޝްރޫއު، ދެ އަހަރުގެ ތެރޭގައި ނިންމާނަން: ރައީސް

21 ފެބުރުއަރީ 2024 | ބުދަ 00:46

އެ މަޝްރޫއު ފައިނޭންސްކޮށް ތަރައްގީ ކުރާނީ ތައިލެންޑްގެ ޕޭން ޕެސިފިކް ކުންފުނިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 ފެބުރުއަރީ 2024 | ބުދަ 00:46
 ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ގދ. ތިނަދޫގައި ތަރައްގީކުރާ ބައިނަލްއަގުވާމީ އެއާޕޯޓުގެ ބިޔަ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫއަށް ވަޑައިގެން ވަނީ، ބައިނަލްއަގުވާމީ އެއާޕޯޓެއް ގާއިމް ކުރުމަށް ތައިލެންޑްގެ ކުންފުންޏަކާ އެކު ފަހުމްނާމާއެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން ޖުމްލަ 600 މިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގާނީ ތައިލެންޑްގެ ޕޭން ޕެސިފިކް ކުންފުނިން ކަމަށް ވާއިރު، މި މަޝްރޫއަކީ އެ ކުންފުނީގެ އަމިއްލަ ފައިނޭންސިންގައި ކުރިއަށް ގެންދާނެ މަޝްރޫއެކެވެ.

Advertisement - newsAdvertisement

އެގޮތުން އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަޝްރޫއާއެކު ސަރުކާރުގެ ތަސައްވުރަކީ ތިނަދޫގައި މިހާރު ހިއްކާފައި އޮތް ބިމާ ގުޅިގެން، މަދުވެގެން އިތުރު 50 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށެވެ.

އަދި އެ ބިމާ ގުޅިގެން ހަތަރު ކިލޯމީޓަރުގެ ރަންވޭއެއް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ އެއާޕޯޓެއް ގާއިމްކުރައްވާނެ ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އެއާޕޯޓް ވާނީ މުޅި ދުނިޔޭގައި ވެސް، އެ އެއާޕޯޓުގެ ރީތިކަން ފާހަގަކުރެވޭ، ލޭންޑްމާކް ޑިޒައިންއެއް ހުރި އެއާޕޯޓަކަށް ކަމަށެވެ. އަދި އެ އެއާޕޯޓުގެ ޓާމިނަލްއަކީ ފެނުގެ މަތީގައި ތަރައްގީ ކުރެވޭ ރަންވޭއަކަށް ވުމާއެކު ވެސް، އެ އެއާޕޯޓުގެ ތަރައްގީ ވާނީ ތިމާވެއްޓާ ރަށްޓެހި ގޮތްތަކުން ތަރައްގީ ކުރެވޭ އެއާޕޯޓަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިނަދޫ އެއާޕޯޓާއެކު ސީޕްލޭން ޓާމިނަލް، ފްލައިން ސްކޫލް، އެއާ އެމްބިއުލާންސް ސާވިސް ފެސިލިޓީ، ޑިކޮމްރެޝަން ފެސިލިޓީ ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫގެ އިތުރަށް، އެއާޕޯޓް މަޝްރޫއުގެ ތެރެއިން ހުވަދު އަތޮޅުގެ 12 ރަށެއްގައި 12 ރިސޯޓް ގާއިމް ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެއީ 2،408 އެނދު ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެ މުޅި މަޝްރޫއު، އެންމެ ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

ތިނަދޫގައި ބައިންއަގުވާމީ އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ނިންމާފައިވާއިރު، ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ނުހިމެނޭ އަދި ވައުދުވެވަޑައިގެންނެވި ކަމެއް ވެސް ނޫނެވެ. އެ ވައުދު ވެވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

އެހެން ނަމަވެސް މި މަޝްރޫއުއަކީ ތިނަދޫގެ އިތުރުން ދެކުނުގެ ރަށްތަކުގައި ޓޫރިޒަމް ކުރިއަރައި ދިނުމަށް އެހީވެދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

20 މާރިޗު 2017
"ތަރިކަ" މަޝްރޫއުއަށް އެއްބާރުލުން ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް