Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުޢިއްޒުގެ ނ އަތޮޅު ދަތުރުފުޅު

ރަށްތަކުގެ މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ފަހު ކޮޅު ފަށާނަން: ރައީސް

މުޅި ރާއްޖޭގައި މަގު ހެދުމުގެ މަޝްރޫއު ފެށުން ތާވަލް ކޮށްފައި ވަނީ މިއަހަރުގެ ފަހު ކޮޅު ފަށަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަންނަ އަހަރު ގިނަ ރަށްތަކުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޖުލައި 2025 | ހޯމަ 07:40
މާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

މާފަރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ

ރާއްޖޭގެ ރަށްތަކުގެ މަގު ހެދުމުގެ މަޝްރޫއު މިއަހަރުގެ ފަހު ކޮޅު ފަށާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު އެ އަތޮޅު މާފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުޢިއްޒު ވިދާޅުވީ، މަގު ހެދުމަކީ އެމަނިކުފާނު ވެފައިވާ ވައުދެއް ކަމަށެވެ. މާފަރު ހިމެނޭހެން ޖުމުލަ ގޮތެއްގައި ހުރިހާ ރަށެއްގެ މަގު ހެދުމަށް ވައުދުވެފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. މުޅި ރާއްޖޭގައި މަގު ހެދުމުގެ މަޝްރޫއު ފެށުން ތާވަލް ކޮށްފައި ވަނީ މިއަހަރުގެ ފަހު ކޮޅު ފަށަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި އަންނަ އަހަރު ގިނަ ރަށްތަކުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަން އޮތް ކަމަށެވެ.

ދެން އޮތީ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަސައްކަތްތައް. މަގު ހެދުން ކަހަލަ ކަންތައްތައް. މަގު ހެދުމަކީ އަޅުގަނޑު ވެފައި އޮތް ވައުދެއް. ޖުމުލަކޮށް ހަމަ ހުރިހާ ރަށެއްގައި، މި ރަށް ވެސް ހިމެނޭ ގޮތަށް. މިއަހަރުގެ ފަހު ކޮޅަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތާވަލުކޮށްގެން މި އުޅެނީ މަސައްކަތް ފެށުމަށް. އެހެންވީމާ އެއީ މުޅި ރާއްޖޭގައި ވެސް މަގު ހެދުމުގެ މަޝްރޫއު މިއަހަރު ފަހު ކޮޅު އަދި ފެށިގެން ގޮސް، މި އަންނަ އަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތްތައް ކުރަން މި އޮތީ ކަނޑައެޅިފައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މާފަރު އެއާޕޯޓު ރަނގަޅު ފެންވަރުގެ ރަންވޭއަކާ އެކު ހުޅުވިފައި އޮތް ނަމަވެސް، އެ ފެންވަރުގެ ރަންވޭގެ އެއާޕޯޓަކަށް ބޭނުންވާާ ބައިވަރު އެހެން ކަންކަން ވެސް ހުރި ކަމަށެވެ. އެގޮތުން އެންމެ މުހިންމީ އެކަށީގެންވާ ފެންވަރުގެ ޓާމިނަލެއްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

ނ އަތޮޅުގައި ވަރަށް ގިނަ ރިސޯޓުތައް ހުރުމާއި، އިތުރު އެނދުތަކެއް އިތުރުވުމުގެ މަރުޙަލާގައި ހުރުމާއެކު، ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއާއެކު މާފަރު އެއާޕޯޓުގައި ހުންނަން ޖެހޭ އެހެން ކަންތައްތަކެއް ހުރި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ފަތުރުވެރިން އައުމަށް ފަހު، ފުރުމާ ދޭތެރޭގައި ވަގުތީ ގޮތުން މަޑުކޮށްލަން ތިބޭ ހޮޓަލެއްގެ ވާހަކަ ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމުގެ އިތުރުން އެއާޕޯޓުގެ ތަރައްޤީ އަށް ވަރަށް ގިނަ އެހެން ކަންކަން ޕްލޭން ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާފަރުގައި ބޯހިޔާވަހި ކަމުގެ މަޝްރޫއެއް އަންނަ އަހަރު ހިންގަން ޕްލޭން ކޮށްފައިވާ ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހި ކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާއިރު، ބޯހިޔާވަހި ކަމުގެ މަޝްރޫއު ހިންގާ ރަށް ތަކުގެ ތެރޭގައި މާފަރު ހިމެނޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ވެސް މާފަރުގެ ތަރައްޤީ އަށް ޖުމުލަ ގޮތެއްގައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާނެ ކަމަށާއި، އެ ދަތުރުގެ ބޭނުމަކީ އެ ޔަގީންކަން ދެއްވުމާއި، ކަންކަން ކުރަމުން އަންނަ ގޮތް ހިއްސާ ކުރުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު