Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންސާނެއް ވިއްޔާ ކޮންމެ ވެސް ވަރެއްގެ ލަދު ޙަޔާތެއް ހުންނަން ޖެހޭނެ!

މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖުލައި 2025 | އަންގާރަ 12:53
އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް މުޢިއްޒު

އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް މުޢިއްޒު

ރަޙުމަތްތެރިއަކާ މަގު މަތިން ދިމާވެގެން އޭނާ ބުންޏެވެ. މިނިވަން ދުވަސް އަންނަނީ ދޯ އެވެ! ޖަވާބުގައި ކުޑަ ހިނިތުންވުމަކާ އެކު އަހަރެން ބުނީމެވެ. އާނއެކެވެ! މިނިވަން ދުވަސް ކައިރި ވެއްޖެ ދޯ އެވެ! އެއާއެކު ރަޙުމަތްތެރިޔާ ބުނެލި އެވެ. އަންނަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމެއް، ނޫން ނަމަ އިންޑިއާގެ މިނިވަން ދުވަސް ކަމެއް ނޭނގޭދޯ އެވެ! އަހަރެން ކުޑަކޮށް މަޑު ޖެހިލީމެވެ.

އަހަރެންގެ ހަނދާން ގެންގޮސް މަޑު ކުރުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިއަށެވެ. ރާއްޖޭގައި މިނިވަން ދުވަސް ފާހަގަ ކޮށްފި އެވެ. 2024 ވަނަ އަހަރާއި، 2023 ވަނަ އަހަރު ވެސް ފާހަގަ ކޮށްފި އެވެ. ދެން އޭގެ ކުރިއަށް ހުރި އަހަރުތަކުގައި ވެސް، ފަޚުރުވެރި މިނިވަން ދުވަސް ފާހަގަ ކޮށްފި އެވެ.

ނަމަވެސް، އޭރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީއަކުން ކެނޑިނޭޅި ދައްކަމުން ދިޔައީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާފައިވާ ވާހަކަ އެވެ. އެ ދުވަހު ދިވެހި ރައްޔިތުންނަށް މިނިވަން ކަމުގެ ފުރިހަމަ ނޭވާއެއް ލެވެން ވެސް ނެތް ވާހަކަ އެވެ. ރައީސް އިބްރާހީމް ނާޞިރު ހޯއްދަވައި ދެއްވި މިނިވަންކަން ނެތެމުން، ގެއްލެމުންދާ ވާހަކަ އެވެ.

އެއީ ޕީޕީއެމް-ޕީއެންސީ އެވެ. ދައްކަމުން ގެންދިޔަ ވާހަކަތަކުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވެސް އޮތީ އުފެދިފަ އެވެ. އަވަށްޓެރި ޤައުމަކާ ދިވެހި ރާއްޖެއާ ދެެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމުގެ ވާހަކަ އެވެރިން ދައްކަމުން ދިޔައީ އެހެން ގޮތަކަށެވެ. އަވަށްޓެރި އިންޑިއާއާ އެވެރިން ޖައްސާލައިގެން އުޅުނީ އެހެން ފެންވަރެއްގަ އެވެ.

ދެއްކި ބައެއް ވާހަކަތައް މިއަދު ވެސް ހަނދާން އެބަ ހުރި އެވެ. މި ރާއްޖޭގެ މިނިވަންކަން އިންޑިއާ އަށް ވިއްކާލައިގެން އުޅޭ ވާހަކަ އެވެ. މި ރާއްޖެ އަކީ އިންޑިއާގެ އަވަށަކަށް ހަދަން އުޅޭ ވާހަކަ އެވެ. ރާއްޖޭގެ ވެރިންނަށް، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑި އަށް ދެވެނީ ވެސް އިންޑިއާގެ ރުހުން ލިބިގެން ކަމަށް ބުނަމުން ދިޔަ އެވެ.

އެވެރިން ދައްކާފައި ނުދައްކާނީ ކޮން ވާހަކަ އެއް ހެއްޔެވެ؟ މި ޤައުމުގެ ރައީސުލްޖުމްހޫރިއްތާ އާއި އިންޑިއާގެ ބޮޑު ވަޒީރަށް ނިސްބަތްކޮށް ސިޔާސީ ޖަލްސާތަކުގައި އެ ދެއްކި ވާހަކަ އަކީ، ކަންފަތް ދިއްކޮލަން ނުކެރޭ ވަރުގެ ވާހަކަ އެވެ. އެ ވާހަކަ ދެއްކެވި މީހުން މިއަދު އެ ތިބީ މި ސަރުކާރުގެ ވަޒީރުންނަށެވެ.

ދަންނަވަން މި އުޅެނީ ވަރަށް ކުރު ވާހަކަ އެކެވެ. އިންޑިއާ އަށް މި ރާއްޖެ ވިއްކާލައި، އިންޑިއާގެ މުށު ތެރޭގައި މި ރާއްޖޭގެ މިނިވަންކަން އޮތް ކަަމަށް މީގެ ކުރިން ބުނަމުން އައި މީހުން ކަންތައް ކުރަ ގޮތުގެ އެވެ. މިއަދު ވެރިކަމުގައި އެ ތިބީ އެވެރިންނެވެ. ރައީސަކަށް ހުންނެވީ، އިންޑިއާ އައުޓް އެންމެ ހަރުކޮށް ގޮވި، މާފަންނު ދިމްޔާތު ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

މީގެ ހަތަރު ވަރަކަށް ދުވަސް ފަހުން، ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަން 60 އަހަރު ފުރޭނެ އެވެ. ރައީސަކީ ޑޮކްޓަރު މުޢިއްޒު އެވެ. އެކަމަކު، ފަޚުރުވެރި 60 ވަނަ މިނިވަން ދުވަަސް ފާހަގަ ކުރަން ރާއްޖެ ގެންނަވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ޚާއްސަ ޝަރަފުވެރި މެހުމާނަކީ ވެސް އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެވެ. މީގެ ކުރިން ރާއްޖެ ހިފަން މަސައްކަތް ކުރި ޤައުމު، އަދި ރާއްޖޭގެ މިނިވަންކަން އެ ޤައުމުގެ އަތް މަތީގައި އޮތް ކަމަށް މި ވެރިން ބުނި ޤައުމުގެ މޯދީ އެވެ. ބަދަލެއް ނުވެ އެވެ. އެއީ ހަމަ އެ މޯދީ އެވެ. މޯދީ އަކީ ހަމަ އެ އިންޑިއާގެ ބޮޑު ވަޒީރު އެވެ.

ދަންނަވަންތޯ އެވެ! މިނިވަންކަމުގެ އިޙުސާސް އަޅުގަނޑުމެންނަށް އޭރު ވެސް، އަދި މިއަދު ވެސް ކުރެވެ އެވެ. އޮޅުނީ ރައީސް މުޢިއްޒު އާއި، އެމަނިކުފާނުގެ އައުވާނުންނަށެވެ. މިއަދު ރާއްޖޭގެ ރަސްމީ ފާލަން ނުވަތަ ބޮޑު ދިދަ އެ ހުރި ޖުމްހޫރީ މައިދާނުގައި ހަރުކޮށްފައި އެ ހުރީ އިންޑިއާގެ ދިދަ އެވެ. ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ދަމާލާފައި އެ ހުރީ އިންޑިއާގެ ދިދަ އެވެ.

ރާއްޖޭގެ ޖައްވުގައި މިއަދު އިންޑިއާގެ ދިދަ ވިހުރެމުން އެ ދަނީ ރައީސް މުޢިއްޒުގެ ސަރުކާރުން އެ ދިދަ ދަމައިގެންނެވެ. ރާއްޖޭގެ ބޮޑު ދިދަ ވަށައިގެން އިންޑިއާ ދިދަ ދަމައިގެން މިނިވަން ދުވަސް ފާހަގަ ކުރާ މިއީ ފުރަތަމަ ފަހަރު ތޯއްޗެކެވެ. ގައިމު، މީގެ ކުރިން މިނިވަންކަން ވިއްކާލަން މަސައްކަތް ކުރި ކަމަށް ރައީސް މުޢިއްޒުމެން ބުނަމުން އައި ސަރުކާރުން ވެސް އެކަމެއް ނުކުރެ އެވެ.

މުސްކުޅިން ބުނެ އުޅެނީ ތެދެކެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ. މިއަދު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން މޯދީ ގެނެސް، ބޮޑު ދިދަ ވަށައިގެން އިންޑިއާ ދިދަ ދަމާލީމާ، ރައީސް މުޢިއްޒަށް އަޅުގަނޑު ބުނެލަން އޮތީ ދެ ވާހަކަ އެވެ.

ރައީސް މުޢިއްޒު އެވެ. އިންސާނެއް ވިއްޔާ ކޮންމެ ވެސް މިންވަރަަކަށް ލަދު ޙަޔާތް ހުންނަން ވާނެ އެވެ. ރައީސް މުޢިއްޒު އެވެ. ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ ވާނެ ގޮތް، އަޅުގަނޑަށް ވުރެ ބޮޑަށް އިނގިލައްވާނީ ވެސް މަނިކުފާނު އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު