Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގެދޮރުވެރިޔާ ސްކީމް

މޭޔަރު މުއިއްޒު އާއި ރައީސް މުއިއްޒު އާއި ނިކަމެތި ރައްޔިތުން

ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލައިގައި އިންތިހާ އަށް ކަންބޮޑުވެ، މާލޭގެ އޭރުގެ މޭޔަރު ޑރ. މުއިއްޒު ނިކަމެތި ރައްޔިތުންގެ ޙައްޤުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވި އެއް ކަމަަކު އެ ވިދާޅުވި ނިކަމެތި ރައްޔިތުންނާ މެދު ރައީސް ޑރ. މުއިއްޒު ކަންކުރައްވަމުން މި ގެންދަވަނީ މޭޔަރު މުއިއްޒު ވިދާޅުވި ގޮތާ ހާދަ ތަފާތު ކޮށްނެވެ

ރާއްޖެ އެމްވީ | 21 ޖުލައި 2025 | ހޯމަ 14:06
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން، ހިޔާ ފްލެޓްތަކުގެ ކުލި ކުރީ ސަރުކާރުން ނަގަން އުޅޭތީ ކަމަށް ވިދާޅުވެ ލޮލަށް ނިދިނައިސްގެން އޭރުގެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އުޅުއްވި ތަން ފެނުނެވެ. ދެފައިންޕުޅު އެއްތަނެއް ގައި ވެސް ނުޖެހެއެވެ. އޭރު ކުލި ނަގަނީ ވެސް ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށް ވިދާޅުވިއެވެ.

"އެއީ ރައްޔިތުންނަށް ޖެއްސުން ކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް. ރައްޔިތުންގެ ނިކަމެތި ހާލަތެއް ސަރުކާރަކަށް ނުވިސްނޭ. ރައްޔިތުންގެ ކެކުޅުންތަކެއް ސަރުކާރަކަށް ފަހުމެއް ނުވޭ ކަންނޭނގެ. ރައްޔިތުންނާ ސަރުކާރާ ވަރަށް ދުރު. އެއީ ވަރަށް ހާލުގައި ރައްޔިތުން އެ އެޅުނީ. ޚާއްޞަކޮށް މި ފްލެޓަށް ބަދަލުވި މީހުން," 2022 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 2 ވަނަ ދުވަހު ހިޔާ ފްލެޓުން ކުލި ނަގަން ސަރުކާރުން ފެށުމުން އެކަމާ މާ ބޮޑަށް ކަންބޮޑުވެ ހުންނަވާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު އޭރު ވިދާޅުވީ، ހިޔާ ފްލެޓް ތަކުން ކުލި ނެގުމަށް މަދުވެގެން ނުވަ މަސް ދިނުމަށް ސަރުކާރަށް ގޮވާލެއްވި ކަމަށާއި އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ. އަދި ހަ މަސް ވުމުން ކުލި ނަގަން ނިންމާފައި އޮތް ނިންމުން ސަރުކާރުން ބަދަލުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށް މޭޔަރު މުއިއްޒު ގެންދެވީ ވިދާޅުވަމުންނެވެ.

ކުލި ދެއްކުން ފަސްކުރުން އެކަންޏެއް ވެސް ނޫނެވެ. މޭޔަރު ކަމުގައި ހުންނަވައިިގެން ހިޔާ ފްލެޓްގެ ކުލި ބޮޑުވެގެން ވެސް އުޅުއްވީ އާދައިގެ ގޮތަކަށް ނޫނެވެ. ފުލުފުލުގައި އެކްސް ގައި ގެންދެވީ ޕޯސްޓު ޖައްސަވަމުންނެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ކުލި 5600 އަށް ވުރެ ކުޑަ ކޮށްދެއްވުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

މުއިއްޒު ކަންބޮޑުވެގެން އުޅުއްވީ ހިޔާ ފްލެޓުގެ ކުލީގެ ގޮތުގައި މަހަކަށް 7500ރ ކުރީ ސަރުކާރުން ނަގަން އުޅުމުންނެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހިޔާލު ހޯދުމަށް، 2 ސެޕްޓެމްބަރު 2021 ގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ މާލޭގެ މޭޔަރު ޑރ. މުއިއްޒު ވަނީ، އޭރުގެ ސަރުކާރުން ދޫކުރަމުން ދިޔަ "ހިޔާ" ފުލެޓު ލިބުނު މީހުންގެ ހައްގު ގައި ވަރަށް ވާހަކަ ދައްކަވާފައެވެ. މުއިއްޒު ވިދާޅުވީ، އެ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ ތަނުގެ ކުލި ބޮޑުން ކަމުގައެވެ.

ރައީސް ސޯލިހް ގެ ސަރުކާރު ގޯސް ކުރަމުން ދެއްކެވި ވާހަކަފުޅު ގައި މުއިއްޒު ވިދާޅުވީ، މި ކަމަށް ސަރުކާރުން ބަދަލެއް ގެނޭތޯ، ސިޓީ ކައުންސިލުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.

"ސިޓީ ކައުންސިލުން މިހާރު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް މިކަމުގައި ކޮށްފައި. އަދިވެސް މިދަނީ ކުރަމުން." އެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން މޭޔަރު މުއިއްޒު ދެއްކެވި ވާހަަކަފުޅު ގައި، ސަރުކާރުން ރައްޔިތުންގެ އަޑު އަހައި ފުލެޓުގެ އަގު ރައްޔިތުން އަތްފޯރާ ހިސާބަށް ކުޑަކޮށްދިނުމަށް ގޮވާލެއްވިއެވެ.

މިހާރު މި އޮތީ މޭޔަރު ކަމުގެ ދުވަސް ފާއިތުވެ ގޮސް، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ޑރ. މުއިއްޒު ހުންނެވި ޒަމާން ވެސް ދިވެހިންނަށް ފެނިފައެވެ.

އޭރު ދެއްކެވި ވާހަކަ ތަކާ އެއްގޮތައް މި އަދު މި ދޫކުރާ ފްލެޓް އާ މެދު އަމަލު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ތިބީ ހީކޮށްގެންނެވެ.

ކަންވީ އެހެންނަކުން ނޫނެވެ. ބަހާ އަމަލާ ދިމަލެއް ނުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ތަރައްގީ ކުރި 8000 ފްލެޓްގެ ހައްގުވެރިންނަށް އެތައް ތަކުލީފަކާއި ތުރާލެއް ޖެއްސެވެމުމަށް ފަހު ކުރީ ސަރުކާރުން ފްލެޓް ހައްގުވެރިންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ޓާމްސް ތަކަށް ވެސް ބޮޑެތި ބަދަލު ތަކެއް ވެސް މުއިއްޒުގެ ސަރުކާރުން ގެނައީ އެވެ.

އެ ބަދަލު ތަކަކީ ކުރިން ދެއްކެވި ވާހަކަފުޅުތަކާއި ދިމާ އިދިކީލި ބަދަލު ތަކެކެވެ. އެއިން ކޮންމެ ބަދަލަކާ އެކު އެއްކަލަ ނިކަމެތި ރައްޔިތުން ބޮޑެތި މަހުޖަނުންނަށް ބަދަލުވެއްޖެ ކަހަލަ އެވެ.

ސޯޝަލް ހައުސިންގ ގެ ނަމުގައި ދޫކުރާ މި ފްލެޓް ތަކަށް ބޮޑު ސިންގާ ޑައުން ޕޭމެންޓެއް ދައްކާ ގޮތައް ހެދީއެވެ. 25،000ރ ގެ ޑައުންޕޭމަންޓެއް ދައްކާ ގޮތައް ހަމަ ޖެއްސި އިރު އެއްކަލަ ނިކަމެތި ޔައްޔިތުންގެ އަތުގައި މިއަދު މާ ބޮޑު ތަނަވަސް ކަމެއް އޮތީ ބާވައޭ ހިތައް އަރައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ފްލެޓުގެ ތަޅުދަނޑި ވެސް ދޭނީ އެއް ކަލަ ނިކަމެތި ކަމަށް ވިދާޅުވި ރައްޔިތުން ޑައުންޕޭމަންޓް ދެއްކީ މައެވެ.

ސޯޝަލް ހައުސިންގ ދަށުން ކުރިން ދޫކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރާ އިރު އެ ތަނުގެ މިލްކުވެރިކަން ވެސް އޮންނަނީ އެ ތަޅުދަނޑިއާ އެކު ލިބިފައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި އެހެނަކުން އެކަމެއް ނުވިއެވެ. ފްލެޓުތައް ދެނީ ކުއްޔަށެވެ. އިސްކަން ދެނީ ތަނުގެ އަގު އަނބުރާ ހޯދުމަށެވެ.

މޭޔަރު ކަމުގައި ހުންނެވި އިރު ފްލެޓުން ނަގާ ކުލި ބޮޑުވެގެން އުޅުއްވި އިރު، ވެރިކަމުގައި ހުންނަވައިގެން ނަގަން ނިންމެވި ކުއްޔަށް މިވީ ގޮތް ނިކަން ބައްލަވާށެވެ.

ކުރިން ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓް ތަކަށް ނަގާ ކުލި މުއިއްޒުގެ ސަރުކާރުން ބޮޑު ކުރި އިރު، ނިމިދިޔަ ސަރުކާރުން ވަނީ ފުލެޓް ލިބޭ ފަރާތާއި ފަހިދިރިއުޅުން ކޯޕަރޭޝަނާއި އެކު ފުލެޓް ކަނޑައަޅާ އެއްބަސްވުމުގައި ސޮއެކުރެވިފައި ކަމެއް، ރައީސް ކަމަށް ވަޑައިގަތުމާއެކު މުއިއްޒު އަށް އެނގިވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. އަދި އެ އެއްބަސްވުމުގައި ވަނީ 02 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 5،000 ރުފިޔާ ކަމަށާއި އަދި 03 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމެއް ވެސް ހަނދުމަފުޅެއް ނެތެވެ.

ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ 7،000 ރުފިޔާ ދައްކާ 02 ކޮޓަރީގެ އެޕާރޓްމަންޓަކަށް %100 އަށްވުރެ ބޮޑު ޖޫރިމަނާއާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭ އިރު އަދި 9،000 ރުފިޔާ ދައްކާ 03 ކޮޓަރީގެ އެޕާރޓްމަންޓަކަށް %170 އަށްވުރެ ބޮޑު ޖޫރިމަނާއަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭ ގޮތައް ހެދި އިރު އެއްކަލަ ނިކަމެތި ރައްޔިތުން ގެ މަތިން މިއަދު ހަނދުމަފުޅު ނެތުނީބާވައޭ ހިތައް ނާރާ ވަރެއް ނޫނެވެ.

ރައްޔިތުންނަށް ބުރައެއް ތަކުލީފެއް ޖެހިދާނެ އަތީ ދެ ފައިންޕުޅު އެއްތަނެއްގައި ނުޖެހިގެން އުޅުއްވި މޭޔަރު ޑރ. މުއިއްޒު މިއަދު އެ ހުރިހާ އާރާ ބާރު ރައްޔިތުންގެ އަތުން ހޯއްދަވައިގެން، ހިތްޕުޅަށް އެރި ގޮތަކަށް ކަންކަން ނިންމެވުމުގެ ބާރު އޮތް އިރު ރައްޔިތުންނަށް ކަންކުރައްވަމުން މި ގެންދަވަނީ މޭޔަރު ޑރ. މުއިއްޒު ވިދާޅުވި ގޮޮތާ ހާދަހާ ތަފާތު ކޮށްނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު