Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިސީޖޭގައި ކުރިޔަށްދާ މައްސަލަ

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅޭތީ ކުރިޔަށްދާ ޝަރީޢަތުން ބަދަލުވާނީ ކޮންކަމެއް؟

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އަންނަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޤާނޫނާއި ޚިލާފަށް ޔަހޫދީން އާބާދުކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2024 | އަންގާރަ 17:01
އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުން

ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އިސްރާއީލުން އެބިންތަކުގައި ޔަހޫދީން އާބާދުކުރަމުން ގެންދާ މައްސަލައިގައި ދުނިޔޭގެ އެންމެ އިސް ކޯޓުކަމުގައިވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިޔަށްދާ ޝަރީޢަތުގެ އަޑުއެހުންތައް މިވަނީ ފަށާފައެވެ. މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާއި ގުޅިގެން ވަކިކަންތައްތަކެއް ކުރުމަށް އިސްރާއީލަށް އެކޯޓުން އެންގިތާ ގާތްގަނޑަކަށް މަސްދުވަސްފަހުން އައިސީޖޭގައި ކުރިޔަށްދާ އަޑުއެހުމެކެވެ.

ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އިސްރާއީލުން ހުޅަނގު އައްސޭރި އާއި ޣައްޒާ އަދި އިރުމަތީ ގުދުސްގައި ހިންގަމުންދާ އަމަލުތަކާއި ގުޅިގެން 52 ގައުމަކުން އައިސީޖޭގައި ބަޔާންތައް ދޭނެއެވެ. މިއީ އައިސީޖޭ އުފެދުނު ފަހުން އެކޯޓުގައި ކުރިޔަށްދާ ޝަރީއަތެއްގައި އެންމެ ގިނަ ގައުމުތަކުން ބައިވެރިވާ މައްސަލައެވެ.

1948 ވަނަ އަހަރު އދން ކަނޑައެޅި ބޯޑަރާއި ޚިލާފަށް 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އަންނަނީ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޤާނޫނާއި ޚިލާފަށް ޔަހޫދީން އާބާދުކުރަމުންނެވެ. އެސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އިސްރާއީލުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިންތަކުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ މަގު ވަނީ ބަންދުވެފައެވެ. އަނެއްކޮޅުން 1967 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ޣައްޒާއަކީވެސް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ބިމެކެވެ. 2007 ވަނަ އަހަރު އިސްރާއީލުން ޣައްޒާއިން ފޭބިއެވެ. ނަމަވެސް މުޅި ޣައްޒާއަށް އެއްގަމާއި ކަނޑާއި އެއްގަމު މަގުން ދަތިކުރުމުގެ ފިޔަވަޅު އަޅާ ކާނާ، ފެން، ބޭސް، ތެޔޮ، އިމާރާތްކުރާ ސާމާނާއި އެހެނިހެން ތަކެތި ޣައްޒާއަށް އެތެރެކުރުން އިސްރާއީލުން ކޮންޓްރޯލުކުރެއެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުން އަންނަ ހަނގުރާމަ ފަސް ވަނަ މަހަކަށް އަޅާފައިވާއިރު ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އިންތިހާއަށް ދަތިކޮށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ހުޅަނގު އައްސޭރިންވެސް އެތައް ސަތޭކަ ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އައިސީޖޭން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ އަޑުއެހުންތަކުގައި ހުރިހާ ގައުމުތަކުން ބަޔާންތައް ދޭއިރު ބައިނަލްއަގްވާމީ ތިން ޖަމާއަތަކުންވެސް ބަޔާން ދޭނެކަމުގައެވެ. އަދި މި ބަޔާންތަކުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ހިންގަމުންދާ އަމަލުތަކަށް ތާއީދުކުރާކަން ނުވަތަ ނުކުރާކަން ގައުމުތަކުން ހާމަކުރާނެއެވެ. އިސްރާއީލުން ވަނީ މަންދޫބަކު ގޮސް ބަޔާން ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ލިޔުމުން ޖަވާބު ދޭނެކަމަށް ވަނީ ބުނެފައެވެ. ކޯޓުގެ ނިންމުން ނިންމޭ ހިސާބަށް ދާން އަދި އެތައް މަހެއް ނަގާނެކަމަށް ބެލެވެއެވެ.

މި މައްސަލަ ދުނިޔޭގެ ކޯޓަށް ހުށަހަޅާފައިމިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އުޅޭ މައްސަލައިގައި އައިސީޖޭގެ ލަފާ އަކަށް އެދުމަށް 2022 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ފާސްކުރުމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އެބިންތަކުގައި ޔަހޫދީން އާރާސްތުކުރަމުންދާ ދިޔުމާއި ގުޅިގެން ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ލަފާ ހޯދުމަށް އދ ގެ އާންމު މަޖިލީހުން ނިންމީއެވެ.

އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ސޮއިކުރައްވާފައިވާ އދ ގެ އާންމު މަޖިލީހުގެ މިއެދުމުގައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަސަރުކުރަނީ ކިހިނެއްކަމާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރުމަށް އިސްރާއީލުން ކުރަމުންދާ ކަންތައްތަކާއި މިކަމާއި ގުޅިގެން އދ އާއި އދ ގެ މެމްބަރު ގައުމުތަކުގެ ޒިންމާއަކީ ކޮބައިކަން ކަނޑައެޅުމަށެވެ.

މިސުވާލުތަކަށް ޖަވާބު ހޯދުމަށް އދ ގެ އާންމު މަޖިލީހުން އައިސީޖޭގައި އެދިފައިވަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި އދ ގެ ޗާޓަރާއި އދ ން އެކުލަވާލާފައިވާ އެކިއެކި މުއާހަދާތަކުގެ މައްޗަށް ބިނާކޮށެވެ.

މިއީ އައިސީޖޭގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އިސްރާއީލުން ހިންގަމުންދާ ކަންކަމާއި ގުޅޭގޮތުން ކުރިޔަށްދާ މިފަދަ ދެ ވަނަ އަޑުއެހުމެވެ. މީގެކުރިން 2004 ވަނަ އަހަރު އައިސީޖޭން ވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ފާރުގެ މައްސަލައިގައި އެއީ ޤާނޫނާއި ޚިލާފު ފާރެއްކަމަށް ހުކުމްކޮށްފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އައިސީޖޭގެ ނިންމުމަށް ދެކޮޅު ހަދާ އެ ފާރު އިތުރަށް ބިނާކޮށްފައެވެ.

އައިސީޖޭގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެންވަނީ ދުނިޔޭގެ އެކި ހިސާބުތަކުން 15 ފަނޑިޔާރުން ހިމެނޭގޮތަށެވެ. މިފަނޑިޔާރުން އިންތިޚާބުކޮށްފައިވަނީ އދ ގެ އާންމު މަޖިލީހުން 9 އަހަރުގެ މުއްދަތަށެވެ. މިވަގުތު ޖަޖުންގެ ޕެނަލުގެ ރައީސަކަށް ހުންނެވީ ލުބުނާންގެ ޖަޖެއްކަމުގައިވާ ނަވާފް ސަލާމް އެވެ.

ޖަޖުންގެ ޕެނަލުން ގައުމުތަކުން ހުށަހަޅާ ބަޔާންތައް އަޑުއެހުމަށްފަހު ކޯޓަށް ފެންނަ ގޮތް ލިޔުމުން ހާމަކުރާނެއެވެ. މި ނިންމުން ހާމަކުރާނެ ދުވަހެއް ނޭންގެއެވެ. ނަމަވެސް ގާނޫނީ މާހިރުން ލަފާކުރާ ގޮތުގައި މިމައްސަލައިގައި ކޯޓުގެ ނިންމުން ނިންމޭވަރު ވާނީ މިއަހަރު ނިމޭ ހިސާބުގައެވެ.

މިމައްސަލައިގައި އައިސީޖޭން ނިންމާނީ ކޮން ނިންމުމެއްކަމެއް އަދި ސާފެއް ނޫނެވެ. މީގެކުރިން އައިސީޖޭން ވަނީ އިސްރާއީލާ ދެކޮޅަށް ނިންމުންތަކެއް ނިންމާފައެވެ.

ކޯޓުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެނިންމުމަށް އިސްރާއީލުން ތަބާވާކަށް ނުޖެހެއެވެ. ނަމަވެސް އައިސީޖޭން ނިންމާ ނިންމުމެއްގެ ސަބަބުން އިސްރާއީލަށް ކުރިމަތިވަމުންދާ ފިއްތުންތައް މިހާރަށްވުރެ ބޮޑުވެ އިސްރާއީލަށް ވާގިވެރިވާ އެމެރިކާ ފަދަ ގައުމުތަކަށް ކުރިމަތިވާ ފިއްތުންތައްވެސް މިހާރަށްވުރެ އިތުރުވާނެއެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލަށް ތަބާވުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

ފަލަސްތީނުގެ ގާޒާއަކީ ކޮންތަނެއް؟

19 މެއި 2021
ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް

ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް

18 މެއި 2021
ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021
ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

ވެކްސިނަކީ ވަރުގަދަ ހަތިޔާރެއް، މުސްތަގުބަލް އޮތީ އެ ހަތިޔާރުގެ ބޭނުން ހިފައިގެން

03 ފެބުރުއަރީ 2021
17 އަހަރު ވަންދެން ފޯކައިދޫ ރައްޔިތުން އޮޑިފަހަރު ހިފައިގެން ރަށު ނިވަލުގައި އޮތްއޮތުން ނިމުމަކަށް

17 އަހަރު ވަންދެން ފޯކައިދޫ ރައްޔިތުން އޮޑިފަހަރު ހިފައިގެން ރަށު ނިވަލުގައި އޮތްއޮތުން ނިމުމަކަށް

17 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު