Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާޒުގެ އިސްތިއުނާފް

ރިޔާޒުގެ ޝަރީއަތް: މައިގަނޑު ދެ ނުކުތާއަކާ އެކު، ސާބިތުނުވާ ކަމަށް ކުރި ހުކުމް ބާތިލް ކުރަން ހުށަހަޅައިފި

2 އޯގަސްޓު 2017 | ބުދަ 08:38

އިމްތިޔާޒްގެ ގާނޫނުގެ ވާހަކަ އެއްވެސް މަރުހަލާއެއްގައި ދައްކާފައެއް ނެތް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 އޯގަސްޓު 2017 | ބުދަ 08:38
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ސާބިތުނުވި ހުކުމުން އިންސާފް ގާއިމްނުވާ ކަމަށް ބުނެ މައިގަނޑު ދެ ނުކުތާއަކާ އެކު އެ ހުކުމް ބާތިލްކުރުމަށް ދައުލަތުން ހުށަހަޅައިފި އެވެ.

ރިޔާޒުގެ މައްޗަށް ކުރި ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖުލައި މަހުގެ 9 ވަނަ ދުވަހު އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރިޔާޒުގެ މައްޗަށް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ދޭން ފުލުހުން އެންގީ އޭނާ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން، ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު ކަމަށް ފާހަގަކޮށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ރިޔާޒުގެ ފޯނު ބެލުމުގެ ދަށަށް ގެންދިއުމަށް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ގޮސް، ރައްޔިތުންގެ މަޖިލީުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނާ ޚިލާފަށް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. އަދި އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ ގާނޫނާ ޚިލާފުކަމުން ފެށޭ ހުރިހާ ކަމަކާ އެކު ތަރުތީބު ވެގެން އަންނަ ހުރިހާ ކަމެއް ބާތިލްވާނެކަން ހައިކޯޓުން ނެރެފައިވާ ހުކުމަކުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން، ގާނޫނާ ޚިލާފަށް ރިޔާޒު ހައްޔަރުކޮށް، އޭގެ މައްޗަށް ބިނާކޮށް ހޯދި ހެކި ބާތިލްވާނެ ކަމަަށާއި ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ. އިސްތިއުާފަށް ހުށަހެޅިތާ 10 ދުވަސް ފަހުން، ބުދަ ދުވަހު ބޭއްވި އިސްތިއުނާފް ޝަރީއުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފް ކުރާ ނުކުތާތައް ހާމަކޮށްފަ އެވެ. ފުރަތަމަ ނުކުތާއަކަށް ދައުލަތުން ފާހަގަކުރީ ރިޔާޒުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމުގައި އިމްތިޔާޒް ގާނޫނާ ޚިލާފަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވާ ބުނުމެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އިމްތިޔާޒްތަކުގެ ގާނޫނާ ޚިލާފަށް ރިޔާޒު ހައްޔަރުކުރި ކަމަށް ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިނުވާ ކަމަށާއި އަދި ޝަރީއަތުން ވެސް އެކަން ފާހަަގަކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން، އެ ނުކުތާއަށް ޖަވާބުދާރީވުމަށް އިންސާފުވެރި ފުރުސަތެއް ލިބިފައިނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދެވަނަ ނުކުތާއަކަށް ފާހަގަކޮށްފައިވަނީ ކްރިމިނަލް ކޯޓުން އިއްވި ހުކުމް، ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ ތިން ވަނަ މާއްދާގެ މަފްހޫމާ ޚިލާފް ކަމަށެވެ.

ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބުނެފައިވަނީ "ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެ" ކަމަށެވެ.

"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގެ ތިން ވަނަ މާއްދާގެ 'ހ' ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާގެ އިބާރާތެވެ. އެ މާއްދާގެ 'ށ' ގައި ބުނެފައިވަނީ ގަވާއިދުގެ މަގުސަދަށްޓަކައި އެެއްވެސް މީހަކު ހައްޔަރު ނުވަތަ ބަންދުކުުރުން ކަމުގައި ބަލާނީ، ހައްޔަރު ނުވަތަ ބަންދުކުރެވޭ މިހާ ކުށުގެ ވެށިން ނުވަތަ އެހެން ތަނަކުންވިޔަސް ހުއްޓުވާ ހިސާބުން ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކޯޓް އަމުރު ހަަވާލުކުރަން ދިޔަ ދިއުމަކީ ހައްޔަރުކުރުން ނުވަތަ ބަންދުކުރުން ނުވަތަ ހުއްޓުވުން ކަމަށް މާނަކުރާނަމަ، އެ ހުކުމުގެ ފަހުން ކޯޓް އަމުރު ހަވާލުކުރަންދާ ކޮންމެ ފަހަރަކީ ހައްޔަރުކުރުން ކަމުގައި ވާނެ ކަމަށެވެ. އެހެންކަމަށްވާނަމަ ނިޒާމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަން ވަކީލު ފާހަގަކުރެއްވިއެވެ.

ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ގާނޫނީ ވަކީލަކާއެކު މައްސަލައަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ. ރިޔާޒު ވިދާޅުވީ މައްސަލައިގެ ޗިޓް ހަވާލުކުރީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަދި ލިޔުންތައް ވެސް ފޮނުވީ ގެއަށް ކަމަށެވެ. އަދި މި ދުވަސްވަރަކީ ސިޔާސީ ގިނަ ފަރާތްތަކެއްގެ މައްސަލަތަކުގެ ވަކީލުން ހަރަކާތްތެރިވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދެއްވުމަސް ރިޔާޒް އެދިވަޑައިގެންނެވިއެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ހަތް ދުވަހުގެ ތެރޭގައި ލިޔުމުން މައްސަލައަށް ޖަވާބުދާރީވުމަށާއި ދެން އޮންނަ އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވުމަށް ފުރުސަތު ދެއްވާފަ އެވެ. އެހެން ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

މައްސަލަ ބައްލަވާ ބެންޗުގައި އިސްފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރު އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް