Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ އިޤްޠިޞާދު ދަށްވުން

ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ އިގްތިސާދު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށްގޮސްފި

20 ފެބުރުއަރީ 2024 | އަންގާރަ 09:41

އެގައުމުގެ މުޅި އިޤްތިޞާދު ވަނީ ގާތްގަނޑަކަށް 90 އިންސައްތަ ދަށަށް ގޮސްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 20 ފެބުރުއަރީ 2024 | އަންގާރަ 09:41
އިސްރާއީލްގެ އިޤްޠިޞާދު ދަށްވުމުގަ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަލަސްތީނަށް ފޮނުވާ ތަކެތި ހުއްޓާލުން

އިސްރާއީލްގެ އިޤްޠިޞާދު ދަށްވުމުގަ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަލަސްތީނަށް ފޮނުވާ ތަކެތި ހުއްޓާލުން

ފަލަސްތީނުގެ ހަމާސްއާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އިސްރާއީލުގެ އިގްތިސާދު 19.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

މިފަދަ ބޮޑު ދަށްވުމެއް އިސްރާއީލުގެ އިޤްތިޞާދެއް އައުމާއި ގުޅިގެން މިހާރު އެމެރިކާއިން ބޭނުންވަނީ ސެނެޓުން މިހާތަނަށް ފާސްނުވެ އޮތް 95 ބިލިއަން ޑޮލަރުގެ ބޮޑު އެހީގެ ޕެކޭޖުގެ ދަށުން 14 ބިލިއަން ޑޮލަރުގެ އައު އެހީގެ ޕެކޭޖަކުން މި ދަށްވުމުގެ ފޫ ބެއްދުމަށް އިސްރާއީލަށް އެހީ ފޯރުކޮށްދިނުމަށެވެ.  

ބްލޫމްބާގްއިން ކުރިން އަންދާޒާކުރި 10.5 އިންސައްތަ އަށްވުރެވެސް އިސްރާއީލްގެ އިޤްތިޞާދު ދަށަށް ގޮސްފައިވާއިރު، އެގައުމުގެ މުޅި އިޤްތިޞާދު ވަނީ ގާތްގަނޑަކަށް 90 އިންސައްތަ ދަށަށް ގޮސްފައެވެ.

ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު އިބްތިދާއީ އަންދާޒާގައި ބުނެފައި ވަނީ 500 ބިލިއަން ޑޮލަރުގެ އިސްރާއީލްގެ ބޮޑު އިގްތިސާދު އޭގެ ކުރީ ތިން މަސް ދުވަހާ އަޅާބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި އަހަރަކު 19.4 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. 

އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ހަނގުރާމަ 3 މަސް ދުވަހަށްވުރެ ކުޑަ މުއްދަތަކަށް ދެމިގެން ދިޔަކަމަށް ބަލައި، 2023 ވަނަ އަހަރުގެ މުޅި ހަތަރު ކްއާޓަރު ނިމުނީ ރަނގަޅު ކުރިއެރުމަކާއެކުގައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. 

އިސްރާއީލުން 2023 ވަނަ އަހަރުގެ ފަހުކޮޅު ޣައްޒާގައި ކުރަންފެށި ހަނގުރާމައިގެ ސަބަބުން އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، 2023 ވަނަ އަހަރުގެ ފަހުކޮޅު އިސްރާއީލުން ޚަރަދުކުރުމާއި ދަތުރުފަތުރާއި އިންވެސްޓްމަންޓްތައް ވަރަށް ބޮޑަށް މަދުކޮށްފައިވާކަމަށް ހޯމަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ހުއްޓުމަކަށް އައީ، ޚާއްޞަކޮށް، ޣައްޒާއާއި ލުބްނާނުގެ ކައިރީގައިވާ ބޯޑަރު އަވަށްތަކުން، ހަމާސް އާއި ހިޒްބުاللهގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން، ރިޒާވްތަކާއި އެތައް ހާސް ބަޔަކު ގެދޮރު ގެއްލި، އެ އާއިލާތައް ދުރުހިސާބުތަކަށް ބަދަލުކުރަން ޖެހުމުންނެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އޭގެ ފަހުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުންވަނީ 29،000 ވުރެ ގިނަމީހުން ޝަހީދުކޮށްލައި، ލައްކައެއްހާ މީހުން ޒަޚަމްކޮށްލާފައެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް