Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާގެ މަޝްރޫއު

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

އަކްރަމް ވިދާޅުވީ ބައެއްގެ އަތުން ފައިސާ ނަގައިގެން ނަމަވެސް ބަޔަކަށް އެއްޗެއްް ދީފައެއް ނޯންނާނެ ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 20 ފެބުރުއަރީ 2024 | އަންގާރަ 00:43
ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް (ވ) ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ކޮމިޓީގައި މައުލޫމާތު ދެއްވަނީ

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް (ވ) ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ކޮމިޓީގައި މައުލޫމާތު ދެއްވަނީ

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާގެ ސްކީމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމަށާއި، ގޯހެއް ހަދާފައި އޮތް ނަމަ އެ ބަޔަކަށް ފިޔަވަޅު އަޅައި، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދިނުމަށް ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީ ގުޅިގެން ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެ މަސައްކަތް ކުރީ އުސޫލެއް ހަދައި، އެ އުސޫލުގެ މަތިން ކަމަށެވެ.

އެހެން ނަމަވެސް މި ފްލެޓްތަކަށް ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ކަނޑައަޅާ ކެޓަގަރީތަކަށް ބަލައިގެން ތަހްގީގު ކުރިއަށް ގެންދާނަމަ، 4،000 ގެ އިތުރުން ވެސް ހުރިހާ ފޯމުތަކެއް ވެސް ބަލަން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެގޮތުން އެ ކޮމެޓީގައި އޭސީސީން ވަނީ، ގެދޮރުވެރިޔާގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް 12 ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެ ކެޓަގަރީތަކަކީ:

ގެދޮރުވެރިޔާގެ ފްލްޓް ކޮމެޓީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާގެ މަޝްރޫއުއަކީ ރައްޔިތުންގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް ކަމަށާއި، އެ މަޝްރޫއުގެ ތެރެއިން ފުރަތަމަ ފެލްޓް ލިބޭ މީހުންނަށް ލިޔުން ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ކުރީގެ ސަރުކާރުގެ އެ ނިންމުންތަކަށް އައު ސަރުކާރުން އިޙްތިރާމް ކުރަންވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާގެ މި މައްސަލަ ބަލައި ނިމޭއިރު، ރައްޔިތުންނަށް، އެމީހުންގެ ހައްގު ލިބޭނެ ގޮތަކަށް ވާންވާނެ ކަމަށާއި، އެގޮތުން އެ މައްސަލައިގައި ބަޔަކު ގޯސްކޮށް އަމަލުކޮށްފައިވާނަަމަ، އެފަދައިން އަމަލުކުރި ބަޔަކާ މެދު ފިޔަވަޅު އަަޅައި، ރައްޔިތުންނަށް ހައްގުތައް ދިނުމަށް އަކްރަމް އެދިވަޑައިގެންނެވިއެވެ.

އަކްރަމް ވިދާޅުވީ، މި މައްސަލައިގައި ރިޕޯޓެއް ނެރެންވާނީ ދެ ފަރާތުން ތިބެ ވާހަކަ ދައްކެމުގެ އިތުރުން، ރަނގަޅު އިންވެސްޓިގޭޝަނެއް ފުރިހަމަކޮށްގެން ކަމަށެވެ. އަދި އެއާއެކު އަކްރަމް ދެއްވި ޔަގީން ކަމަކީ، އެ މައްސަލައިގައި ގޯހެއް ހަދާފައެއް ނޯންނާނެ ކަމުގެ ޔަގީންކަމެވެ. އެގޮތުން އަކްރަމް ވިދާޅުވީ ބައެއްގެ އަތުން ފައިސާ ނަގައިގެން ނަމަވެސް ބަޔަކަށް އެއްޗެއްް ދީފައެއް ނޯންނާނެ ކަމަށެވެ.

އަކްރަމް އެފަދައިން ވިދާޅުވީ، ގެދޮރުވެރިޔާގެ ފްލެޓްގެ ތެރެއިން، ފުރަތަމަ 4،000 ގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު