Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުން

ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފި

އިއާދަކުރަނިވި ހަކަތައަށް ބޭނުންކުރާ މިންވަރު 2028ގެ ނިޔަލަށް %4 އިން %33 އަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 11:46
 ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށީ ހޯމަ ދުވަހުގެ ހެނދުނު މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ވޯކްޝޮޕްގެ ތެރެއިންނެވެ.

Advertisement - newsAdvertisement

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތައަށް ބޭނުންކުރާ މިންވަރު 2028ގެ ނިޔަލަށް %4 އިން %33 އަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި ވަޢުދާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށްޓަކައި އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި 2020 ވަނަ އަހަރު ފުރަތަމަ ޝާއިއުކުރި ހަކަތައިގެ މަގުޗާޓު އަލުން މުރާޖާކުރުމުގެ މަސައްކަތް މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދާނެއެވެ.

ވޯކްޝޮޕް އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އޮނަރަބަލް ތޯރިޤް އިބްރާހިމް ވިދާޅުވީ ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސްދީ ދާއިރާގެ އިޤްތިސާދީ ހަރަކާތްތަށް ފުޅާކުރުމަށް އެހިތެރިވެދޭނެއެވެ.

ވަޒީރު ތޯރިޤް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެހިދޭ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުނާއި މާލީ އިދާރާތަކުން ލޯނާއި އަދި ހިލޭ އެހީތައް ހޯދައިދިނުމުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ކުރަނީ ތަޢުރީފް ހައްގު މަސައްކަތްތަކެވެ. އެގޮތުން އޭޑީބީން ސޮވަރިން އިންވެސްޓްމަންޓްގެ ގޮތުގައި ޖުމްލަ 75.5 މިލިއަން ޑޮލަރު މޮބިލައިޒް ކުރިއިރު، އޭގެ ތެރެއިން 57 މިލިއަން ޑޮލަރަކީ ހިލޭއެހީއެވެ. އަދި ބާކީ 18.5 މިލިއަން ޑޮލަރު ހޯދީ ލުއި ލޯނުތަކުންނެވެ.

މިހަފްލާގައި އޭޑީބީންވަނީ ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން އެކްސެލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމެންޓް ޔޫސިންގ ރިނިއުވަބަލް އެނާރޖީ – އެޝުއަރ ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮޖެކްޓް އިފްތިތާހްކޮށްދެއްވީ  މޫސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ޒަޒީރު ތޯރިޤް އިބްރާހިމް އާއި އޭޑީބީގެ އެނާރޖީ ޑިރެކްޓަރ ޑރ. ސުޖާތާ ގުޕްތާއެވެ.

މިއަދު ގެ ވޯކްޝޮޕްގައި އޭޑީބީގެ ކަމާބެހޭ ތަޖްރިބާކާރުންވަނީ ސާފު ހަކަތައަށް ބަދަލުވުމުގެ އަމާޒުތަކާއި ގޮންޖެހުންތަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތައް ސޯލަރައިޒް ކުރުމާއި، އިންކްލޫސިވިޓީއާއި އިޖުތިމާއީ ފައިދާ ކުރިއެރުވުމުގެ އިސްތިރާޖްތައް ފަދަ މައުޟޫއުތަކަށް ވާހަކަދައްކަވާފައެވެ. އަދި ޕެރެލަލް ޑިސްކަޝަންތަކުގައި އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުކުރުމަށް ފުރުސަތުތައް ހޯދައިދިނުމާއި، ގައުމީ އަމާޒުތައް ހާސިލްކުރުމަށް ޔުޓިލިޓީ ސްޓްރެޓެޖީތަކާއި، އަދި ހަކަތައިގެ ޚިދުމަތް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހޯދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންވެސް ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި ވާހަކަދެކެވުނެވެ.

މީގެ އިތުރުން ވޯކް ޝޮޕްގެ ޕެނަލް ޑިސްކަޝަނެއްގައި ހަކަތައާބެހޭ މަގުސަދުތައް ހާސިލްކުރުމަށް ހަކަތައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު