Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ މުޒާހަރާތައް

މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރާލީ ސިފައިން: ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު

ވެނެޒުއޭލާ ގައި ސަރުކާރާއި ދެކޮޅަށް ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 މެއި 2017 | ބުރާސްފަތި 10:03
ވެނެޒުއޭލާގެ ސަލާމަތީ ބާރުތަކާ އާންމުންނާ ދެމެދު ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގެ ސަލާމަތީ ބާރުތަކާ އާންމުންނާ ދެމެދު ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް ގައި މިދިޔަ މަހު ބޭއްވި ސަރުކާރާ ދެކޮޅު މުޒާހަރާގައި މަރުވި ކިޔަވާ ކުއްޖާ މަރުވީ ސިފައިންގެ ނެޝެނަލް ގާޑުން އެއްލި ޓިއާ ގޭސް ކެނިސްޓާއެއްގެ ސަބަބުން ކަމަށް ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރު ވިދާޅުވެއްޖެއެެވެ.

ހުއާން ޕަބްލޯ ޕާނެލީޓް މަރުވީ ޓިއާ ގޭސް ކެނިސްޓާ އެއްލުމުގެ ސަބަބުން ލިބުނު ޝޮކަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާނެލީޓްގެ މަރާ ބެހޭ ގޮތުން ވެނެޒުއޭލާގެ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނެފައި ވަނީ އޭނާ މަރާލައިފައި ވަނީ މީހަކު "ބޯލްޓް ގަން" އެއް ބޭނުންކޮށްގެން ކަމަށެވެ.

ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓާ ލުއިސާ އޯރޓޭގާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މަންޒަރު ދުށްމީހުންގެ ހެކި ބަހުންނާއި އަދި ފޮރެންސިކް ހެކިތަކުން އެެނގެނީ ޕާނެލީޓް މަރުވެފައި ވަނީ ޓިއާ ގޭސް ކެނިސްޓާއެއް އެއްލުމުގެ ސަބަބުން ކަަމަށެވެ. އިތުރަށް އޯޓޭގާ ވިދާޅުވީ، ޓިއާ ގޭސް ކެނިސްޓާ ސީދާ އެއްލި އޮފިސަރު "ކުރިއަށް ހުރި" ދުވަސްތަކުގައި ދެނެގަނެވޭނެ ކަމަށެވެ.

އޭޕްރީލްއިން ފެށިގެން ކޮންމެ ދުވަހަކެއްގައި ވެނެޒުއޭލާ ގައި ދަނީ ސަރުކާރާ ދެކޮޅު މުޒާހަރާތައް ބާއްވަމުންނެވެ.

ވެނެޒުއޭލާގައި ހަލަބޮލިކަން ބޮޑުވެފައިވާއިރު އެމެރިކާއިން ވަނީ ވެެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަތި ކުރުމުގެ ފިޔަވަޅު ވެސް ދާދިފަހުން އަޅަފައެވެ. އެމެރިކާ އިން ދަތި ކުރުމުގެ ފިޔަވަޅު އެޅީ ވެނެޒުއޭލާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަށާއި އަދި އިތުރު ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެމެރިކާ އިން ދަތި ކުުރުމުގެ ފިޔަވަޅު އެޅި އިރު، ސްޕްރީމް ކޯޓުން މިއަހަހަރު ކުރީކޮޅު ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ވަނީ ނިގުޅައިގެންފައެވެ. ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަމުން ދިޔައީ އިދިކޮޅު ފަރާތްތަކުންނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

16 މާރިޗު 2017
މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު