Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮނބިނަރު ފިހިގަނޑު

ބޮނބިނަރު ފިހިގަނޑު ހަނދާން ހުރީ ކޮން ބައެއް؟ މިއީވެސް އެ ޒާތުގެ ތަފާތު ކަމެއް!

ނޮމް ޕެން ސިޓީއިން ދުވާލެއްގެ މައްޗަށް އުފައްދާ އެކި ބާވަތުގެ ކުނީގެ ބަރުދަން، 38000 ޓަނަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2024 | ހޯމަ 06:59
ކެމްބޯޑިއާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ނޮމް ޕެން ސިޓީއިން އުފައްދާ ކުނީގެ 20 ޕަސެންޓް ހިއްސާ ކުރަނީ ޕްލާސްޓިކް

ކެމްބޯޑިއާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ނޮމް ޕެން ސިޓީއިން އުފައްދާ ކުނީގެ 20 ޕަސެންޓް ހިއްސާ ކުރަނީ ޕްލާސްޓިކް

މީލާދީން އޮނަވިހިސަތޭކަ އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި ސްކޫލު ދައުރުގެ ދުވަސްތައް ގުނި މީހުންނަށް، ބޮނބިނަރު ފިހިގަނޑަކީ އައު އެއްޗަކަށް ނުވާނެއެވެ. މަދުން ނަމަވެސް، މިހާރުވެސް އެ ބޮނބިނަރު ފިހިގަނޑު ފެނެއެވެ. ކެމްބޯޑިއާގެ ވެރިކަން ކުރާ ސިޓީގައި ހުރި ކުޑަކުޑަ ގުދަނެއްގެ ތެރެއިންވެސް ފެންނަނީ ދާދި އެ ޒާތެއްގެ، އެހެނަސް ވަރަށް ތަފާތު އެއްޗެއް އުފައްދާ މަންޒަރެވެ. މުޅި ތަނުގައި އޮތި ހުސް ކޮށްފައި ހުރި ޕްލާސްޓިކް ފުޅިއެވެ. އެތަނުގައި ތިބި މަސައްކަތްތެރިން އަވަދި ނެތި އުޅެމުން ދިޔައީ، އެ ފުޅިތައް، ހިމަ ފޯލިތަކަކަށް ނުވަތަ ޕްލާސްޓިކް ނަރުތަކަކަށް ހެދުމަށެވެ. ޕްލާސްޓިކް ފޯލި ނުވަތަ ނަރުތައް ބޭނުން ކުރަނީ، ޢާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބޭނުން ކުރާ ފިހިގަނޑު ތައްޔާރު ކުރާށެވެ.

މިދިޔަ އަހަރުގެ މަރޗް މަހުން ފަށައިގެން އެ މީހުން ވަނީ، އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅީގެ 40 ޓަނު ބޭނުންކޮށްގެން ފިހިގަނޑު ތައްޔާރު ކޮށްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 5000 ފުޅިއެވެ.

ޕްލާސްޓިކް ފުޅިން ނަގާ ހިމަ ފޯލިތައް މެޝިނެއްގައި ބޮޑު ބަންޑެއްޔަކަށް ބަނދެއެވެ. އެ އަށްފަހު ޕްލާސްޓިކްގެ ހަރުކަން ކަނޑުވާލުމަށްޓަކައި ހޫނު ފެނުގައި އެ ބަންޑެލި ފޯ ކުރެއެވެ. ދެން އޮންނަނީ ކެފުމުގެ ބައެވެ. 3.5 އިންޗި ދިގު ތައްގަނޑެއްގައި ބަންޑެލި ކެފުމަށްފަހު، ދަނޑު ނަރަށް އެ ފަހާ ހަރުކުރެއެވެ. ދަގަނޑު ނަރުތައް ގުޅިފައި ހުންނަނީ އޮނުން ހަދާފައި އޮންނަ ދަނޑިއަކާއެވެ.

ނޮމް ޕެން ސިޓީގައި ހުރި 9 މީޓަރު - 45 މީޓަރުގެ ގުދަނުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކެމްބޯޑިއާގެ ވިޔަފާރިވެރިއެއް ކަމަށް ވާ، ޢުމުރުން 41 އަހަރުގެ ހާސް ކީއާއެވެ. އޭނާގެ ޢަމާޒަކީ، އެ ޢާބާދަށް ކުރިމަތިލާން ޖެހިފައި  އޮތް ޕްލާސްޓިކްގެ ތަޣައްޔަރުކަން ވީހާވެސް ބޮޑަކަށް ކުޑަ ކުރުމެވެ.

ނޮމް ޕެން ސިޓީއިން ދުވާލެއްގެ މައްޗަށް އުފައްދާ އެކި ބާވަތުގެ ކުނީގެ ބަރުދަން، 38000 ޓަނަށް އަރައެވެ. އަދި ފަރުވާ ކުޑަކޮށް، ޕްލާސްޓިކް އުކަމުންދާ ދިއުމުގެ ސަބަބުން ބޮޑު ތަކުލީފެއް ވަނީ އުފުލަން ޖެހިފައެވެ.

ކެމްބޯޑިއާގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ނޮމް ޕެން ސިޓީއިން އުފައްދާ ކުނީގެ 20 ޕަސެންޓް ހިއްސާ ކުރަނީ ޕްލާސްޓިކްއެވެ. ކުނިގޮނޑުތަކާއި، ފެން ދެމޭ ދަންތަންތަނުން އެންމެ ގިނަ ޢަދަދަކަށް ފެންނަ އެއްޗަކަށް ވެފައި އޮންނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކް ކޮތަޅު، ހޮޅި އަދި ފުޅި ފަދަ ތަކެއްޗެވެ.

'އަޕްސައިކަލް' ކޮންސެޕްޓް އަސްލަކަށް ބަލައިގެން ކީއާ ހިންގާ މިޝަންގައި 28 މުވައްޒުންގެ ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެންމެންގެ ޢަމާޒަކީވެސް ދެމެހެއްޓެނިވި ތަޞައްވުރަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަޕްސައިކަލް ކުރުމަކީ ރީސައިކަލް ކުރުމާ މުޅިން ތަފާތު، އީޖާދީ ކޮންސެޕްޓްއެކެވެ. ރީސައިކަލް ކުރުމަށްޓަކައި، ބޭނުންކޮށްފައި އޮންނަ އެއްޗެއް ހަލާކުކޮށް ކުދިކުރެއެވެ. އައު އުފެއްދުމެއް އުފައްދަނީ އެއަށް ފަހުގައެވެ. ނަމަވެސް، އަޕްސައިކަލް ކުރުމުގައި އެފަދަ ގޮތަކަށް ހަލާކުކޮށް، ކުދި ކުރުމެއް ނޯވެއެވެ. އެ އެއްޗެއް ބޭނުން ކުރަނީ އެ އޮތް ޙާލަތެއްގައެވެ.

މިފަދަ ކަމެއް ކުރުމުގެ ޚިޔާލު ކީއާއަށް ލިބުނީ، އެހެން ޤައުމުތަކާ އަޅާ ބަލާއިރު ކެމްބޯޑިއާގައި ރޯ މެޓީރިއަލްސްގެ އަގުތައް ހެޔޮވުމުންނެވެ. އޮނު ދަނޑިއާއި، ޕްލާސްޓިކް ފުޅި ފަދަ ތަކެތި ފަސޭހައިން ލިބޭތީއެވެ.

ކީއާއަކީ 2010 ވަނަ އަހަރުގެ ތެރޭގައި، ޢާންމުކޮށް މި ހުންނަ ފިހިގަނޑު ވިއްކުމުގެ މަސައްކަތް ކުރި މީހެކެވެ. ފެންވަރު ރަނގަޅު ފިހިގަނޑުތަކަށް ބޮޑު ޑިމާންޑެއް އޮންނަކަން އޭނާއަށް އެނގެއެވެ. އެ ތަކެތި ކެމްބޯޑިއާއަށް އެތެރެ ކުރަނީ އަވަށްޓެރި ވިއެޓްނާމް އަދި ތައިލޭންޑުންނެވެ.

އެކިއެކި ބޭނުންތަކަށް އެންމެ ޢާންމުކޮށް މި ގެންގުޅޭ ފިހިގަނޑުތަކަކީ މާ ގިނަ ދުވަހަށް ދެމި ހުންނަ އެއްޗަކަށް އޮންނަނީ ނުވެފައެވެ. ނަމަވެސް ޕްލާސްޓިކުން ހަދާފައި ހުރި ފިހިގަނޑުތަކަކީ، ގަދައަށް ސާފުކުރަން ޖެހޭ ތަންތަން ސާފު ކުރަންވެސް އެންމެ ރަނގަޅު އުފެއްދުމެއް ކަމަށް ކަސްޓަމަރުން ބުނެއެވެ.

ކީއާގެ ޓީމުން ދުވާލެއްގެ މައްޗަށް 500 އެއްހާ ފިހިގަނޑު ތައްޔާރު ކުރެއެވެ. ފިހިގަނޑެއްގެ އަގު އުޅެނީ 2.50 ޑޮލަރާއި 3.75 ޑޮލަރާ ދެމެދު އަގުތަކެއްގައެވެ.

ކީއާ ބުނި ގޮތުގައި އޭނާ ހުސްފުޅި ގަންނަނީއެވެ. ކުނި ހޮވާ މީހުންނާއި، ކުނިގޮނޑުތަކުންނެވެ. ޕްލާސްޓިކްގެ ސަޕްލައިއަކީ މިއިން ދުވަހަކު ހުސްވާން ނެތް އެއްޗެއް ކަމުން، އޭނާގެ ވިޔަފާރީގެ މުސްތަޤުބަލުވެސް ދިގު ވާނެ ކަމަށް ކީއާ ޔަޤީން ކުރެއެވެ. އެ ވިޔަފާރީގައި އެހެން ކުންފުނިތައްވެސް ބައިވެރިވެ، ބާޒާރުގެ ވާދަވެރިކަން އިތުރުވުމަށްވެސް ކީއާ އެދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

29 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު