Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

ކެމްބޯޑިއާ އާއި ތައިލެންޑް އާ ދެެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން އަދި ޝަރުތެއް ނެތި ހުއްޓާލުމަށް އެއްބަސްވެއްޖެ

ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމައިގައި 35 މީހުންގެ ފުރާނަ ގެއްލި، 270،000 އަށްވުރެ ގިނަ މީހުން ހިޖުރަކޮށްފައި ވާއިރު މެލޭޝިއާގެ މެދުވެރިކަމާއެކު ދެޤައުމުން ވަނީ ވަގުތުން އަދި ޝަރުތެއްނެތި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި.

ރާއްޖެ އެމްވީ | 28 ޖުލައި 2025 | ހޯމަ 12:06
ތައިލެންޑްގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗައި (ވ) އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނޭޓް (ކ) އަދި މެލޭޝިއާ ގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް (މ)، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ތަކަށް ފަހު - 28 ޖުލައި 2025

ތައިލެންޑްގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗައި (ވ) އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނޭޓް (ކ) އަދި މެލޭޝިއާ ގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް (މ)، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާ ތަކަށް ފަހު - 28 ޖުލައި 2025

ކެމްބޯޑިއާ އާއި ތައިލެންޑް އާ ދެެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތުން އަދި ޝަރުތެއް ނެތި ހުއްޓާލުމަށް ދެ ގައުމުން އެއްބަސް ވެއްޖެއެވެ.

މިކަން އިއުލާނު ކުރައްވަމުން މެލޭޝިއާގެ ލީޑަރު އަންވަރު އިބްރާހިމް ހޯމަ ދުވަހުވިދާޅުވެފައި ވަނީ ތައިލެންޑާއި ކެމްބޯޑިއާ އިން ވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހިނގާ ހަނގުރާމަ "ވަގުތުން އަދި ޝަރުތެއް ނެތި" ހުއްޓާލުމަށް އެއްބަސްވެފައި ކަމަށެވެ.

ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ފުމްތަމް ވެޗަޔާޗައި އަދި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓް ވަނީ ހޯމަ ދުވަހު މެލޭޝިއާގެ އިދާރީ ވެރިރަށް ޕުޓްރަޖާޔާގައި ހުންނަ އަންވަރުގެ ރަސްމީ ގަނޑުވަރުގައި ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތައް ކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ރަނގަރަނގަޅު ކުރިއެރުންތަކާއި ނަތީޖާތަކެއް ލިބިއްޖެ. މިއީ ކެމްބޯޑިއާ އަދި ތައިލެންޑަށް ވަރަށް ރަނގަޅު ކަމެއް،" އަންވަރު ވިދާޅުވިއެވެ. މި ވާހަކަފުޅު އަންވަރު ދެއްކެވި އިރު އަނެއް ދެ ގައުމުގެ ވެރިން އަންވަރުގެ ދެފަރާތުގައި ތިއްބެވިއެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އައި އިރު ހަނގުރާމައިގައި މަދުވެގެން 35 މީހުންގެ ފުރާނަ ގެއްލި އަދި ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގެ ދެފަރާތުން 270,000 އަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ވަނީ ހިޖުރަ ކޮށްފައެވެ.

މެލޭޝިއާ އިން މެހެމާނުދާރީ އަދާ ކުރި ބައްދަލުވުމުގައި އެމެރިކާ އަދި ޗައިނާގެ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަންވަރު ވިދާޅުވި ގޮތުގައި "މި ހަމަނުޖެހުން ސުލްލްޙަވެރިކަމާއެކު ޙައްލު ކުރުމަށް ޓަކައި،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޗައިނާގެ ލީޑަރޝިޕުން ވަނީ ހަނގުރާމަ ހިނގަމުންދާ ދެ ގައުމުގެ ލީޑަރުންނާއި އަދި މެލޭޝިއާ އާ ގާތުން ގުޅުން ބާއްވާފައި ވެއެވެ.

އަންވަރު ވިދާޅުވި ގޮތުގައި ކެމްބޯޑިއާ އަދި ތައިލެންޑް ވަނީ ޖުލައި 28 ވަނަ ދުވަހުގެ ރޭ މެންދަމުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ދެ ޤައުމުގެ ސިފައިންގެ ކޮމާންޑަރުންގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު