Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

ތައިލެންޑާއި ކެމްބޯޑިއާގެ ވެރިންގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މެލޭޝިއާގައި ފަށައިފި

ތައިލެންޑާއި ކެމްބޯޑިއާގެ ވެރިން މެލޭޝިއާގައި ސުލްޙައިގެ މަޝްވަރާތަކެއް ފެށި އިރު މިހާރު ފަސްވަނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމައިގައި، 35 މީހުންގެ ފުރާނަ ގެއްލި، 270,000 އަށްވުރެ ގިނަ މީހުން ހިޖުރަކުރަން މަޖުބޫރުވެފައިވޭ.

ރާއްޖެ އެމްވީ | 28 ޖުލައި 2025 | ހޯމަ 09:41
ކެމްބޯޑިއާ އާއި ތައިލެންޑް މެލޭޝިއާގައި ސުލްހައިގެ މަޝްވަރާތައް ފެށުން - ޖުލައި 2025 ޖުލައި 28

ކެމްބޯޑިއާ އާއި ތައިލެންޑް މެލޭޝިއާގައި ސުލްހައިގެ މަޝްވަރާތައް ފެށުން - ޖުލައި 2025 ޖުލައި 28 | ގެޓީ އިމޭޖަސް

ތައިލެންޑާއި ކެމްބޯޑިއާގެ ވެރިންގެ މެދުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މެލޭޝިއާގައި ފަށައިފިއެވެ.

މިއީ ބޯޑަރުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ކުރެވޭ ކުއްލި މަސައްކަތެކެވެ. މި ހަނގުރާމަ ފަސްވަނަ ދުވަހަށް މިހާރު ވަނީ ދެމިގެން އައިސްފައެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ސުލްޙައަށް ގޮވާލަމުންދާއިރުވެސް މި ހަނގުރާމަ ދަނީ ކުރިއަށެވެ.

ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު ޕުމްތާމް ވެޗަޔާޗައި އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މާނެޓް ވަނީ ހޯމަ ދުވަހު މެލޭޝިއާގެ އިދާރީ ވެރި ރަށް ޕުތްރަޖާޔާގައި ހުންނަ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ ގަނޑުވަރުގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފަށާފައެވެ. އަންވަރު އިބްރާހީމަކީ ސަރަޙައްދީ ޖަމްޢިއްޔާ އާސިއާންގެ ރައީސެވެ.

އަންވަރު އިބްރާހީމް ހޯސްޓް ކުރަައްވާ މި މަޝްވަރާތަކުގެ މަޤްޞަދަކީ މިހާތަނަށް މަދުވެގެން 35 މީހުން މަރުވެ، 270,000 އަށްވުރެ ގިނަ މީހުން ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރުގެ ދެފަރާތުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމެވެ.

މެލޭޝިއާގެ އިސް އޮފިޝަލެއް ހޯމަ ދުވަހު ރޮއިޓަރސް ނިއުސް އޭޖެންސީއަށް ދިން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެމެރިކާ އާއި ޗައިނާގެ ސަފީރުންވެސް ބައިވެރިވެފައިވެއެވެ.

ހޯމަ ދުވަހުގެ ކުރީކޮޅު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހުން މާނެޓް ވިދާޅުވެފައި ވަނީ މި މަޝްވަރާތަކުގެ މަޤްޞަދަކީ ތައިލެންޑާއެކު އޮތް ހަނގުރާމަ ވަގުތުން ހުއްޓާލުމެވެ.

ނަމަވެސް ހޯމަ ދުވަހު ބެންކޮކުން ފުރާވަޑައިގަތުމުގެ ކުރިން ޕުމްތާމް ނޫސްވެރިންނަށް ވިދާޅުވީ، ކެމްބޯޑިއާއިން މި މައްސަލަ ހައްލުކުރުމުގައި ތެދުވެރިކަމާއެކު ޢަމަލު ކުރާކަމަކަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެމީހުންގެ ޢަމަލުތަކުން އެކަން ދައްކައިދެއެވެ. އެމީހުން އެބަޖެހޭ ތެދުވެރި ނިޔަތެއް ދައްކަން. އަދި އަހަރެމެން އެކަން ބައްދަލުވުމުގައި ވަޒަން ކުރާނަމެވެ." އޭނާ ވިދާޅުވިއެވެ.

ޕުތްރަޖާޔާ ގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ މެލޭޝިއާގައި ކުރެވޭ މަޝްވަރާތަކުން ކުރިއެރުމެއް ލިބިދާނެކަމުގެ އުއްމީދު އޮތްކަމަށެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު