Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް-ކެމްބޯޑިއާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ ސުންގަޑީގެ ފަހުން ވެސް ކެމްބޯޑިއާ އިން ހަމަލާތައް ދީފައިވާ ކަމަށް ތައިލެންޑުގެ ސިފައިން ބުނެފި

މިހާތަނަށް މި ހަނގުރާމައިގެ ސަބަބުން 300،000 އަށްވުރެ ގިނަ މީހުން ހިޖުރަކޮށް، އެތައް ބަޔަކު މަރުވެފައިވޭ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 02:28
ކެމްބޯޑިއާގެ މިލިޓަރީ އުޅަނދެއް ކެމްބޯޑިއާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ސަމްރޮންގް އާއި ދިމާއަށް ދަތުރު ކުރަނީ - ޖުލައި 26، 2025

ކެމްބޯޑިއާގެ މިލިޓަރީ އުޅަނދެއް ކެމްބޯޑިއާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ސަމްރޮންގް އާއި ދިމާއަށް ދަތުރު ކުރަނީ - ޖުލައި 26، 2025

ހަނގުރާމަ ހުއްޓާލުމުގެ ސުންގަޑީގެ ފަހުން ވެސް ކެމްބޯޑިއާ އިން ހަމަލާތައް ދީފައިވާ ކަމަށް ތައިލެންޑުގެ ސިފައިން ބުނެފި އެވެ.

ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ގިނަ ސަރަޙައްދުތަކެއްގައި ހަމަލާތައް ދީފައިވާ ކަމަށް ތައިލެންޑުގެ ސިފައިންގެ ތަރުޖަމާނެއް އަންގާރަ ދުވަހު ހާމަ ކޮށްފައި ވެއެވެ. ހޯމަ ދުވަހު މި ދެ އަވަށްޓެރިން މެެލޭޝިއާ ގައި އެއްބަސްވީ އެއްވެސް ޝަރުތެއް ނެތި ވަގުތުން ހަނގުރާމަ ހުއްޓާލުމަށެވެ.

ތައިލެންޑުގެ ސިފައިން ވަނީ އަމިއްލަ ދިފާޢުގައި ހާލަތާ އެކަށީގެންވާ މިންވަރަށް ރައްދު ދީފައި ކަމަށް ތައިލެންޑުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ލީޑަރުން ހޯމަ ދުވަހު މެލޭޝިއާގައި ބައްދަލު ކުރައްވާ، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އިރު، ފާއިތުވި 5 ދުވަހުގެ ހަމަލާތަކުގެ ސަބަބުން، އެތައް ބަޔަކު މަރުވެ، 300،000 އަށްވުރެ ގިނަ މީހުން ދެ ގައުމުގެ ބޯޑަރު ސަރަހައްދު ދޫކޮށް ހިޖުރަ ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު