Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ފައިސާ ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަތިވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2024 | އާދީއްތަ 06:47
މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރަނީ

މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރަނީ

ފައިސާ ނުދޭ މައްސަލައާ ގުޅިގެން ގއ. ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގއ.ވިލިނގިލީގެ މަސްވެރިއެއް ކަމަށްވާ ހާލިދު މުހައްމަދު ބުނީ އާދިއްތަ ދުވަހުގެ ހެނދުނު މުޒާހަރާ ކުރަން ފަށާފައިވާ ކަމަށާއި ފައިސާ ނުލިބެނީސް މުޒަހަރާ ކުރުން ހުއްޓާނުލާނެ ކަމަށެވެ.

Advertisement - newsAdvertisement

މަސްވެރިންނަށް ފައިސާ ނުދޭތާ ދެމަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް ހާލިދު ބުނީ ފައިސާ ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި މަހަށް ފުރޭނެ ގޮތް ވެސް ނެތިފައިވާ ކަމަށެވެ. ފައިސާ ނުލިބޭތީ އާއިލާއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން އޭނާ ބުންޏެވެ. އެގޮތުން ދަރިންގެ ޓީއުޝަން ފީ، ގޭގެ ކަރަންޓު ބިލާއި ދިރިއުޅުމުގެ އެހެނިހެން ބޭނުންތައް ފުއްދުމަށް ފައިސާ ނެތް ކަމަށް ހާލިދު ބުންޏެވެ.

ހާލިދު ބުނީ މުޒާހަރާގައި ގިނަ އަދަދެއްގެ މަސްވެރިން ބައިވެރިވަނީ ފައިސާ ނުލިބި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީއެވެ. އަދި މިހާރު އިތުރު ރަށްރަށުން މަސްދޯނިތައް ކޫއްޑޫއަށް އަންނަމުންދާ ކަމަށް އޭނާ ބުންޏެވެ.

މަސްވެރިންގެ މުޒާހަރާގައި އައްޑޫސިޓީ، ހުވަދުއަތޮޅު، ދ، ތ، އަދި ލ. އަތޮޅުގެ މަސްވެރިން ބައިވެރިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ 470 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ނުދީ ހިފަހައްޓާފައެވެ. އަދި އެއްވެސް ވަރަކަށް ފައިސާ ދޫނުކުރާތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ.

މުޒާހަރާގެ މަސްވެރިން ބުނެފައިވަނީ ފައިސާ ދޫނުކުރަނީސް މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށާއި، މި މައްސަލާގައި ސަރުކާރުގެ އިސްވެރިން މަސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި ގޮތެއް ނުނިންމާ މަސްވެރިންގެ އަޑު ނާހާނަމަ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ކުއްޑޫ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލައި، ކޫއްޑޫގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް މުޒާހަރާގައި ބައިވެރިވާ މަސްވެރިން ވަނީ ބުނެފައެވެ.

މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މިމައްސަލައާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމް ސީދާ ޖަވާބެއް ދެއްވާފައިނުވާއިރު، ޝިޔާމްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މަސްވެރިންނަށް ފައިސާ ނުދީގެން އެންމެ ބޮޑަށް ފާޑު ވިދާޅުވި މެންބަރެވެ. އަދި ދާދިފަހުން މި މައްސަލައާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެއްކުމަށް މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ފައިސާ ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ދޫކުރާނެ މުއްދަތެއް މިހާތަނަށް އައިއިރު ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު