Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް އެތެރެކުރުން

ޑްރަގް އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ އަންހެނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ފެބުރުއަރީ 2024 | ހޮނިހިރު 08:04
މަސްތުވާތަކެތީގެ މައްސަލައެއްގެ އޮޕަރޭޝަނެއްގެ ތެރެއިން

މަސްތުވާތަކެތީގެ މައްސަލައެއްގެ އޮޕަރޭޝަނެއްގެ ތެރެއިން

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، 20 އަހަރުގެ އަންހެނެކެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތު މީގެ ކުރިންވެސް އިތުރު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެ ދެމަފިރިންގެ ލަގެޖުން 990 ގްރާމުގެ މަސްތުވާތަކެތި އަދި އަތްދަބަހުން 1751 ޑޮލަރު ފެނުނު ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ކުށުގެ ތުހުމަތެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމީހުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވެއެވެ. އެގޮތުން އެމީހުން ވައިގެ މަގުން ރާއްޖެއަށް އައިއިރު ގެނައި ލަގެޖު ފޮށިން ތަފާތު ބާވަތްތަކުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

އެމީހުންގެ ފަރާތުން ބުނެފައިވަނީ އެއީ އެހެން މީހަކު ބުނެގެން ގެނައި ލަގެޖެއް ކަމަށެވެ. ނަމަވެސް އެ ލަގެޖުގެ ތެރެއިން އެ ދެމީހުންގެ އަންނައުނުވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ދިފާއު ސާބިތު ކޮށްދެވޭނެ ހުއްޖަތު ބަލިކަމަށް ދެކިލައްވާކަމަށެވެ.

އެ ދެމީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސީއޯސީ، ޓީއެޗްސީ، އަދި ބެންޒޯއަށް ޕޮޒިޓިވްކަމަށްވެސް މީގެ ކުރިން ނެރުނު ކޯޓު އަމުރުގައި ބުނެއެވެ. މިއީ އިތުރު ބައެއްގެ ބައިވެރިވުން ހިމެނޭ ކަމެއްކަމަށްވެސް ތުހުމަތު ކުރެވޭކަމަށް އެ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާގެ ލަޖެގްގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށް ބުނެފައެވެ. އަދި އެ އަންހެން މީހާގެ އަތްދަބަހުގެ ތެރެއިން 1751 ޔޫއެސް ޑޮލަރު ފެނިފައިވެއެވެ. އަންހެން މީހާ ވަނީ އޭނާގެ ބަންދަށް ލުއި ގޮތެއް ހަދައިދިނުމަށް އެދިފައެވެ.

އަދި ލަގޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި އިރު، އެތަކެތި މެޓަމްފެޓަމިން ރެސިމޭޓަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތި ހުރީ 6 ޕެކެޓެއްގައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
13 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުން ދޫކޮށްލާއިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު