Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާންގެ ބޮޑުވަޒީރަކު ހަމަޖެއްސުން

އިމްރާން ޚާންގެ ފަރާތުން ބޮޑުވަޒީރު ކަމަށް ބޭފުޅަކު ނޮމިނޭޓް ކޮށްފި

ބޮޑުވަޒީރަކު ހޮވުން އޮންނާނީ ނެޝަނަލް އެސެމްބްލީގައި ނަގާވޯޓަކުންނެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2024 | ހުކުރު 13:06
ޕާކިސްތާން ގެ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓް ކުރެވިފައިވާ އޮމަރު އައްޔޫބް ޚާން

ޕާކިސްތާން ގެ ބޮޑު ވަޒީރު ކަމަށް ނޮމިނޭޓް ކުރެވިފައިވާ އޮމަރު އައްޔޫބް ޚާން

ޖަލަށްލާފައިވާ ޕާކިސްތާން ގެކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފަރާތްޕުޅުން ބޮޑުވަޒީރުގެ މަގާމަށް އޮމަރު އައްޔޫބް ހާން ނޮމިނޭޓް ކުރައްވައިފި އެވެ. އިމްރާން ޚާން ޕާޓީގެ އިސްލީޑަރެއް ކަމަށްވާ އޮމަރު އައްޔޫބް ވަނީ އެއްދާއިރާއަކުން އިންތިހާބްގައި ވާދަކުރައްވާ ގޮޑިކާމިޔާބް ކުރައްވާފައެވެ. ނަމަވެސް މިވަގުތުވެސް އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.އެއީ އިމްރާން ޚާން ހައްޔަރު ކުރުމާއި ގުޅިގެން ބޭއްވި މުޒާހަރާ ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މިފަދަ އަމުރެއް އޮތުމަކުން ބޮޑުވަޒީރު ކަމަށް ކުރިމަތިލުމަށް ހުރަހަކަށް ނުވާ ކަމަށް ވެއެވެ.

ބޮޑުވަޒީރަކު ހޮވުން އޮންނާނީ ނެޝަނަލް އެސެމްބްލީގައި ނަގާވޯޓަކުންނެވެ.

އޮމަރު އައްޔޫބް އާ ވާދަކުރައްވާނީ ނަވާޒް ޝަރީފްގެ ޕާޓީ އާ ބިލާވަލް ބުއްޓޯ ޒަރްދާރީ ގެ ޕާޓީ ގުޅިގެން ނެރެފައިވާ ކެންޑިޑޭޓް،ކުރީގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއެވެ.

އޮމަރު އައްޔޫބް ވިދާޅުވެފައިވާގޮތުގައި މަގާމަށް ހޮވިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވާނީ ސިޔާސީ ކުށްވެރިން މިނިވަން ކުރެއްވުމަށެވެ.

ނެޝަނަލް އެސެމްބްލީގެ ވޯޓު އޮންނާނީ ހުރިހާ އައު މެމްބަރުން ހުވާކޮށްނިމި ރައީސާއި ނައިބް ރައީސް އައްޔަން ކޮށް ނިމުމަށް ފަހުއެވެ.

އޮމަރު އައްޔޫބް އަކީ 1958ން1969ށް ޕާކިސްތާންގެ ރައީސްކަން ކުރެއްވި މިލިޓަރީ ލީޑަރ މުހައްމަދު އައްޔޫބް ޚާން ގެ ކާފަ ދަރިކަލެކެވެ. އޭނާފުރަތަމަ ނެޝަނަލް އެސެމްބްލީ އަށް ހޮވިވަޑައިގެންފައިވަނީ 2002 ވަނަ އަހަރުއެވެ. އަދި 2018ވަނަ އަހަރު އިމްރާން ޚާންގެ ގެ ޕާޓީ އަށް ބަދަލުވެ ވަޑައިގެން އެސަރުކާރުގައި މިނިސްޓަރުކަންވެސް ކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު