Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަމާސްގެ އަސްކަރީ ލީޑަރުގެ ވީޑިއޯއެއް

ޚާން ޔޫނިސްގެ ޓަނަލެއްގެ ތެރެއިން ހަމާސްގެ އަސްކަރީ ލީޑަރު ޔަހްޔާ ސިންވާރު ފެންނަ ވީޑިއޯއެއް އާންމުކޮށްފި

އެއީ ސައްހަ ވީޑިއޯއެއްކަން ކަށަވަރުކޮށްދޭނެ އެއްވެސް ހެތްކެއް އިސްރާއީލަށް ދެއްކިފައެއް ނުވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2024 | ބުރާސްފަތި 10:54
ހަމާސްގެ އަސްކަރީ ލީޑަރު ޔަހްޔާ ސިންވާރު

ހަމާސްގެ އަސްކަރީ ލީޑަރު ޔަހްޔާ ސިންވާރު

ޣައްޒާގެ ޚާން ޔޫނިސްގެ ޓަނަލެއްގެ ތެރެއިން ހަމާސްގެ އަސްކަރީ ލީޑަރު ޔަހްޔާ ސިންވާރު ހިންގަވާފައި ވަޑައިގަންނަވާތަން ފެންނަ ވީޑިއޯއެއް ކަމަށްބުނާ ސައްހަނޫން ވީޑިއޯއެއް، އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގެ ޓަނަލްތަކުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރުގެ ހެކި ފެނިފައިވާކަމަށާއި ނަމަވެސް އެ ވީޑިއޯ ކަށަވަރުކުރެވިފައި ނުވާކަމަށެވެ.

އަނދިރި ޓަނަލެއްގެ ތެރޭގައި ޝޫޓްކޮށްފައިވާ މި ވީޑިއޯއިން ފެންނަނީ ފަހަތުން ފެންނަ، އަންހެނެއްހެން ހީވާ މީހެއްގެ މަންޒަރެވެ. އެ އަންހެން މީހާގެ ފަހަތުން ކުޑަ ތިން ކުއްޖަކާއި، އެއަށްފަހު ބްރީފްކޭހެއް ހިފައިގެން އަންނަ ފިރިހެނަކު ފެނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާގޮތުގައި އެމީހަކީ ސިންވާރެވެ. ކެމެރާ އޭންގަލަށް ބަލާއިރު އިސްރާއީލުން ބުނާ ބުނުމަކީ ގަބޫލުކުރަން ދަތި ވާހަކައެކެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ޑެނިއަލް ހަގާރީ ވިދާޅުވީ، އެ ފުޓޭޖަކީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޓަނަލްގައި ހުރި ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ ފުޓޭޖެއް ކަމަށެވެ.

އެ ވީޑިއޯ މީޑިއާތަކަށް ޔަގީންކަމާއެކު ކަށަވަރު ކުރެވިފައި ނުވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއަށް އެ ވީޑިއޯ ސާބިތުކުރެވޭނެ އިތުރު ހެތްކެއް ވެސް ދެއްކިފައެއް ނެތެވެ.

ހަމާސްގެ ލީޑަރުން ޣައްޒާގެ ވަށައިގެންވާ ޓަނަލްތަކުގައި ފޮރުވައިގެން ތިބި ކަމަށް އިސްރާއީލުން އެކި ފަހަރު މަތިން ބުނަމުން އަންނައިރު، އެއީ ހޮސްޕިޓަލްތައް ރެއިޑްކޮށް އާންމުންގެ އިންފްރާސްޓްރަކްޗަރަށް ބޮންއެޅުމަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކުރި، ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ.

ސިންވާރަކީ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އެއްކުރި، ހަމާސްގެ ލީޑަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ބޭފުޅަކަށްވާއިރު، 2017 ވަނަ އަހަރު ޣައްޒާގައި ހަމާސްގެ ސިޔާސީ ލީޑަރަކަށް އޭނާވަނީ ހޮވިވަޑައިގެންފައެވެ. އެމެރިކާއިން 2015 ވަނަ އަހަރު ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓުކުރިއިރު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ އޭނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ސަރަހައްދަށް ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 1،100 މީހުން މަރުވެ، 200އެއްހާ މީހުން ރަހީނުކުރިއެވެ.

އޭގެ ފަހުން ސިންވާރު ޣައްޒާގައި އިސްރާއީލުގެ "މޯސްޓް ވޯންޓެޑް މޭން"އަށް ވެފައި ވީނަމަވެސް، އިސްރާއީލަށް ވަނީ އޭނާ އަތުލައިގަތުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 28،640 މީހުން ޝަހީދު ވެފައިވާއިރު، އޭގެތެރޭގައި 12،000ށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް، ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން

އެމެރިކާ އަށް ހިޖުރަ ކުރާ ކުޑަކުދިންގެ ތެރެއިން 20،000 ކުޑަކުދިންނަށް އަސްކަރީ ބޭސްތަކުގައި ބޯހިޔާވަހިކަން ދެނީ: ޕެންޓަގަން

22 ޖޫން 2018
ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި

ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި

15 އެޕްރީލު 2018
ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި

ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި

26 މާރިޗު 2018
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

31 ޖެނުއަރީ 2018
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު