Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައްނާސިރު ހޮސްޕިޓަލް ހިޞާރުކުރުން

އިސްރާއީލު ސިފައިން ނާސިރު ހޮސްޕިޓަލް ޙިޞާރުކޮށް މީހުން ހުސްކުރަން އަންގައިފި

އިސްރާއީލް ސިފައިންވަނީ ހޮސްޕިޓަލުގެ އުތުރު ގޭޓު ހަލާކުކޮށް، ބެރިކޭޑް ޖަހައި، ހަމައެކަނި އިރުމަތީ ގޭޓަށް ވަދެވޭ ގޮތް ވަނީ ހަދައިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 15 ފެބުރުއަރީ 2024 | ބުރާސްފަތި 03:35
ޚާން ޔޫނުސްގައި ހުންނަ އައްނާސިރު ހޮސްޕިޓަލްގެ ހާލަތުވަނީ ވަރަށް ގޯސްވެފައި

ޚާން ޔޫނުސްގައި ހުންނަ އައްނާސިރު ހޮސްޕިޓަލްގެ ހާލަތުވަނީ ވަރަށް ގޯސްވެފައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ޚާން ޔޫނުސްގެ ނާސިރު ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އިސްރާއީލު ސިފައިން އެ ހޮސްޕިޓަލް ޙިޞާރުކޮށް މީހުން ހުސްކުރަން އަންގައިފިއެވެ.

އިސްރާއީލުގެ އޮކިއުޕޭޝަން ފޯސަސް (އައިއޯއެފް) އިން ވަނީ ހޮސްޕިޓަލުގެ ވަށައިގެން އެމީހުންގެ ބާރު ގަދަކޮށް، އެތެރޭގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ މީހުން ވަގުތުން ހުސްކުރަން މަޖުބޫރުކޮށްފައެވެ.

ފަލަސްތީނަށް ކަނޑައަޅާފައިވާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ގެ މެޑިކަލް ކޯޑިނޭޓަރު ގުއިލެމެޓް ތޯމަސް ވަނީ ހޮސްޕިޓަލުގެ މާހައުލަކީ ބިރުވެރި މާހައުލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެކަމަނާ ވަނީ މިހާރުވެސް މެޑިކަލް ސްޓާފުންނާއި ސަޕްލައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ފެސިލިޓީގައި ތިބި ގާތްގަނޑަކަށް 400 އެއްހާ ޕޭޝަންޓުންގެ ހާލު ސީރިއަސްކަން ފާހަގަކުރައްވާފައެވެ.

އަލްޖަޒީރާ އަރަބިކުން ހޯދާފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި އައިއޯއެފްގެ އެންގުމާ އެކު ފަލަސްތީނުގެ ރައްޔިތުން ނާސިރު މެޑިކަލް ކޮމްޕްލެކްސް ހުސްކުރާ މަންޒަރުތައް ފެނެއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، އިސްރާއީލުގެ ސްނައިޕަރުން ހޮސްޕިޓަލުގެ ބޭރުގައި ތިން މީހަކު ޝަހީދުކޮށްލި ކަމުގެ ރިޕޯޓްތައް ފެންމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން ޚާން ޔުނިސްގެ ވަށާލާފައިވާ މެޑިކަލް ކޮމްޕައުންޑްގެ ތެރޭގައި 10 މީހަކަށް ވަނީ އަނިޔާވެފައެވެ.

ނާސިރު ހޮސްޕިޓަލުން ހިމާޔަތް ހޯދަމުން އަންނަ މީހުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެމްއެސްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ.

އައިއޯއެފްގެ އަމަލުތައް ފުޅާވެގެން ދިޔައީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ތިބި މީހުންގެ ގަޔަށް ބަޑިޖެހުމާއި، އޭގެ ތެރޭގައި މެޑިކަލް މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.

އައިއޯއެފްގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ހަމާސްގެ މެމްބަރުން އެ މެޑިކަލް ފެސިލިޓީ ބޭނުން ކުރަނީ އަސްކަރީ ހަރަކާތްތަކަށެވެ. ޣައްޒާގެ ހޮސްޕިޓަލްތަކަށް ދިން އަނިޔާވެރި ބޮމުގެ ހަމަލާތަކުގެ ބަހަނާއަކަށް އައިއޯއެފުން އަންނަނީ ޒަމާނުއްސުރެ މި ތުހުމަތުތައް ބޭނުންކުރަމުންނެވެ.

މީގެ ކރިންވެސް އައިއޯއެފުން ވަނީ ނާސިރު ހޮސްޕިޓަލް ހުސްކުރަން އަމުރެއް ނެރެ، ގާތްގަނޑަކަށް 300 މެޑިކަލް ސްޓާފުންނާއި 450 ޕޭޝަންޓުންނާއި ފަލަސްތީނުގެ އެތައް ބަޔަކު އެތަނުން ނެރެފައެވެ.

އިއްޔެއިން ސުރެ، ހޮސްޕިޓަލުގެ އުތުރު ގޭޓު ހަލާކުކޮށް، ކުނިއަޅާ ބެރިކޭޑް ޖަހައި، ހަމައެކަނި އިރުމަތީ ގޭޓަށް ވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ. ޓޭންކުތަކާއި ހަތިޔާރު އެޅި އުޅަނދުތައް މިހާރު އިރުމަތީ ގޭޓު ކުރިމަތީގައި ހުރި ތަންތަނުގައި ތިބޭއިރު ފޭސް ރިކޮގްނިޝަން ކެމެރާތައް ހަރުކޮށްފައިވާއިރު، މިއީ މުސްތަގުބަލުގައި ރެއިޑްކުރުމާއި މީހުން ހައްޔަރުކުރުމުގެ ފުރުސަތު އޮތް ކަމުގެ އިޝާރާތެއް ކަމަށް އޮބްޒާވަރުން ބުނެއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު