Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ރަފަޙްއަށް ދިން ހަމަލާ

އިސްރާއީލުން ރަފަހްއަށް ދިން ހަމަލާއާ މެދު ވިސްނުމަށް ދެކުނު އެފްރިކާއިން އދ.ގެ ކޯޓުގައި އެދިއްޖެ

14 ފެބުރުއަރީ 2024 | ބުދަ 10:16

ސައުތު އެފްރިކާގެ ސަރުކާރުން އދ.ގެ ކޯޓްގައި އެދިފައި ވަނީ ރަފަޙްގައި އެ ގައުމުން ދިން ހަމަލާއަކީ ވަގުތީ އަމުރާ ހިލާފު ކަމެއް ކަމަށް ނިންމައިދިނުމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ފެބުރުއަރީ 2024 | ބުދަ 10:16
އިސްރާއީލުން ރަފަހްއަށް ދިން ހަމަލާގައި ސުންނާފަތިވެފައިވާ ސަރަޙައްދެއް

އިސްރާއީލުން ރަފަހްއަށް ދިން ހަމަލާގައި ސުންނާފަތިވެފައިވާ ސަރަޙައްދެއް

އިސްރާއީލްގެ ރަހީނުން ސަލާމަތް ކުރުމުގެ ނަމުގައި ރަފަޙްގައި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކާ މެދު ވިސްނުމަށް ދެކުނު އެފްރިކާއިން އދ.ގެ ކޯޓުގައި އެދިއްޖެއެވެ.

ސައުތު އެފްރިކާގެ ސަރުކާރުން އދ.ގެ ކޯޓްގައި އެދިފައި ވަނީ ރަފަޙްގައި އެ ގައުމުން ދިން ހަމަލާއަކީ ވަގުތީ އަމުރާ ހިލާފު ކަމެއް ކަމަށް ނިންމައިދިނުމަށެވެ.

މިދިޔަ މަހު އެ ގައުމުން ވަނީ ޣައްޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އިސްރާއީލު ހާޟިރުކޮށްފައެވެ.

ދެކުނު އެފްރިކާއިން އެދުނު ފަދައިން ޣައްޒާގައި އިސްރާއީލުން ހިންގާ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށް އދގެ ކޯޓުން އަމުރު ކޮށްފައި ނުވި ނަމަވެސް، އެ ކޯޓުން ވަނީ ފަލަސްތީނުގެ އާންމުން މަރުވުމާއި ޣައްޒާ ހަލާކުވުން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިސްރާއީލަށް އެނގުމުގެ ހަ އަމުރެއް ނެރެ އިބްތިދާއީ ހުކުމެއް އިއްވާފައެވެ.

ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ "އަވަސް ރިކުއެސްޓް" ގައި އައިސީޖޭއިގެ ކިބައިން އެދިފައި ވަނީ ފަލަސްތީނުގެ 1.4 މިލިއަން މީހުން ހަނގުރާމައިން ސަލާމަތްވުމަށް ހިޖުރަކޮށްފައިވާ ރަފަޙްގައި އިސްރާއީލުން ހަމަލާއެއް ދޭން ފަށާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ޣައްޒާގައި ފަލަސްތީނުގެ ހައްގުތައް އިތުރަށް ނިގުޅައިގަތުމެއް ކަމަށެވެ.

ރަހީނުން ސަލާމަތް ކުރުމުގެ ނަމުގައި އިސްރާއީލުން ރަފަޙްގައި ހިންގި އޮޕަރޭޝަންގައި، އާދިއްތަ އަދި ހޯމަ، ދެދުވަހު މަތިން ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖުމަލަ ވަނީ 141 އަށް އަރާފައެވެ. އެއީ އާދިއްތަ ދުވަހު 74 މީހުންނާއި، ހޯމަދުވަހު 67 މީހެއް ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.

އެ އޮފަރޭޝަނުގައި ހަމާސްގެ އަތްދަށުގައި ތިބި އުމުރުން 60 އަހަރުގެ ފެނާންޑޯ ސައިމަން ކިޔާ މީހަކާއި، 70 އަހަރުގެ ލުއިސް ހާރު ކިޔާ މީހަކު ސަލާމަތް ކުރި ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނީ އެ ދެ މީހުން ވެސް ފެނިފައި ވަނީ ރަފަޙްގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

އިސްރާއީލުން ރަފަޙްއަށް ހަމަލާތައް ދޭން ފަށާނެކަން އިއުލާނު ކުރުމާ އެކު ، ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމާ ދެކޮޅަށް އަނެއްކާވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފަލަސްތީނުގެ ރައްޔިތުން ދާނެ އެހެން ތަނެއް ނެތް ކަމުގެ އިންޒާރުތައް ދެއްވައި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވާލައްވައިފައެވެ.

އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނައާ އެކު ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ވިދާޅުވީ ޣައްޒާއަށް އެއްބަސްވުމެއް އެކުލަވާލުމުގެ މުހިންމު ބައިތައް މޭޒުމަތީގައި ހުރި ކަމަށާއި ނަމަވެސް ފަރަގުތަކެއް އެބަހުރި ކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ގޮވާލައްވަމުން ގެންދަވާއިރުވެސް  މިސްރާއި ގަތަރު މެދުވެރިވެގެން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފުތާގައި ހުށަހެޅި ހުށަހެޅުމަށްވެސް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި 130 މީހަކު ހަމާސްއިން ވަނީ ރަހީނުކޮށްފައެވެ. އެ ހަމަލާތަކަށްފަހު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،340 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،984 އަށް އުފުލިފައެވެ.

ސާފު ބޯފެނާއި ކާނާ، އަދި ބޭސް ފަރުވާވެސް ނުލިބޭ ހާލުގައިތިބި ޣައްޒާގެ އާންމުންގެ 85 އިންސައްތަ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް