Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާގެ ސްކޫލްތަކަށް ހަމަލާދިނުން

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 162 ސްކޫލަކަށް ގެއްލުންވެފައިވޭ: އދ.

އޭގެ ތެރެއިން 26 އިމާރާތެއް އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ފެބުރުއަރީ 2024 | ބުދަ 09:13
ޣައްޒާގެ އެތައްހާސް ރައްޔިތުން ހިމާޔަތް ހޯދަމުންދާ ސްކޫލެއް

ޣައްޒާގެ އެތައްހާސް ރައްޔިތުން ހިމާޔަތް ހޯދަމުންދާ ސްކޫލެއް

ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ އުދުވާން ތަކުގައި މިހާތަނަށް ޣައްޒާގެ 162 ސްކޫލަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

އދގެ ތަރުޖަމާނަކު އަންގާރަ ދުވަހު ވިދާޅުވީ އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާގެ މީހުންދިރިއުޅޭ ގެތަކުގެ އިތުރުން މިހާތަނަށް 162 ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށާއި، އޭގެތެރެއިން ގިނަ ސްކޫލްތަކުގައި ކިޔަވައިދެވޭވަރު ވެސް ނުވާކަމަށެވެ.

ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހިއުމެނިޓޭރިއަން އެހީތެރިން ވަނީ ޣައްޒާގެ ސްކޫލްތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ސެޓެލައިޓް ފޮޓޯތައް އެނަލައިޒްކޮށްފައެވެ.

ނިއުޔޯކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓެފަން ޑުޖާރިކް ވިދާޅުވީ އެ މީހުންގެ އެސެސްމަންޓުން އެނގުނީ 162 ސްކޫލް އިމާރާތަކަށް ސީދާ ގެއްލުން ލިބިފައިވާ ކަމަށާއި އެއީ ގާޒާގެ ޖުމްލަ 563 ސްކޫލް އިމާރާތުގެ ގާތްގަނޑަކަށް 30 ޕަސެންޓް ކަމަށެވެ.

އޭގެ ތެރެއިން 26 އިމާރާތެއް އެއްކޮށް ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ގޮވާލައްވަމުން ގެންދަވާއިރުވެސް  މިސްރާއި ގަތަރު މެދުވެރިވެގެން ހަނގުރާމަ ހުއްޓައިލުމަށް މިދިޔަ ހަފުތާގައި ހުށަހެޅި ހުށަހެޅުމަށްވެސް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި 130 މީހަކު ހަމާސްއިން ވަނީ ރަހީނުކޮށްފައެވެ. އެ ހަމަލާތަކަށްފަހު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،340 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،984 އަށް އުފުލިފައެވެ.

ސާފު ބޯފެނާއި ކާނާ، އަދި ބޭސް ފަރުވާވެސް ނުލިބޭ ހާލުގައިތިބި ޣައްޒާގެ އާންމުންގެ 85 އިންސައްތަ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
03 ނޮވެމްބަރު 2017

ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި

03 ނޮވެމްބަރު 2017
ހަމާސް އިން ޣައްޒާގެ ބޯޑަރުތައް ފަލަސްތީނުގެ ސަރުކާރާއި ހަވާލުކޮށްފި
04 އޮކްޓޯބަރު 2017

ވައިގެ ހަމަލާތަކުގައި ޖަބްޙަތުއް ނުޞްރާގެ ލީޑަރު ޒަޚަމްވެއްޖެ

04 އޮކްޓޯބަރު 2017
ވައިގެ ހަމަލާތަކުގައި ޖަބްޙަތުއް ނުޞްރާގެ ލީޑަރު ޒަޚަމްވެއްޖެ
05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
03 ޖޫން 2017

އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު

03 ޖޫން 2017
 އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު