Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްދޯނިތަކަށް ސިފައިން އެރުން

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ދިފާއީ ވަޒީރު 241 ކޮމިޓީއަށް ހާޒިރުކުރަނީ

14 ފެބުރުއަރީ 2024 | ބުދަ 08:01

މި މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައިވެސް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ފެބުރުއަރީ 2024 | ބުދަ 08:01
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާ މައްސަލަ އާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދިފާއީ ވަޒީރު ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ (241) ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައިވެސް މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.  

ދިވެހި ކަނޑުގެ ސަރަހައްދުގެ ތެރެއިން މަސްއޮޑިތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއި އެކު އެރި ވާހަކަތަކާއި ބަސްދީގަތުންތަކާއި ފޮޓޯ އަދި ވީޑިއޯ އިޖުތިމާއީ ވިއުގަތަކުން ކެނޑިނޭޅި ދައުރުވަމުންދާއިރު، ދިވެހި ދައުލަތުގެ ސަރަހައްދާއި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ ޒިންމާ އުފުލާން އޮތް ސަރުކާރުގެ އިދާރާތަކުން ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދޭކަމަށް މެމްބަރުން ވިދާޅުވެއެވެ.

އެ މައްސަލަ އަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ އެއީ ވަރަށް މުހިންމު މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް އިންޑިއާ ސިފައިން ވަތް ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަަމަށް މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާގެ އުޅަނދެއް ރާއްޖެ އައިސް ރާއްޖޭގައި ދިރާސާތަކެއް ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވާތީ މި ދަނޑިވަޅުގައި މިފަދަ ކަމެއް ހިނގުމަކީ އިއްތިފާގެއްތޯ މެމްބަރުން ސުވާލު އުފެއްދެވިއެވެ.

މެމްބަރުން ވަނީ ބޭރުގެ މިލިޓަރީ ބައެއް ދިވެހި މަސް ދޯންޏަކަށް އެރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ފާހަގަކުރައްވާފައެވެ، މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށާއި ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް