Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ޞަލާޙް، ލިވަޕޫލްގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފި

ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2024 | ބުދަ 01:05
ލިވަޕޫލްގެ ފަރިތަކުރުމުގައި ޞަލާޙު ބައިވެރި ވަނީ

ލިވަޕޫލްގެ ފަރިތަކުރުމުގައި ޞަލާޙު ބައިވެރި ވަނީ

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި، ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙު އެ ކުލަބުގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފި އެވެ.

މިޞްރުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޞަލާޙު އަށް އަނިޔާވީ، ދާދި ފަހުން ނިމުނު އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކުޅެނިކޮށެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި މިޞްރުން ގާނާއާ ދެކޮޅަށް ކުޅެނިކޮށް، ޞަލާޙު އަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާގެ ސަބަބުން، ޞަލާޙު އަށް ވަނީ މުބާރާތުގެ ބާކީ މެޗުތައް ގެއްލިފަ އެވެ. އެއާއެކު މިޞްރަށް ވެސް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

އޭގެ ފަހުން ލިވަޕޫލުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަަކަށް ޞަލާޙު ވަނީ ނިކުމެފަ އެވެ. ޞަލާޙު އަށް ލިބުނު އަނިޔާގެ ސަބަބުން ގާތް ގަނޑަކަށް، ހަތަރު ހަފްތާގެ މުއްދަތަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ވެސް އޮތީ ލަފާ ކޮށްފަ އެވެ. ބޭރުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަނިޔާގެ ފަހުން ޞަލާޙު ކުރިއަށް ގެންދިޔަ ރިކަވަރީގެ ކަންކަން ވަރަށް ކާމިޔާބެވެ. އެހެންކަމުން، ލިވަޕޫލުން ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާ ފަރިތަކުރުންތަކުގައި އޭނާ ޤަވާއިދުން ބައިވެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، އެންމެ އަވަހަށް ލިވަޕޫލުން ދެން ކުޅޭނެ މެޗުގައި އޭނާ ކުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް ޔަގީން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެފްރިކަން ކަޕަށް ޞަލާޙު ޤައުމީ ޓީމަށް ދޫކުރަން ޖެހުމުން، ލިވަޕޫލްގެ ކަންބޮޑުވުން އިންތިހާ އަށް އޮތެވެ. އޭގެ ފަހުން އޭނާ އަށް އަނިޔާވީއިރު، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. ނަމަވެސް، ޞަލާޙު ނެތި ވެސް ލިވަޕޫލުން ވަނީ އެ ޓީމުގެ ރަނގަޅު ނަތީޖާތައް ދަމަހައްޓައިފަ އެވެ. ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު