Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗޮކްލެޓް އަގުތައް މައްޗަށް ދިއުން

ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބި، ދުނިޔޭގެ ޗޮކްލެޓް ބާޒާރުގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށް!

ކޮކޯ ބީންސްއާއި އޭގެ އުފެއްދުންތައް ބޭނުންކޮށްގެން ޗޮކްލެޓް އެކި ބާވަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ނެރެމުންދާ ކުންފުނިތަކުގައި ހުރި ކޮކޯ ސްޓޮކްވެސް މިހާރު ދަނީ ހީނަރުވަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 09:31
ޗޮކްލެޓް އުފައްދަން ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ މައިގަނޑު ބާވަތަކީ ކޮކޯ ބީންސް

ޗޮކްލެޓް އުފައްދަން ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ މައިގަނޑު ބާވަތަކީ ކޮކޯ ބީންސް

8 ބިލިއަނަށް ވުރެ ގިނަ މީހުންގެ ޢާބާދީއެއް އޮތް އަދުގެ ދުނިޔޭގައި ޚިޔާލު ހޯދުމުގެ ސަރވޭއެއް ކުރިއަށް ގެންގޮސްފިނަމަ، ޗޮކްލެޓު ނުބައި ކަމަށް ބުނާނީ ނިސްބަތުން މަދު ޢަދަދެއްގެ ބަޔެކޭ ދެންނެވުމުން ގޯހެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ޗޮކްލެޓް ކެއުމަށް ލޯބި ނުކުރާ މީހުން މަދެވެ. ހާސް ކަމާއި ނުތަނަވަސްކަން ފިލުވާލުމަށްވެސް އެންމެ ގާތް އެއް އެކުވެރިއަކަށް ގިނަ ފަހަރު ވެފައި އޮންނަނީ ޗޮކްލެޓެކެވެ. ނަމަވެސް، މެދު މިންގަނޑުން ބޭރުވެއްޖެނަމަ، އެކަމުގައިވެސް ގެއްލުންތަކެއް އޮތްކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ޗޮކްލެޓް އުފައްދަން ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ މައިގަނޑު ބާވަތަކީ ކޮކޯ ބީންސްއެވެ. ކޮކޯ ބީންސް ނުވަތަ ކަކާއޯއަކީ، ތިއޮބްރޯމާ ކަކާއޯ ގަހުގެ އޮށެވެ. ކޮކޯ ބީންސްގެ އަސްލު ގުޅެނީ އެމޭޒަން ޖަންގައްޔާއެވެ. އެހެނެއް ކަމަކު މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ކޮކޯ ބީންސްއާއި ކޮކޯ ބީންސްގެ އުފެއްދުންތަކަކީ އޭގެ ޙަޤީޤީ ބާރު އެތައް ބަޔަކަށް ވަޒަން ނުކުރެވި އޮތް އެއްޗެކެވެ. 2024 ވަނަ އަހަރުގެ މިހާ ހިސާބަށް އާދެވުނުއިރު، ދުނިޔޭގެ ޗޮކްލެޓް ސިނާޢަތަކީ 127.9 ބިލިއަން ޑޮލަރުގެ އަގު ހުރި ވިޔަފާރިއެކެވެ. ނަމަވެސް، މިދިޔަ ހަފުތާއެއްހާ ދުވަސް ފާއިތުވެ ދިޔައީ ޗޮކްލެޓްގެ ސިނާޢީ ވިޔަފާރީގެ ދުނިޔޭގައި ހާސްކަމާއި ނުތަނަވަސްކަން އުފެދިފައި އޮތް ދުވަސްތަކެއްގެ ގޮތުގައެވެ.

ފެބުރުއަރީ 9 ވަނަ ދުވަހަކީ ދުނިޔޭގެ ބާޒާރުގައި ކޮކޯގެ އަގުތައް ރެކޯޑް މިންވަރަކަށް މަތީގައި އުޅޭތާ ވިދިވިދިގެން 9 ވަނައަށް ވީ ދުވަހެވެ. ކޮކޯ ބާޒާރުގައި ޝާމިލުވާ ފަރާތްތަކުގެ މެދުގައި ހާސްކަން އުފެދިފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަޕްލައިގެ ދަތިކަން ކުރެވިފައި ވާ އިރު، 4 ވަނަ މޫސުމަކަށް ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތަކަށް އެ ހީނަރުކަން ދިގުލައި ދިއުމުގެ ބިރުވެސް އިންތިހާއެވެ.

ދުނިޔޭގެ ބާޒާރުގައި ކޮކޯގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލިފައި އޮތް އޮތުމުގެ އަސަރު، ޗޮކްލެޓް ގަންނަ މީހުންގެ ޖީބުތަކަށް ނުކޮށް ނުދާނެ ކަން، ސިނާޢީ ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގެއެވެ. ކޮކޯ ބީންސްއާއި އޭގެ އުފެއްދުންތައް ބޭނުންކޮށްގެން ޗޮކްލެޓް އެކި ބާވަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ނެރެމުންދާ ކުންފުނިތަކުގައި ހުރި ކޮކޯ ސްޓޮކްވެސް މިހާރު ދަނީ ހީނަރުވަމުންނެވެ. ހެޔޮ އަގުގައި ގަނެފައި ހުރި ކޮކޯ ބީންސްތައް ހުސް ވަނީއެވެ.

ޗޮކްލެޓް ވިޔަފާރީގައި ފުންނާބު އުސް ހަރޝީޒް ކުންފުނިން ބުނި ގޮތުގައި، ރެކޯޑް މިންވަރަކަށް އުފުލިފައިވާ ކޮކޯ ބީންސްގެ އަގުތަކުގެ ސަބަބުން، އެ ކުންފުންޏަށް މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ ވިޔަފާރީގެ ކުރިއެރުން މަޑުޖެހޭނެއެވެ. ޗޮކްލެޓްގެ އަގު ބޮޑުވާ ވަރަކަށް، އެ އުފެއްދުމަކަށް އޮންނަ ޑިމާންޑްވެސް ދާނީ ދަށްވަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ކޮކޯ ބީންސްގެ ސަޕްލައި ހީނަރުވެގެން އުޅޭ އެންމެ ބޮޑު އެއް ސަބަބަކީ، ކަކާއޯ ގަހަށް އެކި ކަހަލަ ބަލިތައް ޖެހެމުން ދިއުމެވެ. ރަބޯބޭންކްގެ އެނަލިސްޓެއް ކަމަށް ވާ ޕޯލް ޖޫލްސް ކިޔައިދިން ގޮތުގައި، ކޮކޯ ބީންސް އުފެއްދުމުގެ މަސައްކަތުގެ އެންމެ ކުރީގައި އުޅޭ ދެކުނު އެފްރިކާ ސަރަޙައްދުގައި ހުރި ކަކާއޯ ގަސްތަކަށް ބަލިތައް ޖެހެމުން ދަނީ މި ފަހުގެ އަހަރުތަކުގައި ފެނިފައި ނުވާ މިންވަރަކަށެވެ. މިއިން ދުވަހަކުވެސް ޙާލަތު ގޯސްވެފައި ނުވާ މިންވަރަށް، ކަންކަން ވަނީ ގޯސްވެފައެވެ. ގަސްތައް ކަނޑާ، އައު ގަސްތައް އިންދާ، ހެއްދުން ނޫން އެހެން ގޮތެއް ނެތެވެ.

ކްރެސްކެޓް ކެޕިޓަލްގެ ޕާޓްނަރ އަދި މެކްރޯ ސްޓްރެޓެޖިސްޓް އޮޓާވިއޯ (ޓާވީ) ކޮސްޓާ ބުރާސްފަތި ދުވަހު ފާހަގަކުރި ގޮތުގައި، ކޮކޯގެ އަގު ބޮޑުވުމަކީ "އަނެއްކާވެސް އިންފްލޭޝަން މައްޗަށް ދިއުމުގެ ޒަމާނެއްގެ ފުރުޞަތު" އިތުރުކޮށްދޭ ކަމެކެވެ.

ދުނިޔޭގެ ބާޒާރުގައި ކޮކޯގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ބެންޗްމަރކް އައިސީއީ ލަންޑަން ކޮކޯގެ މެޓްރިކް ޓަނެއްގެ އަގު، ހުކުރު ދުވަހު ވަނީ 4916 ޕައުންޑަށް އުފުލިފައެވެ. އެއީ 2023 ވަނަ އަހަރުގެ ކުރީކޮޅާ އަޅާ ބަލާއިރު، 2 ގުނަ ބޮޑު އަގެކެވެ. ނިއުޔީކް ބެންޗްމަރކް އައިސީއީ ކޮކޯގެ އަގުތަކަށް ބަލާއިރު، ހުކުރު ދުވަހު ޓަނެއްގެ އަގު ވަނީ 6030 ޑޮލަރަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅާ އަޅާ ބަލާއިރު، ގާތްގަނޑަކަށް 2 ގުނަ ބޮޑު އަގެކެވެ.

ހުސްވި ހަފުތާގައި ރޮއިޓާޒްއިން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާއަށް ބަލާއިރު، 2023/2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ކޮކޯ ޑެފިސިޓް ނުވަތަ ސަޕްލައިއަށް ވުރެ ޑިމާންޑް އިތުރުވުމުގެ ފަރަޤު އުޅެނީ 375000 ޓަނުގައެވެ. އެއީ މީގެ ކުރިން، އޯގަސްޓް މަހު ކުރިއަށް ގެންދިޔަ ސަރވޭގެ ނަތީޖާއާ އަޅާ ބަލާއިރު، 2 ގުނައަށްވުރެވެސް އިތުރު މިންވަރެކެވެ. އަދި ކޮކޯ ބާޒާރު ޑެފިސިޓަކަށް ދިޔަ، ވިދިވިދިގެން 3 ވަނަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

28 ޖެނުއަރީ 2018
ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

ގަބޫލުކުރިއަސް ނުކުރިއަސް ޕްރިޔަންކާއަކީ ދުނިޔޭގެ އެއްވަނަ: ސުނީތާ

27 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!

04 ނޮވެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު