Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނަޝީ ޗޮކްލެޓްގެ ދާއިރާއަށް

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

ނަޝީ ޗޮކްލެޓް ފިހާރައެއް ހުޅުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 މާރިޗު 2021 | އާދީއްތަ 16:36
 އައިމިނަތު ނަޝީދާ އަބޫބަކުރު ''ނަޝީ'' ލޯންޗްކުރި ޗޮކްލެޓް ބޮކްސް ދައްކާލަނީ

އައިމިނަތު ނަޝީދާ އަބޫބަކުރު ''ނަޝީ'' ލޯންޗްކުރި ޗޮކްލެޓް ބޮކްސް ދައްކާލަނީ

''ނަޝީ ކޭކްސް'' އެއީ މުޅި ރާއްޖެއަށް މަޝްހޫރު ކޭކެވެ. އެހާ ބޮޑަށް މީހުންގެ މެދުގައި މިކޭކް މަޝްހޫރުވެގެންދިޔައީވެސް ސަބަބެއް ނެތިއެއް ނޫނެއެވެ. ރީތި ޑިޒައިންތަކާ އެއްވަރަށް ކޭކުގެ ރަހައަށްވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔައެވެ. ކޭކުގެ ދުނިޔޭގައި ނަޝީ ކޭކްސްގެ ވެރިޔާ އައިމިނަތު ނަޝީދާ އަބޫބަކުރު (ނަޝީ) ފިޔަޖަހަމުން ދާއިރު، އަނެއްކާ ވެސް މިވަނީ ވަރަށް އުފާވެރި ޚަބަރެއް ދީފައެވެ.

ނަޝީގެ އުފަން ދުވަހާ ގުޅިގެން މިވަނީ ''ނަޝީ ޗޮކްލެޓް'' ލޯންޗްކޮށްފައެވެ. ހަމަގައިމުވެސް މިއީ ނަޝީގެ ސަޕޯޓަރުންނަށް ލިބުނު ކުޑަ ސަޕްރައިޒަކަށް ނުވާނެއެވެ. އަދި ނަޝީގެ ކޭކްސް މީރު މީހުންނަށް ލިބުނު އިތުރު ހިތްހަމަ ޖެހުމެއްވެސް މެއެވެ. އެގޮތުން ނަޝީ މިވަނީ ޗޮކްލެޓް ހެދުމުގެ މަސައްކަތަށް ވަދެވުނު ގޮތް ރާއްޖެއެމްވީއަށް ހިއްސާކޮށް ވަރަށް އުންމީދީ މެސެޖްތަކެއްވެސް މިވަނީ ދީފައެވެ.

ނަޝީ ކިޔައިދިން ގޮތުގައި ޗޮކްލެޓް ހެދުމުގެ މަސައްކަތަށް ވަދެވުނީ ފިިރިމީހާ ދިން ހިޔާލެއްގެ ސަބަބުންނެވެ. 2019 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް ވަނުމަށް އޭނާ މަސައްކަތް ކުރިއެވެ. އެގޮތުން ދުބާއީ، ސިންގަޕޫރު އަދި ރަޝިޔާ މީހެއް ކައިރިން ޗޮކްލެޓް ހެދުމަށް ޚާއްސަ ކޯސްތަކެއް ވަނީ ހަދާފައެވެ. 2020 ވަނަ އަހަރު ''ނަޝީ ޗޮކްލެޓް'' ބާޒާރަށް ނެރުމަށް މަސައްކަތް ކުރި ނަމަވެސް ލަސްވެގެންދިޔައީ ކޮވިޑް-19ގެ ޕެންޑަމިކްއާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ނަޝީ ވަނީ ޗޮކްލެޓް ހެދުމަށްފަހު ކަސްޓަމަރުންނަށް ޗޮކްލެޓްގެ ރަހަ ދައްކާލާފައެވެ.

ނަޝީ ޗޮކްލެޓަކީ އެހެން ޗޮކްލެޓްތަކާ ވަރަށް ތަފާތު ޗޮކްލެޓެކެވެ. 12 ފްލޭވަރ ބޭނުންކޮށްގެ ޗޮކްލެޓްތައް ހަދާފައިވަނީ ޚާއްސަ ޑިޒައިންތަކެއް މައްޗަށެވެ. ޗޮކްލެޓްތައް ހަދާފައި ހުންނަ ޑިޒައިންތަކުން ހިތް ދަމައިގަންނައިރު ރަހަ ވެސް އެހާ މީރެއެވެ. ނަޝީ ކިޔައިދިން ގޮތުގައި މިއީ ވަރަށް ބުރަ މަސައްކަތެކެވެ. އަދި ވަރަށް ގިނަ ވަގުތުވެސް މި މަސައްކަތަށް އޭނާ ހޭދަކުރެއެވެ. މީގެ އިތުރުން ނަޝީ ވަނީ ''ނަޝީ ޗޮކްލެޓް ފިހާރަ'' އެއްވެސް ހުޅުވަން ނިންމާފައެވެ.

މިއީ ޚާއްސަ ހަފްލާތަކުގައި ހަދިޔާއެއް ގޮތުގައި ދެވޭނެ އެންމެ ރަނގަޅު އެއް ހަދިޔާއެވެ. ކޭކު ހެދުމުގެ ދާއިރާގައި 38 އަހަރު ހޭދަކޮށްފައިވާ ނަޝީގެ ވިސްނުން މިހާރު ކުރީ ކޭކުގެ އިތުރުން ޗޮކްލެޓް ހެދުމުގެ ދާއިރާއިން ދެވޭނެ އެންމެ ކުރިއަކަށްދާށެވެ.

ނަޝީގެ އުފަންދުވަހާ ދިމާކޮށް 12 ފްލޭވަރ އަދި 6 ފްލޭވަރ ހިމެނޭ ޗޮކްލެޓް ބޮކްސްއެއް ނެރިފައިވާއިރު، އޯޑަރ ކޮށްގެން އަދި ނަޝީ ކޭކްސް ފިހާރައިން ވެސް ޗޮކްލެޓް ލިބޭނެއެވެ. ކުރިއަށް އޮތްތަނުގައި އާއްމުންގެ ތަރުހީބަށް ބެލުމަށްފަހު އައު ފްލޭވަރތައް ނެރެމުންދާނެ ކަމަށް ނަޝީ ބުނެއެވެ.

ނަޝީ ފާހަގަކުރި ފަދައިން މިއީ އުދަނގޫ މަސައްކަތެއް ނަމަވެސް ކުރިމަގު އޮތް ދާއިރާއެކެވެ. މަސައްކަތްތެރި ޒުވާނުން މިއަދު މިދާއިރާއަށް ނުކުންނަން އެބަޖެހެއެވެ. ހުނަރުގެ ބޭނުން ހިފަންޖެހެއެވެ. އުފެއްދުންތެރިކަން އިތުރު ކުރިވަރަކުން ގައުމަށް ވެސް ގިނަ ކުރިއެރުންތަކެއް ލިބޭނެއެވެ. ނަޝީމެން ފަދަ މީހުންގެ ފަރާތުން މިސާލު މިއަދު ނަގަން ޖެހެއެވެ.

ޗޮކްލެޓްނަޝީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު