Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާންގެ ހަމަނުޖެހުން

ހަނގުރާމައިގެ 300 ދުވަސް: ސޫދާންގެ އެތައް ހާސް ކުދިންނެއް މަރުގެ ތުންފަތްމަތީގައި!

ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި، ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް) އާ ދެމެދުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 07:04
ސޫދާންގައި އޮތް 7.5 މިލިއަން ކުދިންގެ ޢާބާދީއަށް މިއަހަރު ބޭނުން ވާ އެހީގެ ގޮތުގައި 840 މިލިއަން ޑޮލަރު ހޯދުމަށް ޔުނިސެފުން ދަނީ މަސައްކަތް ކުރަމުން

ސޫދާންގައި އޮތް 7.5 މިލިއަން ކުދިންގެ ޢާބާދީއަށް މިއަހަރު ބޭނުން ވާ އެހީގެ ގޮތުގައި 840 މިލިއަން ޑޮލަރު ހޯދުމަށް ޔުނިސެފުން ދަނީ މަސައްކަތް ކުރަމުން

ނިރުބަވެރި އިޒްރޭލުން، ފަލަސްޠީނުގެ ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށުމާއެކު، ސޫދާންގައި އޭރުވެސް ހިންގަމުން ދިޔަ ހަމަނުޖެހުންތަކުގެ މަތީން، ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނދާން ނެތުނު ކަހަލައެވެ. 10 މަހަށް ދިގުލައި ގޮސްފައި ވާ ހަނގުރާމާއެއްގައި ސޫދާންގައިވެސް ޙާލުގައި ޖެހިފައި ތިބީ ހަމަ އިންސާނުންނެވެ. މުސްލިމު އަޚުންނާއި އުޚުތުންނެވެ. އަންހެނުންނާ ކުޑަކުދިންނެވެ. މިފަދަ ގޮތަކަށް ކަން އޮތް އިރު، ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ތެރޭގައި، ސޫދާންގެ 7 ލައްކައެއްހާ ކުދިންނަށް މެލްނިއުޓްރިޝަންގެ އެންމެ ނުރައްކާ، އެންމެ ވޭން ހުރި ތަކުލީފުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުޞަތު ބޮޑު ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ފެބުރުއަރީ 9 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ.

މެލްނިއުޓްރިޝަންއަކީ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދޭ ކާބޯތަކެތި ނުލިބުމުގެ ސަބަބުން މެދުވެރިވާ ޙާލަތެކެވެ. މެލްނިއުޓްރިޝަންގެ އެންމެ ވޭން ހުރި ތަކުލީފުތަކުގެ ނުރައްކަލަށް، ސޫދާންއިން 7 ލައްކަ ކުދިން ހުށަހެޅިފައި އޮތް އިރު، އޭގެ ތެރެއިން އެތައް ހާސް ކުދިންނެއް އެ ވޭނުގައި މި ދުނިޔެއާ ވަކިވެދިއުން އެކަށީގެން ވާ ކަމުގެ އިންޒާރުވެސް ޔުނިސެފުން ވަނީ ދީފައެވެ.

ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ޤައުމުގެ އަސްކަރިއްޔާއާއި، ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް) އާ ދެމެދުގައެވެ. އެވެ. ޤައުމުގެ އެތެރެއާ ބޭރުގައި އެތައް ރެފިއުޖީންނެކެވެ.

މެލްނިއުޓްރިޝަންގެ އެންމެ ނުރައްކާ ވައްތަރަކީ ސިވިއަރ އެކިއުޓް މެލްނިއުޓްރިޝަންއެވެ. ޔުނިސެފްގެ ތަރުޖަމާނު، ޖޭމްސް އެލްޑަރ ވިދާޅުވި ގޮތުގައި، އެ ޙާލަތަށް ކުއްޖާ ދިއުމުން، ކޮލެރެއާއި މެލޭރިއާ ފަދަ ބަލިތަކުގައި މަރުވެދިއުމުގެ ފުރުޞަތު 10 ގުނަ އިތުރު ވާ ކަމަށެވެ. ސިވިއަރ އެކިއުޓް މެލްނިއުޓްރިޝަންގެ ނުރައްކާ، 7 ލައްކަ ކުދިންނަށް އޮތް އިރު، 3.5 މިލިއަން ކުއްޖަކު އެކިއުޓް މެލްނިއުޓްރިޝަންގެ ތަކުލީފުތައް އުފުލާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެލްޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ޔުނިސެފުން މިހާރުވެސް ދަނީ ސޫދާންގައި ތިބި 5 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން، "ރެޑީ-ޓު-ޔޫޒް-ތެރަޕިއުޓިކް-ފުޑް" ފޯރުކޮށްދެމުންނެވެ. އެ ޕެކޭޖުގެ އެހީގައި، އެތައް ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބެއެވެ.

ސޫދާންގައި އޮތް 7.5 މިލިއަން ކުދިންގެ ޢާބާދީއަށް މިއަހަރު ބޭނުން ވާ އެހީގެ ގޮތުގައި 840 މިލިއަން ޑޮލަރު ހޯދުމަށް ޔުނިސެފުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މީގެ ކުރިން ގޮވާލި އެފަދަ ގޮވާލުންތަކަށް އެދެވޭ އިޖާބައެއް ނުލިބޭ ކަން، އެލްޑަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ފެބުރުއަރީ 7 ވަނަ ދުވަހު، އދގެ މައި އިދާރާއިންވެސް ވަނީ ސޫދާން ހަނގުރާމާގައި ބެދިފައި ވާ ޢާންމުންގެ މަތިން ހަނދާން ނައްތާ ނުލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ. ސޫދާންގައި ތިބި މީހުންނާއި، ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް ކައިރި ޤައުމުތަކަށް ބަދަލުވި މީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް، 4.1 ބިލިއަން ޑޮލަރު ހޯދުމަށްވެސް އދއިން ވަނީ ގޮވާލާފައެވެ.

އދގެ ރެކޯޑްތައް ދައްކާ ގޮތުން، ސޫދާންގެ ޢާބާދީގެ 2 ބައިކުޅަ 1 ބައި، ނުވަތަ ގާތްގަނޑަކަށް 25 މިލިއަނެއްހާ މީހުންނަކީ އިންސާނީ އެހީއާއި، ޙިމާޔަތާއި، ރައްކާތެރިކަން ބޭނުން ވެފައި ތިބި މީހުންނެވެ. 1.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗާޑް، މިޞްރު، އިތިއޮޕިއާ އަދި ދެކުނު ސޫދާން ފަދަ އަވަށްޓެރި ޤައުމުތަކަށް، ރެފިއުޖީންގެ ގޮތުގައި ބަދަލުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު