Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީ ދޫކޮށްލަން އުޅޭ ވާހަކަތައް ފެނާންޑޭޒް ދޮގު ކޮށްފި

ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާތީ، ފެނާންޑޭޒް އަންނަނީ ޗެލްސީ ދޫކޮށްލުމުގެ ވިސްނުން ގެންގުޅެމުން ކަމަށް ވަނީ ރިޕޯޓު ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ފެބުރުއަރީ 2024 | ބުދަ 01:08
ޗެލްސީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް

ޗެލްސީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް

ޗެލްސީ ދޫކޮށް، އެހެން ކުލަބަކަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ އެންޒޯ ފެނާންޑޭޒް ބުނެފި އެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ސީޒަންގައި ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާތީ، ފެނާންޑޭޒް އަންނަނީ ޗެލްސީ ދޫކޮށްލުމުގެ ވިސްނުން ގެންގުޅެމުންނެވެ. ހަމައެހެންމެ، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކާއި، ސްޕެއިންގެ ކުލަބުތަކުން ގެންގުޅޭ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެހެން ނަމަވެސް، ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ފެނާންޑޭޒް ބުނީ، ޗެލްސީގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން އަދި އުފަލުން ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުން ކަމަށާއި، މަސައްކަތް ކުރަމުން ދަނީ އެކަން ހާސިލު ކުރަން ކަމަށް ވެސް ފެނާންޑޭޒް ބުންޏެވެ.

އިތުރަށް ފެނާންޑޭޒް ބުނީ އޭނާ ޗެލްސީ ދޫކޮށްލަން އުޅޭ ކަމަށް ބުނާ ވާހަކަތައް ދަައުރުވާން ފެށީ ކީއްވެކަން ނޭނގޭ ކަމަށެވެ. ނަމަވެސް މީޑިއާތަކާއި، ސޯޝަލް މީޑިއާ ގައި އަބަދު ވެސް އެކި އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުން ދާނެ ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަަގަކޮށް އޭނާ ބުނީ، އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެކަމުގައި އެއްވެސް ޙަގީގަތެއް ނެތް ކަމަށެވެ.

ބެންފީކާ ދޫކޮށް، ފެނާންޑޭޒް ޗެލްސީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ވެސް ދިގު މުއްދަތެއްގެ އެއްބަސްވުމެއްގަ އެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 52 މެޗުގައި ހަތް ލަނޑު ޖަހައިފަ އެވެ. ޗެލްސީން އޭނާ ހޯދީ، އޭގެ ކުރީ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއެކު ފެނާންޑޭޒް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު