Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އުދިނޭޒީން، ޔުވެންޓަސް ބަލިކޮށްފި

މިހާތަނަށް ކުޅުނު 24 މެޗުން 52 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ދެ ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 05:46
ޔުވެންޓަސް އާއި އުދިނޭޒީ ކުޅުނު މެޗުގެ ތެރެއިން

ޔުވެންޓަސް އާއި އުދިނޭޒީ ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވެއްޖެ އެވެ.

ލީގުގައި ހޯމަ ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 1-0 އިންނެވެ. މި ސީޒަންގައި ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ބައްޔާއެކު ޔުވެންޓަސް އަށް ވަނީ ދެ ވަނައިގައި އޮތުމަށް ދައްޗާ ކުރިމަތިލާން ޖެހިފަ އެވެ.

ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން އުދިނޭޒީ މޮޅުވީ، މެޗުގެ 25 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. އިޓާލިއަން ލީގު ތާވަލްގެ 15 ވަނައިގައި އޮތް އުދިނޭޒީން ލީޑު ނެގީ ޑިފެންޑަރު ލައުޓާރޯ ޖިއަނެއްޓީ ޖެހި ލަނޑުންނެވެ. މެޗުގައި ނަތީޖާ ހަމަހަމަކޮށް، ލީޑު ނެގުމުގެ ފުރުސަތު ޔުވެންޓަސް އަށް ލިބުނު ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މިހާތަނަށް ކުޅުނު 24 މެޗުން 52 ޕޮއިންޓާއެކު ޔުވެންޓަސް އޮތީ ދެ ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އޭސީ މިލާނަށް ލިބެނީ 52 ޕޮއިންޓެވެ. އެ ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި އިންޓަ މިލާނަށް ލިބެނީ 60 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
16 އެޕްރީލު 2017

ޔުވެންޓަސް ލީޑްފުޅާ ކޮށްފި

16 އެޕްރީލު 2017
ޔުވެންޓަސް ލީޑްފުޅާ ކޮށްފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު