Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރްއެމް އުވާލުން

އެމްއާރްއެމް އުވާލުން: އިލެކްޝަންގެ ނިންމުން ގޯސްކަމަށް ނިންމައި، އެމްއާރްއެމްއަށް 50،000 ރުފިޔާ ދިނުމަށް ޙުކުމްކޮށްފި

13 ފެބުރުއަރީ 2024 | އަންގާރަ 01:00

އެމްއާރްއެމްއަށް 50،000 ރުފިޔާ ދިނުމަށް ޙުކުމް ކުރީ، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެމްއާރްއެމް އިން ކުރި ޚަރަދަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 13 ފެބުރުއަރީ 2024 | އަންގާރަ 01:00
އެމްއާރްއެމްގެ މެންބަރުންތަކެއް

އެމްއާރްއެމްގެ މެންބަރުންތަކެއް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމަކީ، ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ ނިންމުން ނިންމާފައިވާކަން އެ ޕާޓީއަށް އީސީން އަންގާފައިވަނީ މިދިޔަ އަހަރުގެ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ.

އެއާއެކު، އެމްއާރްއެމް އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އީސީން އެ ޕާޓީ އުވާލަން ނިންމި ނިންމުމަކީ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުންތަކެއް ކަނޑައެޅުމުގެ އިތުރުން، އެމްއާރްއެމް އުވާލުވަމަށް އީސިން ނިންމި، އެ ޕާޓީގެ ދަފްތަރުގައި 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ނިންމި ނިންނުމަކީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ)ގެ އިތުރުން، އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ބާތިލް ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

އެގޮތުން އެ މައްސަލަގައި ކޯޓުން ކުރި ޙުކުމުގައި ބުނީ، އެމްއާރްއެމްއަށް ތިން މަސް ދުވަހުގެ ނޯޓިސް މުއްދަތެއް ދިނީ، އެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން އެމްއާރްއެމްއަށް މިދިޔަ އަހަރުގެ ފެބްރުވަރީމަހުގެ ތެރޭގައި ނޯޓިސް ފޮނުވިއިރު، އެ ޕާޓީގެ ދަފްތަރުގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނި ކަމަށްވާއިރު، އީސީއަށް ޕްރޮސެސް ނުކުރެވޭ ފޯމުތަކެއް ހުރިކަން ނޯޓިހުން އެނގެން ނެތް ކަމަށް އެ ޙުކުމުގައި ބުންޏެވެ.

އަދި ތިން މަހުގެ މުއްދަތު ދިން އިރު ވެސް، އީސީއަށް ހުށަހެޅި ބައެއް ފޯމުތައް ޕްރޮސެސްކުރުމުގައި އެކަށޭނަ މިންވަރެއްގެ ލަސްކަމެއް ހިމެނޭކަން އެ މައްސަލައިން ފާހަގަ ކުރެވޭ ކަމަށް ކޯޓުގެ ޙުކުމުގައި ވެއެވެ.

އަދި ޤާނޫނު އަސާސީގެ (ހ) އަދި(ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަން ކުރެވުމަކީ އެމީހަކަށް ލިބިގެންވާ ދުސްތޫރީ ހައްގެއް ކަމަށް ވުމާއެކު، އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެމްއާރުއެމް އުވާލުމުގެ އިތުރުން، ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި މިދިޔަ އަހަރުގެ މޭއި މަހުގެ 25ގައި އެ ޕާޓީއަށް އެންގި އެންގުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ޙުކުމުގައި ބުންޏެވެ.

އަދި ހަމައެހެންމެ، މި މައްސަލައިގެ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެމްއާރްއެމް އިން ޚަރަދުކުރި 50،000 ރުފިޔާ އެ ޕާޓީއަށް ދެއްކުމަށް، ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ޙަވާލުކުރުމަށް އީސީގެ މައްޗަށް އެ ޙުކުމުގައި އަމުރުކޮށްފައިވެއެވެ.

އެމްއާރްއެމް އުވާލައި، ސިޔާސީ ހަރަކާތްތައް ހުއްޓާލުމަށް އެދި އީސީން ނިންމި ނިންމުމަކI ޤާނޫނާ ޚިލާފް ނިންމުމެއް ކަމަށް ސިވިލް ކޯޓުން ނިންމާފައިވާއިރު، އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅެންދެން، އީސީގެ ނިންމުމަށް އަމަލުކުރަން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެ ޕާޓީން އެދިފައިވެއެވެ. އަދި އެ އަމުރު އެ ކޯޓުން މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ނެރުނެވެ.

އަދި އެއާއެކު، އެ ކޯޓުގެ އެ އަމުރު މުރާޖައާކޮށްދިނުމަށް އީސީގެ ފަރާތުން އެދުުނު ނަމަވެސް، އެ އަމުރު މުރާޖައާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ކަނޑައެޅިއެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އަދި ދަރިކަލުން ފާރިސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދަރިކަލުން ފާރިސްއެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ

01 މެއި 2017
ގާސިމް ބަންދު ކުރި މައްސަލައާ މެދު ގޮތެއް ނިންމުން މާދަމާ
30 އެޕްރީލު 2017

ޤާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުން ފަހުގެ ތާރީޚަކަށް!

30 އެޕްރީލު 2017
ޤާސިމްގެ ބަންދާއިމެދު ގޮތެއް ނިންމުން ފަހުގެ ތާރީޚަކަށް!
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
29 މާރިޗު 2017

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް