Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަލަކްދިކްލާޖާ ޝޯ

"ޖަލަކްދިކްލާޖާ" ޝޯ ގެ ސީޒަން 10 އެއްގެ ޖަޖަކަށް މިފަހަރު ސްރީދޭވީ

ޖަލަކްދިކްލާޖާގެ ސީޒަން 10 ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރު މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އޯގަސްޓު 2017 | އަންގާރަ 12:19
ސްރީދޭވީ

ސްރީދޭވީ

"ޖަލަކްދިކްލާޖާ" ޝޯ ގެ ސީޒަން 10 އެއްގެ ޖަޖަކަށް މިފަހަރު ސްރީދޭވީ ކަޕޫރް ހަމަޖައްސާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

ސްރީދޭވިއަކީ އަށްޑިހައިގެ އަހަރުތަކުގައި ފިޔަޖަހާލި، އެންމެންގެ ލޯބިލިބުނު މޮޅު އަންހެން އެކްޓަރެކެވެ. ސްރީދޭވީ ވަނީ އިންޑިއާގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ހިންމަތްވާލާ"، "ސަދްމާ" އަދި "ޖުދާއީ" ގައި އެކްޓް ކޮށްފައެވެ.

"ޖަލަކްދިކްލާޖާ" އަކީ މިހާތަނަށް އިންޑިއާގައި ވަރަށް މަޤުބޫލް ޝޯއެކެވެ. ނަމަވެސް "ޖަލަކްދިކްލާޖާގެ އެންމެ ފަހުގެ ޝޯ ވެގެންދިޔައީ އިންޑިއާގެ ބެލުންތެރިންނަށް އެހާ މަޤުބޫލް ޝޯއަކަށް ނޫނެވެ. 6 މަހަށް ކުރިއަށްގެންދިޔަ "ޖަލަކްދިކްލާޖާގެ ޝޯ އެއްކޮށް ހުއްޓާލައިފާނެ ކަމަށްވެސް އަޑުތަކެއް ފެތުރިފައިވަނިކޮށް "ޖަލަކްދިކްލާޖާ" ޝޯގެ ސީޒަން 10 އެއް ފައްޓާނެކަމަށް އިންޑިއާގެ ނޫސްތަކާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެއެވެ.

"ޖަލަކްދިކްލާޖާ"ގައި ތަފާތު އެކި މަޝްހޫރު ބޮލީވުޑް އެކްޓަރުންވަނީ ޖަޖުކަން ކޮށްފައެވެ. ޖަޖުކަން ކޮށްފައިވާ ބޮލީވުޑް އެކްޓާރުންނަށް ބަލާއިރު މާދޫރީ ދިކްޝިތްއާއި ޝާހިދު ކަޕޫރުއާއި ޖޫހީ ޗާވްލާ ހިމެނެއެވެ.

"ޖަލަކްދިކްލާޖާ" ސީޒަން 10 އެއްގައި ސްރީދޭވީގެ އިތުރުން މަޝްހޫރު ބޮލީވުޑް އެކްޓަރެއް ކަމަށްވާ ގޯވިންދާ އާއި މަލައިކާ އަރޯރާ ޖަޖުކަން ކުރަންވަނީ ހަމަޖެހިފައެވެ.

"ޖަލަކްދިކްލާޖާ" ސީޒަން 9 ގައި ޖަޖުކަން ކޮށްފައި ވަނީ ކަރަން ޖޮހަރްއާއި ފަރާ ޙަންއާއި ޖެކޮލިން ފެނާންޑޭޒް އަދި ގަނޭޝްއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
08 މާރިޗު 2017

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު