Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެމް ޓީވީ ލަވް ސްކޫލް

އެމް ޓީވީ ލަވް ސްކޫލް ސީޒަން 2 ގެ ނަސީބުވެރިން އިޢުލާންކޮށްފި

ޝޯގައި ބައިވެރިވި ހިސާބުން އެމީހުންގެ ގުޅުންވަނީ އިތުރަށް ބަދަހިވެގެން ގޮސްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 14:28
ދެ ލޯބިވެރިންކަމަށްވާ ޕަޝާ ޑޯލް އަދި ކެމްރާޖް ބަރްދް(ޒަޔާ)

ދެ ލޯބިވެރިންކަމަށްވާ ޕަޝާ ޑޯލް އަދި ކެމްރާޖް ބަރްދް(ޒަޔާ)

މިދިޔަ ހޮނިހިރު ދުވަހު އިޢުލާން ކޮށްފައިވާ އެމް ޓީވީ ލަވް ސްކޫލް ސީޒަން ދޭއް ގެ ނަސީބުވެރިންނަކީ ދިއްލީއަށް ނިސްބަތްވާ ދެ ލޯބިވެރިންކަމަށްވާ ޕަޝާ ޑޯލް އަދި ކެމްރާޖް ބަރްދް ވަޖްއެވެ.

ލަވް ގުރޫޒްގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ އެކްޓަރުންކަމަށްވާ ކަރަން ކުންޑްރާ އަދި އަނުޝާ ދަންދެކަރް ހުށަހަޅާދީފައިވާ މި ޝޯގައި މައިގަނޑުގޮތެއްގައި ފެނިގެން ގޮސްފައިވަނީ 10 ލޯބިވެރިން އެކަކު އަނެކަކު މެދުގައިވާ ޖެހިފައިވާ މައްސަލަތައް ހައްލުކޮށް އެމީހުންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ ތަފާތު އެކި ކަހަލަ ކަންކަމެވެ.

ޝޯވގެ ނަސީބުވެރިއެއް ކަމުގައިވާ ޕަޝާ ބުނެފައިވާ ގޮތުގައި ޝޯވ ފެށުމުގެ ކުރިން އޭނާއާއި ކެމްރާޖްއާއި ދެމެދު ތަފާތު މައްސަލަތައް އުފެދިފައިވި ކަމުގައިވިޔަސް ޝޯގައި ބައިވެރިވި ހިސާބުން އެމީހުންގެ ގުޅުންވަނީ ބަދަހިވެގެން ގޮސްފައެވެ.

ޕަޝާ އިތުރަށް ބުނެފައިވަނީ ލަވް ސްކޫލްގައި އެމީހުން ހޭދަކުރި ދުވަސްކޮޅުން އޭނާއަށް އެނގިގެން ދިޔައީ ކެމްރާޖް އަކީ އޭނާއަށް އެންމެ އެކަށޭނެ ބައިވެރިޔާކަމަށާއި އެފަދަ ދެވަނަ ބައިވެރިޔަކު ދެން އޭނާއަށް ނުލިބޭނެ ކަމަށެވެ.

މި ކާމިޔާބީއާ ބެހޭގޮތުން ވާހަކަދައްކަމުން ކެމްރާޖް ބުނެފައިވަނީ މިހާރު އޭނާ ހުރީ ވަރަށް އުފަލުންކަމަށާއި ޕަޝާއަކީ އޭނާގެ ހިތްހަމަޖެހުންކަމަށެވެ. މި ދެ ލޯބިވެރިންނަކީ ތަފާތު ދެ ޤައުމަކަށް ނިސްބަތްވާ ދެ މީހުން ކަމަށްވުމުން، ގިނަ މީހުންގެ ނަޒަރުގައި އެ މީހުންނަށް ޝޯވ ކާމިޔާބު ނުކުރެވޭނެހެން ހީވި ކަމުގައިވިޔަސް އެދެ ބައިވެރިން މިއަދު އެވަނީ އުފަލާއި ހިތްހަމަޖެހުމާއި އެކު އެ ޝޯވ ކާމިޔާބުކޮށްފައި ކަމަށް ވެސް ކެމްރާޖް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުބުނެ ޓީވީ ޕްރޮގްރާމަކަށް އެރުމުން ލައިވް ޓީވީގައި ވަރިކޮށްފި

ނުބުނެ ޓީވީ ޕްރޮގްރާމަކަށް އެރުމުން ލައިވް ޓީވީގައި ވަރިކޮށްފި

02 މެއި 2017
ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

19 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު