Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ޔޫޕީއައި ޚިދުމަތް

އިންޑިއާގެ ޔޫޕީއައި ޕޭމަންޓްގެ ހިދުމަތް ލަންކާގައި ތައާރަފްކޮށްފި

12 ފެބުރުއަރީ 2024 | ހޯމަ 10:43

މި ޚިދުމަތް ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ފުޅާކުރަން ވަނީ އިންޑިއާއިން ވިސްނާފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 12 ފެބުރުއަރީ 2024 | ހޯމަ 10:43
އިންޑިއާގެ ޔޫޕީއައި ސިސްޓަމް ލަންކާއާއި މޮރިޝަސްގައި ލޯންޗްކުރުން

އިންޑިއާގެ ޔޫޕީއައި ސިސްޓަމް ލަންކާއާއި މޮރިޝަސްގައި ލޯންޗްކުރުން

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ މުއާމަލާތްތައް، ލަންކަންކިއުއާރް މެދުވެރިކޮށް ސްރީލަންކާއަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ހޯމަ ދުވަހު މިޚިދުމަތް ވާޗުއަލް އިވެންޓެއްގައި ތަޢާރަފްކޮށްފައިވާއިރު، ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމްގެ އަމާޒަކީ ސްރީލަންކާގައި ތިބި އިންޑިއާގެ ޓޫރިސްޓުންނަށް ޑިޖިޓަލް ޕޭމަންޓް އިތުރުކުރުންކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

Advertisement - worldAdvertisement

އިންޑިއާގެ އިންސްޓަންޓް ޕޭމަންޓް ޓެކްނޮލޮޖީ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ސްރީލަންކާގެ އިތުރުން މޮރިޝަސްގައިވެސް ހަމަ އެ އިވެންޓްގައި އެއްފަހަރާ އިފްތިތާހުކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތުގެ ވާޗުއަލް ކޮށެވެ.

ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާއި ލަންކަންޕޭ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ މި އިނީޝިއޭޓިވްގެ އަމާޒަކީ ހަލުވިކަމާއެކު މި ޚިދުމަތް ފުޅާކުރުން ކަމަށާއި، މި ޕްރޮގްރާމް ތައާރަފްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 10،000 މާޗަންޓުން ޔޫޕީއައި ޕޭމަންޓް ބަލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި 2024 ވަނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މި އަދަދު 65،000 އަށް އަރާނެ ކަމަށާއި، މިކަމުގެ ސަބަބުން ލަންކާއާއި މޮރިޝަސްގައި ތިބޭ އިންޑިއާގެ ފަތުރުވެރިންނަށް ފައިސާ ދެއްކޭނެ ހައްލެއް ލިބިގެންދާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަދި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ސްރީލަންކާ އާއި މޮރިޝަސްގައި ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ތައާރަފްކުރުމުގެ އިތުރުން ފެބްރުއަރީ 12 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މޮރިޝަސްގައި ރުޕޭ ކާޑުގެ ހިދުމަތް ވެސް ބައްލަވާލައްވާނެ ކަމަށެވެ.

ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެއް ކަމަށްވާ ޔޫޕީއައި އަކީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން އުފައްދާފައިވާ ސިސްޓަމެކެވެ.

ވިސާ ނުވަތަ މާސްޓާކާޑެއް ފަދައިން ރުޕޭ އަކީ ވެސް އިންޑިއާގެ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކަކަށް ވާއިރު، ފިހާރަތަކާއި އޭޓީއެމް އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ވެސް ގިނަ ބަޔަކު އެ ކާޑް ބަލައިގަނެއެވެ.

ސްރީލަންކާ އާއި މޮރިޝަސްގައި އިންޑިއާގެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ނިއު ދިއްލީއިން ދެ ގައުމާ އެކު އިގްތިސާދީ ގުޅުން ބަދަހިކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށްވާއިރު، އޭގެ ސަބަބުން ސްރީލަންކާ އާއި މޮރިޝަސްއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށާއި އިންޑިއާއަށް ދަތުރުކުރާ މޮރިޝަސްގެ ރައްޔިތުންނަށް ޔޫޕީއައި ސެޓްލްމަންޓް ގެ ހިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

24 ޖޫން 2017

އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!

24 ޖޫން 2017
އިންޑިއާގެ 25 މަސްވެރިން ލަންކާ ނޭވީން ހައްޔަރު ކުރުމާއެކު ޓެމިލްނާޑޫ ސަރުކާރު ރަތައް!
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް