Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުން

މިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ޝިޔާމްގެ ދިފާއު- "މިފްކޯގެ ޕްރޮޑަކްޓް ޕްރޮމޯޓްކުރުމަށް މެންބަރު ވަޑައިގަތަސް އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ"

12 ފެބުރުއަރީ 2024 | ހޯމަ 05:44

ފޮޓޯ އާއްމުކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު މިފަދަ 5 ޕޯސްޓެއް މިފްކޯއިން ވަނީ ޑިލީޓުކޮށްލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2024 | ހޯމަ 05:44
މިފްކޯއިން ޕީއެންސީގެ ކެންޑިޑޭޓުންނަށް ހަދިޔާކުރާ ބްރޭންޑް ފޮށިތައް

މިފްކޯއިން ޕީއެންސީގެ ކެންޑިޑޭޓުންނަށް ހަދިޔާކުރާ ބްރޭންޑް ފޮށިތައް

މިފްކޯއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓުކުރަނީ ނޫންކަމަށާއި އެއީ ޕްރޮޑަކްޓު ޕްރޮމޯޓްކުރުމަށް މެހެމާންދާރީ އަދާކުރަނީ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މަސް ގަންނަ އަގު ދަށްކުރުމަށް ސަރުކާރުން ނިންމާފައިވުމާ ގުޅޭ ގޮތުން ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރެވުމުން، އިތުރު ސުވާލުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ޔައުގޫބް ވަނީ މިފްކޯއިން ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓްކޮށް މަސްދަޅު ބަހަމުންދަނީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފްކޯ އަށް މެންބަރު ޔައުގޫބު ވަޑައިގަތަސް، މިފްކޯގެ ޕްރޮޑަކްޓު ޕްރޮމޯޓްކުރުމަށްޓަކައި ހަމަ އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު މިފްކޯ އިން ވަނީ ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންތަކަކަށް މަރުހަބާ ކިޔުމުގެ ގޮތުން "ފަސްމީރު" ބްރޭންޑުގެ އެކި ބާވަތުގެ މަސްދަޅާއި އެ ބްރޭންޑުގެ އެކި އުފެއްދުންތައް ހިމަނާފައިވާ ފޮއްޓެއް ހަދިޔާކޮށްފައެވެ. އަދި މި ފޮށި ހަދިޔާކުރާ މަންޒަރު ފެންނަ ފޮޓޯ ވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މި ކަމަށް އާއްމުންގެ ފާޑުކިޔުން ރައްދުވުމުން މިފްކޯ އިން ވަނީ އެ މަންޒަރުތައް ޑިލީޓްކޮށްފައެވެ. މީގެ ކުރިން މި ތުހުމަތުތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް