Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސުޕްރީމު ކޯޓުގެ ނިންމުމަށް އަމަލުނުކުރަން ނިންމީ އެ ނިންމުމަށް ގޮންޖަހާކަށް ނޫން: ރާއީ

12 ފެބުރުއަރީ 2024 | ހޯމަ 00:52

މަޖިލީހުގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރާނެކަން އިއުލާންކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 12 ފެބުރުއަރީ 2024 | ހޯމަ 00:52
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނެވުނު ބަދަލާ ގުޅިގެން ސުޕްރީމު ކޯޓުން ކުރި ވަގުތީ ޙުކުމަށް އަމަލު ނުކުރަން ނިންމެވީ، އެ ކޯޓުގެ ޙުކުމަށް ގޮންޖެހުމަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ދެކޮޅަށް ވަކާލާތު ކުރީ ހަމައެކަނީ އެމްޑީޕީގެ މެންބަރުންނެއް ނޫން ކަމަށާއި، އެ ނިންމެވުމާ ދެކޮޅަށް މަޖިލީހުގެ ޖުމްލަކޮށް ގިނަ މެންބަރުން ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކުރެއްވި ކަމަށެވެ.

ރާއީ ވިދާޅުވީ މަޖިލީހަކީ މުޅިން މިނިވަން މުއައްސަސާއެއް ކަމަށާއި، މަޖިލިސް ހިނގަމުން ދަނީ މަޖިލީހުގެ ގަވާއިދު ކޮމެޓީން ނިންމައި، ފާސްކޮށް އަދި އެއަށް އަމަލުކުރަން ފަށާފައި އޮތް ކަމެއްގެ މައްޗަށް ކަމަށެވެ.

އެގޮތުން ރާއީ ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް ޖަލްސާގައި އިންނެވި ނަމަވެސް، އެމްޑީޕީގެ މެންބަރުންގެ އިތުރުން، އަމިއްލަ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ވެސް، ނިޒާމީ ނުކުތާ ނަންގަވައިގެން އެކަން އެގޮތަށް ނުކުރެވޭނެ ކަން ވަރަށް ސާފުކޮށް ވިދާޅުވެދެއްވި ކަމަށެވެ.

ރާއީ ވިދާޅުވި ގޮތުގައި އޭގެ އެއް ސަބަބަކީ އެ މައްސަލައަކީ ސުޕްރީމު ކޯޓުން ބަލަމުންދާ މައްސަލައަކަށް ވުމާއެކު، އެ މައްސަލައަކީ އަދި ނިމިފައި ނެތް މައްސަލައަކަށް ވުމެވެ.

އަދި ދެވަނަ ސަބަބަކަށް ރާއީ ވިދާޅުވީ، ސުޕްރީމު ކޯޓަށް އެ މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ޤާނޫނީ ލަފާ އަރުވާފައިވަނީ މަޖިލީހުން ރުހުން ނުދޭން ނިންމަވާފައި ހުންނެވި އަޙްމަދު އުޝާމް ކަމަށް ވުމާއެކު ވެސް، އެކަމަކީ ވެސް މައްސަލަ ޖެހޭ އެއް ކަމަށް ވުމެވެ.

ރާއީ އެފަދައިން ވިދާޅުވިއިރު، މަޖިލީހުގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް އަމަލު ނުކުރާނެކަން އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އިއުލާންކުރައްވާފައެވެ.

އެގޮތުން އަސްލަމް އެހެން ވިދާޅުވެފައިވަނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް މަޖިލީހަށް ހުށަހެޅުނު އިސްލާހު ފާސްކުރުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެވެ.

45 މެންބަރުންގެ ވޯޓުން ފާސްކުރެއްވި އެ އިސްލާހަށް ފަހު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޖުމްލަ އަދަދު އޭގެ ފަހުން ގުނާނީ ފާސްކުރެވުނު އިސްލާހުގައި އޮތް ގޮތަށް ކަމަށާއި، އެހެންކަމުން މިވަގުތަށް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 80 ކަމަށެވެ.

މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާއިރު، ހަތް މެންބަރަކު ވަޒީރުކަމަށް ވަޑައިގަތުމާއެކު، އެ ހަތް ގޮނޑި ހުސްވިއެވެ. އެ ހަތް ދާއިރާއަށް އަލުން ބޭފުޅުން އައްޔަނުކުރަން ނިންމީ، ގާނޫނުގައި ބުނާ ފަދަ މުއްދަތެއް ނެތުމާއެކު އިލެކްޝަންސް ކޮމިޝަނުންނެވެ. އެގޮތުން މި ދައުރު ނިމި، އައު ދައުރަށް އިންތިހާބުކުރުމަށް ބޭއްވޭ އިންތިހާބު މި އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް