Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާ ލެވަކޫސަން

ފެނުނީ ކުޅުންތެރިން މެޗަށް ތައްޔާރުވެފައި ތިބި މިންވަރު: އަލޮންސޯ

މުޅި މެޗުގައި ވެސް އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ، ބަޔާންގެ މައްޗަށް ފުރިހަމަ އަށް ކޮންޓްރޯލް ނަގައިގެން އޮތް މަންޒަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ފެބުރުއަރީ 2024 | ހޯމަ 00:44
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުންް ފެނުނީ، އެ މެޗަށް ކުޅުންތެރިން ތައްޔާރުވެފައި ތިބި މިންވަރު ކަމަށް، ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލެވަކޫސަން ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ސީޒަންގައި މިހާތަނަށް އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، ލެވަކޫސަން އަކީ ލީގު ހޯދާނެ ކަމަށް ބެލެވޭ ޓީމެވެ.

ބަޔާން މެޗުގެ ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. ޚާއްސަކޮށް މުޅި މެޗުގައި ވެސް އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ، ބަޔާންގެ މައްޗަށް ފުރިހަމަ އަށް ކޮންޓްރޯލް ނަގައިގެން އޮތް މަންޒަރު ކަމަށް ވެސް އަލޮންސޯ ބުންޏެވެ. އޭނާ ބުނީ، އެ މެޗަށް ކުޅުންތެރިން ވަރަށް ފުރިހަމަ އަށް ތައްޔާރުވި ކަމަށާއި، އެ މަންޒަރު ވެސް ފެނުން ކަމަށެވެ. އެހެންކަމުން، މިވަގުތަށް ހަމަޖެހުމެއް ލިބިއްޖެ ކަމަށާއި، ނަމަވެސް ދެން ކުރަން އޮތް މަސައްކަތް ބޮޑު ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ، ބަޔާނުން މެޗުގައި އެޓޭކުތަކެއް ކުރުމަށް މަސައްކަތް ކުރި ކަމަށާއި، ލެވަކޫސަންގެ ޑިފެންޑަރުންގެ ފަރާތުން ފެނުނީ ހުށިޔާރުވެ ތިބެ، އެކަން ހުއްޓުވި މަންޒަރު ކަމަށެވެ. އޭގެ އިތުރުން ލެވަކޫސަންގެ ކުރީގައި ތިބި ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ، ލިބެމުން އަންނަ ފުރުސަތުގެ ބޭނުން ހިފައި، ބަޔާނަށް ނުރައްކާ ކުރި މަންޒަރު ކަމަށް އޭނާ ބުންޏެވެ. އޭގެ ނަތީޖާ އަކީ، މުޅި މެޗުގެ ކޮންޓްރޯލް ލެވަކޫސަނަށް ނުގެއްލި އޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަލޮންސޯ ބުނީ ބަޔާން މެޗަށްފަހު، ދެން ތައްޔާރު ވާނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ. އެގޮތުން ލީގު ރޭސް އަދި ނުނިމޭ ކަމަށާއި، ފަހަށް ހުރި މެޗުތަކުގައި ވެސް އެ ކުޅުން ދައްކައިގެން، ނަތީޖާ ނެރުން މުހިންމު ކަމަށް އޭނާ ބުންޏެވެ. ލީގުގައި ލެވަކޫސަން އަށް ދެން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ރަށުން ބޭރުގައި ހެއިޑެންހެއިމާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު