Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

"އިންޑިޔާ އައުޓް" ސަރުކާރުގެ ކަރަށް މެހޭ މަޅިއަކަށް ވަނީބާ؟

އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސް ނެރުއްވި ގަރާރު އަދިވެސް އެގޮތުގައި އެބައޮތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2024 | އާދީއްތަ 03:01
އިންޑިޔާ އައުޓް ނަމުގައި މިސަރުކާރުން ކުރިން ދެއްކި ވާހަކަތަކުގެ ރާގު ވަނީ ބަދަލުވެފައި

އިންޑިޔާ އައުޓް ނަމުގައި މިސަރުކާރުން ކުރިން ދެއްކި ވާހަކަތަކުގެ ރާގު ވަނީ ބަދަލުވެފައި

މިސަރުކާރު ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ބޭނުންކުރި އެކައްޗަކީ "އިންޑިޔާ އައުޓް" ކެމްޕެއިނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ ފަސްގަނޑުން ވެލިފުކެއްވެސް ބޭރު ބަޔަކަށް ނުދިނުމަށާއި ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ފަރާތެއްގެ ބޫޓު ޖޯޑަކަށްވެސް މިފަސްގަނޑުން ޖާގަ ނެތްކަން ހާމަކުރުމަށް ހިންގި "ގައުމީ" ކެމްޕެއިނެކެވެ. މިކެމްޕެއިންގެ ތެރެއިން ދިވެހި ރައްޔިތުންނަށް ވިސްނިފައި އޮތީ އިންޑިޔާއިން މަސައްކަތްކުރަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސްއެޅުމަށް ކަމަށެވެ. ރާއްޖެއަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި އެންމެ ބޮޑަށް ވީ ވައުދަކީ ރާއްޖޭގައި ތިބިކަމަށް ބުނާ ހާހުން ގުނާލެވޭ އިންޑިޔާ ސިފައިންނާއި އަސްކަރީ ބޭސްތައް މިފަސްގަނޑުން ބޭލުމެވެ.

ކެމްޕެއިން ދުވަސްވަރު އަޑަށް ބާރުލާފައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ދިވެހި ފަސްގަނޑުގައި އަސްކަރީ ބޭސްތައް ހަދައިގެން ތިބިކަމަށް ދައްކަމުންދިޔައިރު އޭރު ސަރުކާރުގައި އޮތް އެމްޑީޕީން ގެންދިޔައީ އެއީ ދޮގެއްކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އިންޑިޔާ ސިފައިންނަށް ރާއްޖޭގެ ފަސްގަނޑުގައި ހަރަކާތްތެރިވުމުގެ ޖާގަ ލިބެނީ ދިވެހި ސަރުކާރުން ސޮއި އޮޅާފައިވާ ދެ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިޔާ ސިފައިން ހަރަކާތްތެރިވާތީއެވެ. ކެމްޕެއިން ދުވަސްވަރު ދެއްކި ވާހަކައަކީ މިތަކެތި ދުއްވުމުގެ ނަމުގައި އެތައް ހާސް އިންޑިޔާ ސިފައިންނެއް ރާއްޖެ އައިސް އަސްކަރީ ބޮޑެތި އޮޕަރޭޝަންތައް ހިންގާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރުއަރަމުންދާ ވާހަކައެވެ. އެހެންކަމުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ ކަމެއް އެމްޑީޕީން ކުރާތީ އެސަރުކާރަށް ދިވެހިން ނޫނެކޭ ބުނެ ވެރިކަމަށް ގެނައީ މިނިވަންކަމާއި ސިޔާސަދަތު ނަގަހައްޓައިދޭ ޕާޓީއެވެ.

ކޮންމެ އަކަސް ސަރުކާރު ބަދަލުވެއްޖެއެވެ. ރައީސް ކަމަށް ޑރ މުއިއްޒު ވަޑައިގެންފިއެވެ. ސަރުކާރު އައިތާ ތިން މަސްވަނީއެވެ. ހެލިކޮޕްޓަރުތަކާއި ޑޮނިއާ މަތިންދާބޯޓު މައްސަލައިގައި ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު އަންނަނީ ވާހަކަތައް ދެކެވެމުންނެވެ. ނަމަވެސް ވާހަކަތައް ދާ މިސްރާބަށް ބަލާއިރު މިއީ އަދި ކެމްޕެއިންގައި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ސިފަކޮށްދެއްވި ފަދަ ބިރުވެރި ރާއްޖޭގެ އަމަންއަމާން ކަމާއި ގުޅިފައިވާ ކަމެއްތޯ އާ މެދު ސުވާލު އުފެދޭނެ ޖާގަ ލިބެން ފަށައިފިއެވެ. އެންމެފަހުން މިހާރު ދެ ސަރުކާރުގެ ވާހަކަތައް ހުރިގޮތަށް ބަލާއިރު ދިވެހި ސަރުކާރުން އެއްބަސްވެފައިވަނީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ޔުނީފޯމު ނާޅައި، އިންޑިއާގެ މަދަނީ ބަޔަކު ތިބުމާމެދު ދިވެހި ސަރުކާރުގެ މައްސަލައެއް ނެތްކަމަށެވެ.

ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތަށްވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުން ގެންދަވާކަމަށެވެ. އެމަސައްކަތް ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރައްވަމުން ގެންދަވާ ވާހަކަ ވިދާޅުވިއިރު ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވަން މަދަނީ މީހުން ތިބޭނެކަމަށް އެއްވެސް އިރެއްގައި މުއިއްޒެއްވެސް އަދި މި ސަރުކާރުގެ އެއްވެސް ބޭފުޅަކު ވިދާޅުވެފައެއްނުވެއެވެ. އަބަދުވެސް ދައްކަމުންދިޔަ ވާހަކައަކީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވާނީ ދިވެހިންކަމަށާއި އެވަރުގެ ގާބިލު ދިވެހިން ތިބިކަމަށެވެ. ނަމަވެސް ދެ ސަރުކާރު ދެމެދުގައި ދައްކަމުން އަންނަ ވާހަކަތަކުގައި ޔުނީފޯމު ނާޅާ މަދަނީ ބަޔަކަށް ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ހުއްދަ ދެނީ ކޮން ވިސްނުމެއްގެ ދަށުންކަމެއް ސާފެއް ނޫނެވެ. އެކަމުގެ ޖަވާބެއްގެ ގޮތުން ސަރުކާރުން ބުނެފައިވަނީ މަޝްވަރާތައް ކުރިޔަށްދަނީ ބޯޓުތައް ދުއްވުމުގައި އަސްކަރީ މީހުން ތިބިނަމަ އެމީހުން ވަގުތުން ރާއްޖެ ދޫކޮށް ދާންޖެހޭނެކަމަށް ކަމަށާއި ނަމަވެސް މަދަނީ ބަޔަކު އަންނަނަމަ މައްސަލައެއް ނެތްކަމަށެވެ.

ނަމަވެސް މިއީ އިންޑިޔާ އައުޓް ހަރަކާތުގައި އެންމެ އިސްކޮށް އުޅުނު މީހުންނަށް އެހާ ބަލައިގަންނަން ފަސޭހަ ވާހަކައެއް ނޫނެވެ. އެއީ ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް އެވާހަކަދައްކަމުންދިޔަ މީހުން ބުނަމުންދިޔައީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އިންޑިޔާގެ ހެލިކޮޕްޓަރާއި ޑޯނިއާ ފޮނުވާލެވޭނެކަމަށެވެ. އެ ބޯޓުތައް އޮޕަރޭޓްކުރުމުގައި އެއްވެސް ވަރަކަށް އިންޑިޔާގެ ބައިވެރިވުމެއް ނޯންނާނެކަމަށެވެ. ނަމަވެސް މިސަރުކާރުން މިހާރު ދައްކަމުންދާ ވާހަކައާއެކު ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ވިސްނައިދިން ގޮތާއި ހާސް ބައި ތަފާތެވެ. އެކަމުގެ ނުރުހުން އޭރު އިންޑިޔާ އައުޓް ހަރަކާތުގައި އުޅުނު މީހުންވެސް އަންނަނީ ފާޅުކުރަމުންނެވެ.

މިކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ މިހަރަކާތުގެ މޭސްތެރިއާ ރައީސް ޔާމީނެވެ. އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކާއެކު ސަރުކާރު އުފެދުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރާ ފެއަށް ޖެހިވަޑައިގެން ހުންނެވި ރައީސް ޔާމީނަށް ހަމަ ގައިމުވެސް މިއީ ބަލައިގަންނަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އިންޑިޔާ އައުޓް ނަމުގައި މުޅި ރާއްޖޭގައި ފުޅާވަމުންދިޔަ ހަރަކާތް އޭރު ހުއްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރަކުންނެވެ. އެހަރަކާތް ހުއްޓުވީ އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ބުނެއެވެ.

އެގަރާރާ ދެކޮޅަށް އެންމެ ބޮޑަށް އުފުލީ މިހާރުގެ ސަރުކާރުގެ ވެރިންނެވެ. ނަމަވެސް ސަރުކާރު އައިސް ތިން މަސްވާން ކައިރިވީއިރުވެސް ރައީސް ނެރުއްވި އެގަރާރު އޮތީ ހަމަ އެގޮތުގައެވެ. އެއީ ބޭގަރާރުގެ ނަމުގައި އޭރު އިދިކޮޅުގައި ތިއްބަވާ އެބޭފުޅުން ސިފަކުރެއްވިއިރު އަދިވެސް އެ ބޭގަރާރު ހަމައެގޮތުގައި އެބައޮތެވެ. އެގަރާރު ރައީސް މުއިއްޒު ބާތިލެއް ނުކުރައްވައެވެ. މާނައަކީ މިސަރުކާރުންވެސް ދެކެނީ އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ހެއްޔެވެ؟ އެކަމާ އެންމެ ބޮޑަށް ފާޑުވިދާޅުވެ ކުރީގެ ރައީސް ޔާމީން ވަނީ މިސަރުކާރަށް މިގަރާރު ބާތިލުނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. މިސަރުކާރުން އެގަރާރު ދިރާސާކުރަނީއެވެ. އަދިވެސް ދިރާސާކޮށް ނުނިމެއެވެ. އެގަރާރު ބާތިލުނުކުރާހާ ހިނދަކު އިންޑިޔާ އައުޓް ހަރަކާތް ފާޅުކަން ބޮޑު ގޮތެއްގައި ހިންގޭނެ ގޮތެއް ނެތެވެ.

ނަމަވެސް އެނގޭ ކަމަކީ ކެމްޕެއިން ތެރޭގައި އިންޑިޔާ އައުޓް ނަމުގައި މިސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަކީ ހަމަ ހުސް ވާހަކަތަކެއްކަމެވެ. ވެރިކަމަށް ވަޑައިގެން އަމަލީ ގޮތުން ކަންކަން ކުރައްވަން ޖެހިވަޑައިގަތުމުން ފެންނަނީ ދިމާ އިދިކޮޅަށް ކަންކަން ކުރައްވާތަނެވެ. ގައުމިއްޔަތު ދިރުވާ އާލާކޮށް ގައުމިއްޔަތު އިސްކުރުމުގެ ނަމުގައި ވެރިކަމަށް ވަޑައިގެންވެސް އަދި ހަމަ އުޅެނީ އިންޑިޔާ އައުޓް ނަމުގައި ދެއްކި އެއްވެސް ވާހަކައަކީ އޮއްޓަރު ހުރި ވާހަކަތަކެއްކަން ރައްޔިތުންނަށް ހާމަކޮށް ނުދެވިގެންނެވެ.

އަނެއްކޮޅުން އަނެއް އިންތިޚާބު ބޯމަތިވަނީއެވެ. އެއިންތިޚާބަށް ކެމްޕެއިން ކުރުމަށް އިންޑިޔާ އައުޓް ސްލޯގަން ބޭނުންނުކޮށްފިނަމަ ކިތަންމެހާވެސް ރަނގަޅެވެ. އިންޑިޔާ އައުޓް ނަމުގައި ދެއްކީ އެއްވެސް އަސާސެއް ނެތް ހުސް ވާހަކަތަކެއްކަން ރައްޔިތުންނަށް ސާފުވަމުންދާ ވަރަކަށް މިސަރުކާރާ މެދު ރައްޔިތުން ކުރާ އިތުބާރު ދަނީ ގެއްލެމުންނެވެ. އެމަޅި ދާނީ މިސަރުކާރުގެ ކަރަށް ފިސާރި ރަނގަޅަށް ވާންކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު