Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުން ރަފަހްއަށް އަރައިގަންނަން ރޭވުން

އިސްރާއީލުން ރަފަހްއަށް އަރައިގަތުން ހުއްޓުވުމަށް ސައޫދީ އަރަބިއްޔާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފި

10 ފެބުރުއަރީ 2024 | ހޮނިހިރު 16:14

ރަފަހްގައި ހިންގާ ގްރައުންޑް އޮޕަރޭޝަންތައް ދެ ހަފުތާގެ ތެރޭގައި ފެށޭނެކަމަށް ނަތަންޔާހޫ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަށް ވަނީ އަންގާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ފެބުރުއަރީ 2024 | ހޮނިހިރު 16:14
ޣައްޒާގެ ވީރާނާވެފައިވާ ސަރަހައްދެއް

ޣައްޒާގެ ވީރާނާވެފައިވާ ސަރަހައްދެއް

ޣައްޒާގެ ދެކުނުގައި އޮންނަ އާބާދީ ބޮޑު ރަފަހްއަށް އަރައިގަންނަން އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުން ދިއުމާއެކު، އދ.ގެ ސަލާމަތީ މަޖިލީހުން އެކަން ހުއްޓުވުމަށް ސައޫދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އަސްކަރިއްޔާއިން މިގޮތަށް ފުރިހަމަ ބާރާއެކު އެފަދަ ބައިބޯ ސަރަހައްދަކަށް ހަމަލާ ދޭންފަށައިފިނަމަ ވަރަށްވެސް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވާނެކަމަށެވެ. އެފަދަ އަރައިގަތުމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެގޮތަށް އެކަން ކޮށްފިނަމަ ނަތީޖާ ވަރަށްވެސް ގޯސްވާނެ ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެފައިވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުން ވަނީ ޣައްޒާގެ އުތުރާއި މެދުތެރޭގެ ރައްޔިތުން ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ދިއުމަށް އަންގަމުންނެވެ. ސައޫދީ ބަޔާނުގައި، މިގޮތަށް މަޖުބޫރުކޮށްގެން ފަލަސްތީނު ރައްޔިތުން އެއްތަނުން އަނެއް ތަނަށް "ޑިޕޯޓް ކުރުން" ވެސް ވަނީ ކުށްވެރިކޮށްފައެވެ. ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި، އިސްރާއީލުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ގާނޫނުތަކަށް ބޯލެނބުމެއްނެތި ކުރިޔަށްދާކަމީ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަވަހަށް ބާއްވައި އިސްރާއީލުގެ ނުބައި ރޭވުންތަކަށް އަމަލީ ސިފަ ގެނައުން ހުއްޓުވަންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް ބުނެފައި ވެއެވެ.

ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކުގައި މިހާރުވެސް މިލިއަނަކަށްވުރެ ގިނަ ފަލަސްތީނު ރެފިއުޖީން ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުން ގެންދެއެވެ. މީގެތެރެއިން ގިނަބަޔަކު މިސްރުގެ ބޯޑަރު ކައިރީގައިވެސް ދިރިއުޅެމުން ގެންދެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ރަފަހްއަށް އެއްގަމުން އަރައި ހަމަލާތައް ދިނުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އޭގެ ކުރިން އާންމުންގެ އާބާދީ އެސަރަހައްދުން ދުރަށް ގެންދިއުމަށް އެންގިކަމަށް ވެއެވެ. އިސްރާއީލުގެ ޗެނަލް 12އިން ރިޕޯޓްކޮށްފައިވާގޮތުގައި، ރަފަހްގައި ހިންގާ ގްރައުންޑް އޮޕަރޭޝަންތައް ދެ ހަފުތާގެ ތެރޭގައި ފެށޭނެކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކަނަށްވެސް ވަނީ އަންގާފައެވެ.

މުސްލިމުންގެ އެންމެ މުގައްދަސް ތަންތަން ހުންނަ ސައޫދީ އަރަބިއްޔާއިން އިސްރާއިލާއެކު ގުޅުން ގާއިމްކޮށްފައެއް ނުވެއެވެ. ނަމަވެސް ގުޅުންތައް ގާއިމްކުރުމާ ބެހޭގޮތުން އޮކްޓޯބަރު 7ވަނަ ދުވަހުގެ ހަނގުރާމަ ފެށުމުގެ ދުވަސްކޮޅެއް ކުރިން މަޝްވަރާކޮށްފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 28 ހާހެއްހާ މީހުން ޝަހީދުކޮށްލާފައި ވެއެވެ. އެ ސަރަހައްދުގެ ގިނަ މީހުން މިވަގުތު ދިރިއުޅެމުން ގެންދަނީ ވަރަށްވެސް ދަތިހާލުގައެވެ. ކާބޯތަކެތި ދަތިވެގެންގޮސް ޖަނަވާރުތަކަށް ކާންދޭ ތަކެތިވެސް ކާންޖެހޭ ހިސާބަށްވަނީ ހާލަތު ގޯސްވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
04 އޯގަސްޓު 2017

ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!

04 އޯގަސްޓު 2017
ވެނެޒުއޭލާގެ އާ ގާނޫނު ހަދާ މަޖިލިސް އިފްތިތާހް ކުރުން ހުއްޓުވުމަށް ކޯޓަށް!
03 އޯގަސްޓު 2017

ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި

03 އޯގަސްޓު 2017
ޓެރަރިސްޓުންނަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އދ އިން ޤަރާރެއް ފާސްކޮށްފި
05 ޖޫން 2017

ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން

05 ޖޫން 2017
ގަތަރަށް އަޅަމުންދާ ފިޔަވަޅުތަކަށް އެގައުމުގެ ރައްދު: މިއީ ގައުމުގެ އިސްތިގްލާލަށް އަރައިގަތުން
03 އެޕްރީލު 2017

ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި

03 އެޕްރީލު 2017
ރަށްތައް ވިއްކުން ހުއްޓުވުމަށް ކުރި އަމުރު ބާތިލްކޮށްފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް