Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންނަށް ދޭންޖެހޭ ފައިސާ

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރަން ގޮވާލައި، މަޖިލީހަށް ގަރާރެއް

އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2024 | ހޮނިހިރު 12:58
މީހަކު މަސް ހިފައިގެން ދަނީ

މީހަކު މަސް ހިފައިގެން ދަނީ

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. މި ގަރާރު ހުށަހަޅުއްވަމުން ރޮޒައިނާ ވަނީ، މި ގަރާރަކީ މި މަހުގެ ފަސްވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ގަރާރެއް ކަމަށް ވުމާއެކު، މި ގަރާރާގުޅޭ މައްސަލަ އަވަސްކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރޮޒައިނާގެ ގަރާރުގައި ވަނީ، މަސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި މަސްވެރިކަމުގެ ނަފާ ހޯދުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައިދިނުމަކީ މަސްވެރިކަމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މަސްވެރިންނަކީ ރާއްޖޭގެ އިގްތިސާދު ބިނާކުރުމުގައި ބުރަ އަދި މުހިއްމު މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އެ ގަރާރުގައި ވަނީ، މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އަދި މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ފައިސާ ނުދެވި ދެ މަހަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާކަމަށް ވަނީ ބުނެފައެވެ. މަސްވެރިން ކުރި މަސައްކަތްތަކަށް، އެ ފަރާތްތަކަށް ފައިސާ ލިބިފައިނުވާތީ މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަނީ ދަތިވަމުން ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި؛ މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނޭކަން އޭނާގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. ރޮޒައިނާ އިތުރަށް ވިދާޅުވީ މަސްވެރިން ކުރާ މަސައްކަތުގެ އަގު ލިބުމަކީ މަސްވެރިންގެ ހައްގެއް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދާ ގުޅިފައިވާ މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުގެ ވައުދުތަކާއި، ގާނޫނުން މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިފްކޯއަށް މަސްކިރުމަށްފަހު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި މިހާ ގިނަދުވަސްވެ ދިގުލައިގެން މީގެ ކުރިން ގޮސްފައި ނުވާކަމަށް ވެސް އެ ގަރާރުގައިވެއެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، މަސްވެރިންގެ އާމްދަނީއަށް ލޮޅުން އަރާފައިވާ މި ދަނޑިވަޅުގައި، އެ ފަރާތްތަކަށް ހައްގުވާ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން މަސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާ ހާލުގައި ޖެހުން ގާތްވެފައިވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަސްވެރި އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުދި، ދަތިތަކާއި ކުރިމަތިލާންޖެހޭކަމުގެ ކަންބޮޑުވުން އެތައް މަސްވެރިންނެއް ފާޅުކުރަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބަުން މަސްވެރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރަމުންދާކަމަށާއި، ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް އެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް އެ ފަރާތްތަކާ ހަވާލުކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލައްވާފައެވެ.

މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާއާމެދު އެކި ފަހަރު ސަރުކާރުން ދައްކަނީ އެކި ވާހަކައެވެ. މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރު ކުންފުނިތަކުން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ސަރުކާރުން މިހާތަނަށް 329,953,144 (ތިންސަތޭކަ ނަވާވީސް މިލިއަން ނުވަލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ ސާޅީސް ހަތަރު ރުފިޔާ) އާދީއްތަ ދުވަހާ ހަމައަށް މަސްވެރިންނަށް ދެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް 2 ފެބްރުއަރީ 2024ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން (ސަރުކާރުގެ އެހީތެރިކަމާއެކު) 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ދީ ޚަލާސްކުރެވިފައި ވާކަމަށެވެ.

މި ހިސާބުތައް ދިމާނުވާކަން ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެކަމުގެ ރަނގަޅު މައުލޫމާތު ހާމަކުރައްވައި އަމީރު ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު ހައްދަވަނީ އިތުރުފުޅެއްކަމަށެވެ. ސަރުކާރު ނިމުނުއިރު މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތަފްސީލު ހާމަކުރައްވަމުން އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ފާސްވުމާއެކު އޭރުގެ ސަރުކާރުން ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސިކަމަށެވެ. އަދި މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުމަށް 100 މިލިއަން ރުފިޔާ އައު ސަރުކާރަށް ހަމަޖައްސާފައި ވާނެކަމަށާއި، ކުރީ ސަރުކާރުގައި އާންމުކޮށް ކޮންމެ ހަފުތާއަކު ފައިސާ ދޫކުރަމުން ދިޔަކަމަށެވެ. އަމީރު އިތުރަށް ވިދާޅުވީ މަސްވެރިންނަށް ފައިސާދިނުމަށްވުރެ، އެހެން އިސްރާފުތައް މުހިއްމުވުމުން ފައިސާ ނުދެވޭނެކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި މިއަށްވުރެ މާ ދަތި ދުވަސްތަކުގައި ވެސް ފައިސާ ދޫކުރަމުން ގެންދިޔަކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރުގެ ޕޯސްޓްގައި، މިދިޔަ އޮކްޓޫބަރު މަހުގެ 16އިން ފެށިގެން ނޮވެންބަރު 15ގެ ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި މިންވަރު ހާމަވާ ތަފްސީލު ހާމަކޮށްފައިވާއިރު، އެ ތަފްސީލުގައި ވާގޮތުން 1،460 ދޯންޏަކަށް ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު