Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮޕްލްގޭންގަރުން

ޖަރމަނީގެ ޗާންސެލަރ ޝޫލްޒް އާއި އެމެރިކާގެ ސެނެޓަރ ކޫންސް އަކީ ޑޮޕްލްގޭންގަރުންތަ ؟

ދެބޭފުޅުންގެ ބޮލުގެ އިސްތަށިހުންނަ ގޮތުންފެށިގެން ހީލާ ގޮތަށް ބަލާއިރު ވެސް ފުރަތަމަ ނަޒަރުން ދެބޭފުޅުން ވަކިކުރަން ނޭގޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 10 ފެބުރުއަރީ 2024 | ހޮނިހިރު 09:33
ޖަރމަނީ ގެ ޗާންސެލަރ ޝޫލްޒް އަދި އެމެރިކާގެ ސެނެޓަރ ކޫންސް

ޖަރމަނީ ގެ ޗާންސެލަރ ޝޫލްޒް އަދި އެމެރިކާގެ ސެނެޓަރ ކޫންސް

ކޮންމެ މީހަކާވެސް ވަރަށް ވައްތަރު މީހުން (ޑޮޕްލްގޭންގަރ)ތިބޭނެކަން މިއީ ހަގީގަތެކެވެ. މިގޮތުން ދާދި ފަހުން ހާމަވެފައިވާ ފޮޓޯއަކުން ޚާއްސަ ދެބޭފުޅެއްގެ ވައްތަރުކަން ވަނީ ހާމަވެފައެވެ. އެއީ ޖަރމަނީގެ ޗާންސެލަރ އޮލަފް ޝޫލްޒް އަދި އެމެރިކާގެ ޑެލަވެއާ ސްޓޭޓްގެ ސެނެޓަރ ކްރިސް ކޫންސް އެވެ.

ދެބޭފުޅުން ވަނީ ބުރާސްފަތި ދުވަހު ރަސްމީ ކަމަކު ވޮޝިންގޓަންގައި ބައްދަލް ކުރައްވާފައެވެ. އަދި އެބައްދަލް ވުމަށް ފަހު ސެލްފީ އެއްނަންގަވާ ސޯޝަލް މީޑިޔާގައި ޕޯސްޓް ކުރައްވާފައެވެ. މި ސެލްފީގައި ދެބޭފުޅުންވެސް ލިއުއްވާފައިވަނީ އެއް ސުވާލެކެވެ. އެއީ "ހޫ އިސް ހޫ" ނުވަތަ ދެމީހުން ވަކިކުރަން އިގޭތޯ ކުރައްވާފައިވާ ސުވާލެކެވެ.

ދެބޭފުޅުންގެ ބޮލުގެ އިސްތަށިހުންނަ ގޮތުންފެށިގެން ހީލާ ގޮތަށް ބަލާއިރު ވެސް ފުރަތަމަ ނަޒަރުން ދެބޭފުޅުން ވަކިކުރަން ނޭގޭކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޖަރމަނީގައި 2021 ވަނަ އަހަރު ސަރުކާރާ ހަވާލުވި ތިންޕާޓީގެ މައްޗަށް އެކުލެވޭ ކޮއެލިޝަންގެ ލީޑަރ ޝޫލްޒް އަކީ އާންމުކޮށް ސަމާސާ ކުރައްވާ އުޅުއްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މިފޮޓޯ ޝެއާ ކުރެއްވުމުގައި ބައިވެރިވެ ވަޑައިގެން "މަޖާ" ކޮށްލައްވާފައި ވެއެވެ. އަދި އަމިއްލަ "ޑޮޕެލްގެންގަރ"އާ ބައްދަލް ވުމުން އުފާކުރައްވާކަމަށް ލިއުއްވާފައިވެއެވެ.

ދެބޭފުޅުންގެ އުމުރު ވެސް ގާތްގަނޑަކަށް އެއްވަރުއިރު (60، 65)، އިސްކޮޅު ވެސް އެއްވަރެވެ.(5 ފޫޓް 7އިންޗި). ދެބޭފުޅުންނަކީވެސް ޕޮލިޓިކްސް އަށް ލޯބިކުރައްވާ ބޭފުޅުންނަށް ވާއިރު، ދެބޭފުޅުންވެސް ޔޫކްރެއިން އަށް އިތުރު މިލިޓަރީ އެހީ ފޮނުވަން ޖެހޭ ކަމަށް ގަބޫލު ކުރައްވައެވެ.

އޮލަފް ޝޫލްޒް ވޮޝިންގޓަން އަށް ވަޑައިގެންނެވީ ރައީސް ޖޯބައިޑަންއާއެކު ހުކުރުދުވަހު އޮތް ބައްދަލްވުމަކަށެވެ.ބައްދަލްވުމުގެ މައިގަޑު މަގްސަދަކީ ޔޫކްރެއިން އަށް އިތުރު އެހީ ނުދީފިނަމަ ދެންވެދާނެ ގޮތަކާބެހޭގޮތުން މަޝްވަރާކުރެއްވުމެވެ. އޭނާ ސެނެޓަރ ކޫންސް އަދި އެހެން ލޯމޭކަރުންނާ ބައްދަލް ކުރެއްވީވެސް މިމެސެޖް ދެއްވުމަށެވެ.  

ސޫލްސްވަނީ ޔޫކްރެއިން ހަގުރާމައިގައި ރަޝިޔާ އަށް ކުރި ލިބިއްޖެ ނަމަ ދުނިޔެއަށް ހުރި ނުރައްކާތައް ވިދާޅުވެދެއްވާ އެކި ޕޯސްޓްތައް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު