Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނު ސަރުކާރު

ޖަރުމަނު ސަރުކާރުގެ ބާރުކެނޑި ނޭވާ ހޮޅިއަށް

7 ނޮވެމްބަރު 2024 | ބުރާސްފަތި 13:01

ކޯލިޝަންގެ އެތެރޭގެ ހަމަ ނުޖެހުންތައް ބޮޑު ވަމުން ގޮސް، އެކުގައި ދެމި ނޯވެވޭނެ ކަން ފާޅުވީ، ބުދަ ދުވަހުގެ ރޭގައެވެ. މައްސަލަ ފެށުނީ 2025 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުން ތަކުގެ ތެރެއިންނެވެ. އިގްތިސާދަށް ކުރިއެރުމެއް ނުލިބި ޖަރުމަނު ވިލާތުގެ ބަޖެޓު ތައްޔާރުކުރާ މިއީ ވިދިވިދިގެން ދެވަނަ ފަހަރެވެ.

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2024 | ބުރާސްފަތި 13:01
ފައިނޭންސް މިނިސްޓަރ ކްރިސްޓިއަން ލިންޑްނަރ (ވ) އާއި ޗާންސެލަރ ޝޯލްޒް - ޚިޔާލު ތަފާތުވެ، ފައިނޭންސް މިނިސްޓަރ ވަނީ މަގާމުން ވަކިކޮށްފައި

ފައިނޭންސް މިނިސްޓަރ ކްރިސްޓިއަން ލިންޑްނަރ (ވ) އާއި ޗާންސެލަރ ޝޯލްޒް - ޚިޔާލު ތަފާތުވެ، ފައިނޭންސް މިނިސްޓަރ ވަނީ މަގާމުން ވަކިކޮށްފައި

ޖަރުމަނު ވިލާތުގެ ވެރިކަމުން އަންނަ ކޯލިޝަން ރޫޅި ސަރުކާރުގެ ބާރުކެނޑިއްޖެއެވެ.

ކޯލިޝަންގައި ރެނދުއެޅީ ޗާންސެލަރ އޯލަފް ޝޯލްޒް ސަރުކާރުގެ މުހިންމު މިނިސްޓަރުންތަކެއް މަގާމުން ވަކިކުރެއްވުމުންނެވެ. ކޯލިޝަން ރޫޅުމާއެކު ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުގައި އޮތް މެޖޯރިޓީ ގެއްލި، ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމަށް ވަނީ ވޯޓަކަށް ދާން ޖެހިފައެވެ. ޗާންސެލަރ ވިދާޅުވީ، ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ.

ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރުގައި ހިމެނޭ މާލީ ވަޒީރު ވަނީ މަގާމުން ވަކި ކުރައްވާފައެވެ. ޗާންސެލަރ ވިދާޅުވީ އޭނާއަށް މާލީ ވަޒީރު ކްރިސްޓިއަން ލިންޑްނަރ އަށް އިތުބާރު ނުކުރެއްވޭ ކަމަށެވެ.

އިއްތިހާދު ރޫޅުމުގެ ސަބަބުން ޝޯލްޒްގެ ސަރުކާރަކީ ޖަރުމަނުގެ ޕާލިމެންޓުގައި އަޣުލަބިއްޔަތު ގެއްލިފައިވާ ސަރުކާރެކެވެ. އިތުބާރު އޮތްކަން ދެނެގަތުމަށް ނަގާ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން މާރިޗު މަހާ ހަމައަށް އަވަސް އިންތިޚާބަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ އިތުބާރުގެ ވޯޓު ނަގަން ޖެހޭނީ އަންނަ އަހަރު ނޫން ކަމަށާއި، އަންނަ ހަފްތާގައި ކަމަށެވެ.

ކޯލިޝަންގެ އެތެރޭގެ ހަމަ ނުޖެހުންތައް ބޮޑު ވަމުން ގޮސް، އެކުގައި ދެމި ނޯވެވޭނެ ކަން ފާޅުވީ، ބުދަ ދުވަހުގެ ރޭގައެވެ. މައްސަލަ ފެށުނީ 2025 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުން ތަކުގެ ތެރެއިންނެވެ. އިގްތިސާދަށް ކުރިއެރުމެއް ނުލިބި ޖަރުމަނު ވިލާތުގެ ބަޖެޓު ތައްޔާރުކުރާ މިއީ ވިދިވިދިގެން ދެވަނަ ފަހަރެވެ.

"ޓްރެފިކް ލައިޓް" އިއްތިހާދުގެ ނަމުން މަޝްހޫރުވެފައިވާ އިއްތިހާދު 2021 ވަނަ އަހަރުން ފެށިގެން ޖަރުމަނުގައި އަންނަނީ ވެރިކަން ކުރަމުންނެވެ.

ޓްރެފިކް ލައިޓް އިއްތިހާދުގެ ނަން ކޯލިޝަން އަށް ދެވުނީ، ކޯލިޝަން ގައި ހިމެނޭ ތިން ޕާޓީގެ ވަކިވަކި ކުލަތަކަށް ނިސްބަތްކޮށެވެ. އެއީ ޝޯލްޒްގެ ސޯޝަލް ޑެމޮކްރެޓްސް ޕާޓީގެ ރަތް ކުލަ، މިނިވަން އިގްތިސާދީ ސިޔާސަތައް ތާއީދު ކުރާ އެފްޑީޕީގެ ރީނދޫ ކުލަ އަދި ތިމާވެށްޓަށް އަހަންމިއްޔަތުކަން ދޭ ގްރީންސްގެ ފެހި ކުލައެވެ.

ޝޯލްޒް އިޢުލާނު ކުރައްވާފައި ވަނީ ޖަރުމަނުގެ ޕާލިމެންޓް ކަމުގައިވާ ބުންޑެސްޓާގްގައި ޖެނުއަރީ 15 ގައި އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު ނެގުމަށެވެ.

މެންބަރުން ސަރުކާރަށް ތާއީދު ނުކޮށްފިނަމަ، މަދު ހަފްތާތަކެއްގެ ތެރޭގައި އައު އިންތިޚާބަކަށް ދާންޖެހޭނެއެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ޖަރުމަނުގައި އާންމު އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މިވަގުތު، ޝޯލްޒް އިސްވެ ހުންނަވާނީ އޭނާގެ ސޯޝަލް ޑެމޮކްރެޓްސް އަދި އިއްތިހާދުގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމުގައިވާ ގްރީންސް ހިމެނޭ މައިނޯރިޓީ ސަރުކާރެއްގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
05 މާރިޗު 2017

ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި

05 މާރިޗު 2017
ފިލިޕީންސްގައި ރަހީނުކޮށް ބޯ ބުރިކޮށްލި ޖަރުމަނު މީހާގެ ހަށިގަނޑު ހޯދައިފި
03 މާރިޗު 2017

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި

03 މާރިޗު 2017
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
28 ފެބުރުއަރީ 2017

ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި

28 ފެބުރުއަރީ 2017
ފިލިޕީންސްގައި ޖަރުމަނު ރައްޔިތަކު ރަހީނުކޮށް ބޯ ކަނޑާލައިފި
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް