Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޒެލެންސްކީ ޖަރުމަނަށް ވަޑައިގަތުން: ޔޫކްރެއިނަށް 3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ

މި އަސްކަރީ އެހީގެ ޕެކޭޖަކީ މިހާތަނަށް ޔޫކްރެއިނަށް ފޯރުކޮށްދެވޭ އެންމެ ބޮޑު އެއް އަސްކަރީ އެހީގެ ޕެކޭޖް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 14 މެއި 2023 | އާދީއްތަ 15:55
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަދި ޖަރުމަނުގެ ޗާންސެލަރ އޯލާފް ޝޮލްޒް

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޖަރުމަނަށް ވަޑައިގަންނަވާފައިވާއިރު، އެގައުމުން ވަނީ ޔޫކްރެއިނަށް ތިން މިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ދިނުމަށް އިއުލާނުކޮށްފައެވެ.

ޒެލެންސްކީ ޖަރުމަނަށް ވަޑައިގަންނަވާފައި ވަނީ އާދިއްތަ ދުވަހުއެވެ.

ޖަރުމަނަށް ވަޑައިގެން، އެގައުމުގެ ޗާންސެލަރ އޯލާފް ޝޮލްޒް އާއެކު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޒެލެންސްކީ ވަނީ މިހާރު ކުރިއަށްދާ ހަނގުރާމާގައި ބަދަލު ނުގެނެވޭނެ ފަދަ، ހިތި ނަތީޖާއަކާ މިއަހަރު، ރަޝިއާއިން ކުރިމަތިލާން ޖެހޭނެ ގޮތް ހެދުމުގެ ބާރު ޔޫކްރެއިނަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔޫކްރެއިނުން މިހާރު ކުރިމަތިލަމުންދާ ދުވަސްތަކުގައި އެގައުމުގެ "ހަގީގީ ރަހުމަތްތެރި"އެއްގެ ގޮތުގައި ޖަރުމަނުން އޮތްކަމަށް ފާހަގަކުރައްވާ ޒެލެންސްކީ ވަނީ ޖަރުމަނަށް ޝުކުރު އަދާކުރައްވާފައެވެ.

މިދަތުރުފުޅުގެ ތެރެއިން ޒެލެންސްކީ މިވަނީ ޖަރުމަނުގެ ފަރާތުން ޔޫކްރެއިނަށް ތިން ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއްވެސް ކަށަވަރުކުރައްވާފައެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ޔޫކްރެއިނަށް ލިބޭ މިފަދަ އެންމެ ބޮޑު ޕެކޭޖެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖަރުމަނުގެ ޗާންސެލަރ ވަނީ ހަނގުރާމާފައި ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގައި ޖަރުމުން ދެމިއޮންނާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ކުރަމުންދާ މަސައްކަތާއި ޖަރުމަނާ ޔޫކްރެއިނާ ދެމެދު އޮތް ބައިލެޓެރަލް ގުޅުމަށް މިދިޔަ އަހަރުގެ ތެރޭގައި ކުރިމަތިވި ކަންތަތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޝޮލްޒް ޖަވާބުދެއްވާފައެއް ނުވެއެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނު އިރު، ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގައި ޖަރުމަނުން ފަސްޖެހުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އެގައުމަށް އަމާޒުވެގެންދިޔައެވެ. ނަމަވެސް މިހާރު ޖަރުމަނަކީ މިހަނގުރާމާގައި ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީވަމުންދާ އެއް ގައުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި

އިންޑިއާއިން ބަންގްލަދޭޝްއަށް 4.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ސޮއިކޮށްފި

04 އޮކްޓޯބަރު 2017
އަންސަން ސޫކީ އދ ގެ އާއްމު މަޖިލިހަށް ވަޑައިގަތުން ކެންސަލް ކުރައްވައިފި

އަންސަން ސޫކީ އދ ގެ އާއްމު މަޖިލިހަށް ވަޑައިގަތުން ކެންސަލް ކުރައްވައިފި

13 ސެޕްޓެމްބަރު 2017
ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

ޓެކްސަސްއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށްޓަކައި 180 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ބޭނުންވާނެ: ގަވަނާ ގްރެގް އެބޮޓް

04 ސެޕްޓެމްބަރު 2017
ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

ސައުދީގެ ކުރީގެ ވަލީއަހުދު ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށް ގަނޑުވަރުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި

29 ޖޫން 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު