Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ ޢާއްމު އިންތިޚާބު

ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި ކުރީގައި އުޅެނީ ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ

ވޯޓްފޮށިތައް އިއްޔެ ހަވީރު 5 ޖެހިއިރު ބަންދުކޮށްފއިވީނަމަވެސް ނަތީޖާ އިއުލާން ކުރުން ކުރިއަށްދަނީ ވަރަށް ލަސްކޮށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2024 | ހުކުރު 11:56
ޕާކިސްތާނުގެ ޢާއްމު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން

ޕާކިސްތާނުގެ ޢާއްމު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބޭއްވި ޢާއްމު އިންތިޚާބުގެ ނަތީޖާ މިއަދު އިއުލާން ކުރަން ފަށާފައިވާއިރު، ބޮޑުތަފާތަކުން ކުރީގައި އުޅެނީ ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީކަން ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

ވޯޓު ފޮށިތައް އިއްޔެ ހަވީރު 5 ޖެހިއިރު ބަންދުކޮށް ވޯޓު ގުނުމުގެ މަސައްކަތްތައް ފެށި ނަމަވެސް ނަތީޖާ އިޢުލާނު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. އެ ކަމަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ހުރަހަކީ އިންތިޚާބާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ނަމުގައި މޮބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތްތައް މެދުކަނޑައިލުމެވެ.

ޕާކިސްތާނުގެ ޖިޔޯ ނިއުސް ޗެނަލްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި 106 ގޮނޑިއެއްގެ ނަތިޖާ މިހާރު އިޢުލާނު ކޮށްފައިވާއިރު އޭގެ ތެރެއިން 47 ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އެ ކެނޑިޑޭޓުންނަކީ ޚާނާއި ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ބައިޢަތު ހިފާފައިވާ ކެނޑިޑޭޓުންނެވެ.

ޕާކިސްތާނުގެ އިންތިޚާބާ ބެހޭ އިދާރާއިން މިހާތަނަށް ހާމަކޮށްފައި ވަނީ 70 ގޮނޑީގެ ނަތީޖާއެވެ. އޭގެ ތެރެއިން 24 ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އިންތިޚާބުގައި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 265 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.

މިހާތަނަށް ނެރެފައިވާ ވަޤުތީ ނަތީޖާއިން ފެންނަ ގޮތުގައި ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީން ވަނީ 24 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޒަރްދާރީއަކީ އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރް ބުއްޓޫގެ ދަރިކަލުންނެވެ. ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މުސްލިމް ލީގް-ނަވާޒް ޕާޓީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ 18 ގޮނޑިއެވެ. ބައެއް ކުދި ޕާޓީތަކުން ވެސް މަދު ޢަދަދެއްގެ ގޮނޑިތައް ކާމިޔާބު ކޮށްފައިވެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ އިންތިޚާބުގައި ވަކި ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ނުލިބުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. އެއީ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި އޮތް ޕާކިސްތާނަށް ކުރިމަތިވާނެ އިތުރު ގޮންޖެހުމެކެވެ. އެ ޤައުމަށް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ނުރައްކާ ވެސް ބޮޑެވެ. އިންތިޚާބުގެ ވޯޓުލުން ފެށުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް ހަތިޔާރު އެޅި ޖަމާޢަތަކުން ވަނީ ބޮމުގެ ޙަމަލާތަކެއްދީ 27 މީހުން މަރައިލާފައެވެ.

ޕާކިސްތާނުގައި އެންމެ ފަހުން ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރު ޖަލުގައި އޮންނެވި ޚާނެވެ. އިންތިޚާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ ޚާނާއި ޝަރީފްގެ ޕާޓީއެވެ. އިމްރާން ޚާނަށް ފުލުފުލުގައި ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައި ވަނީ އިންތިޚާބުގެ ވޯޓުލުން ފެށުމަށް ހަފުތާއަކަށްވެފައި ވަނިކޮށެވެ. އެ ހުކުމްތަކުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާ ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

އެމެރިކާއިން އުޅެނީ އީރާނުގެ ސަރުކާރު ވައްޓާލަން: ޚޮޝްރޫ

29 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު