Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

އެފްއޭއެމްގެ މުވައްޒަފުންނަށް އަށް މަސް ދުވަހުގެ މުސާރަ ދީފި

އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަށް މަސް ދުވަހަށް، ޖުމުލަ ގާތްގަނޑަކަށް 200,000 (ދެ ލައްކަ) ޑޮލަރު ވަނީ ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ފެބުރުއަރީ 2024 | ހޮނިހިރު 00:14
އެފްއޭއެމްގެ ހައުސް

އެފްއޭއެމްގެ ހައުސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުވައްޒަފުންނަށް ނުދެވި ހުރި މުސާރައިގެ ތެރެއިން، އަށް މަސް ދުވަހުގެ މުސާރަ ދީފަައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، މިހާތަނަށް ނުދެވި ހުރި މުސާރައިގެ ތެރެއިން އަށް މަސް ދުވަހުގެ މުސާރަ ދީފައިވާނެ ކަމަށެވެ. އެއީ، އިދާރީ މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށާއި، ނަަމަވެސް، ޓެކްނިކަލް މުވައްޒަފުންގެ މުސާރަ އަދި ނުދެވޭ ކަމަށް ވެސް ޖައު ވިދާޅުވި އެވެ.

ޖައު ވިދާޅުވީ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަށް މަސް ދުވަހަށް، ޖުމުލަ ގާތްގަނޑަކަށް 200,000 (ދެ ލައްކަ) ޑޮލަރު ދެވިފައިވާނެ ކަމަށެވެ. މީގެ އިތުރުން، ބާކީ ދެން އޮންނާނީ ތިން މަސް ދުވަސް ނުވަތަ ހަތަރު މަސް ދުވަހުގެ މުސާރާ ކަމަށް ވެސް ޖައު ވިދާޅުވި އެވެ. އަދި އުންމީދަކީ، އެ މުއްދަތަށްވާ މުސާރަ ވެސް، ރަމަޟާން މަހުގެ ކުރިން އެއްކޮށް ދިނުން ކަމަށް ޖައު ވަނީ ވިދާޅުވެފަ އެވެ.

މާލީ ގޮތުން ބޮޑު މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވޭ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން، ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވެފައިވާއިރު، އަނެއް ބައި މުވައްޒަފުން ވަނީ މަސައްކަތަށް ނިކުތުމަށް ދެކޮޅު ވެސް ހަދައިފަ އެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މިހާރު މުސާރަ ދެމުން އަންނަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ފޮނުވާފައިވާ ޚާއްސަ ބަޖެޓުންނެވެ. އަދި އެއީ ހަމައެކަނި މުވައްޒަފުންނަށް މުސާރަ ދިނުމަށް ފީފާ އިން ދީފައިވާ ބަޖެޓެކެވެ. އެ ފައިސާ ޚަރަދު ކުރި ގޮތުގެ ތަފުސީލު ފީފާ އަށް ހިއްސާ ކުރަން ވެސް ޖެހެ އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ އިތުރުން، އެހެނިހެން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް ފަހު، އެފްއޭއެމުން އެ ތަންނަނަށް ފައިސާ ނުދައްކާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ޝަރުއީ ކޯޓުތަކުން ވަނީ އެފްއޭއެމާ ދެކޮޅަށް ޙުކުމް ވެސް ކޮށްފަ އެވެ. މާލީ މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމަށް ލިބޭ ފައިސާ އަށް އެ އިދާރާގެ އިސްވެރިން ޚިޔާނާތްތެރިވި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގެ ތެރޭގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު