Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ އިންތިޚާބަށް ހުޅުވާލައިފި

އެފްއޭއެމް އިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ އިންތިޚާބު ކުރަނީ ރައީސްގެ އިތުރުން، އެއް ފަސްޓް ނައިބު ރައީސް، ދެ ނައިބު ރައީސުން އަދި ހަތް އޯޑިނަރީ މެމްބަރުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖޫން 2025 | އާދީއްތަ 04:59
މާފަންނުގައި ހުންނަ އެފްއޭއެމް ހައުސް

މާފަންނުގައި ހުންނަ އެފްއޭއެމް ހައުސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީގެ އިންތިާޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެފްއޭއެމް އިން ވަނީ ހޮނިހިރު ދުވަހު އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އިންތިޚާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.

މީގެ އިތުރުން ކެންޑިޑޭޓުންގެ ކެންޑިޑެންސީ ފޯމުގައި ފުރިހަމަ ނުވެ ހުރި ކަންކަން، ކެންޑިޑޭޓުންނަށް އަންގާނެ ތާރީޚަކީ ޖުލައި ނުވަ ވަނަ ދުވަހެވެ. ފޯމުގައި ފުރިހަމަ ނުވެ ހުރި މައުލޫމާތު އަލުން ހުށަހަޅަން ޖެހޭ ތާރީޚަކީ ޖުލައި 13 ވަނަ ދުވަހެވެ.

އިންތިޚާބަށް ފޯމު ހުށަހަޅާ ކެންޑިޑޭޓުންގެ ފޯމާ މެދު އިލެކްޓޯރަލް ކޮމެޓީ އިން ގޮތެއް ނިންމާނެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ ބައްދަލުވުން ޖުލައި 16 ގައި ބާއްވައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް ފަހު، ޖުލައި 26 ގައި އިންތިޚާބު އޮންނާނެ އެވެ.

އެފްއޭއެމް އިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ އިންތިޚާބު ކުރަނީ ރައީސްގެ އިތުރުން، އެއް ފަސްޓް ނައިބު ރައީސް، ދެ ނައިބު ރައީސުން އަދި ހަތް އޯޑިނަރީ މެމްބަރުންނެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރާ ފަރާތްތަކުގެ ޝަރުތު ތަކުގެ ތެރޭގައި ކުރިމަތިލާ ފަރާތުގެ އެއްވެސް ޖިނާއީ އަދި މަދަނީ މައްސަލައެއް އޮވެގެން ނުވާނެ އެވެ. އަދި އެފަދަ ޙުކުމެއް އެއްވެސް ޝަރުއީ ކޯޓަކުން ކޮށްފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެ މީހެއްގެ އެއްވެސް ކަހަލަ މައްސަލައެއް ބަލަމުން އަންނަ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝަރުތު ތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ކުރިމަތިލާ ފަރާތަކުން، އެފްއޭއެމްގެ މެމްބަރު ކުލަބު ތަކުގެ ތެރެއިން ފަސް ކުލަބެއްގެ ތާއީދު ސިޓީ ވެސް ހުށަހަޅަން ޖެހެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބު ހިމެނެން ޖެހޭނެ އެވެ.

މިހާތަނަށް އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރާނެކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް) އެކަންޏެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު