Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އެފްއޭއެމްގެ އިންތިޚާބު ޖުލައި 26 ގައި، ޓޮމް ވާދަ ކުރާނެ

ހުކުރު ދުވަހު ކުރިއަށް ދިޔަ އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް އަށް ފަހު ޓޮމް ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު، ފޯމު ހުށަހަޅުއްވާނެ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 04:12
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އައު ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު، ޖުލައި މަހުގެ 26 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެ ތާރީޚުގައި އެފްއޭއެމްގެ އިންތިޚާބު ބާއްވަން ނިންމީ ހުކުރު ދުވަހު ކުރިއަށް ދިޔަ އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގަ އެވެ. އެއީ އަންނަ ޖުލައި މަހުގެ ނިޔަލަށް، އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ދައުރު ވެސް ހަމަވާނެތީ އެވެ.

އެގޮތުން ނޯމަލައިޒިން ކޮމެޓީ އިން ވަނީ އެފްއޭއެމް އިންތިޚާބުގެ ޓައިމްލައިން ވެސް އެކުލަވާލައިފަ އެވެ. އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާނެ އެވެ. އަދި އެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.

މީގެ އިތުރުން ކެންޑިޑޭޓުންގެ ކެންޑިޑެންސީ ފޯމުގައި ފުރިހަމަ ނުވެ ހުރި ކަންކަން، ކެންޑިޑޭޓުންނަށް އަންގާނެ ތާރީޚަކީ ޖުލައި ނުވަ ވަނަ ދުވަހެވެ. ފޯމުގައި ފުރިހަމަ ނުވެ ހުރި މައުލޫމާތު އަލުން ހުށަހަޅަން ޖެހޭ ތާރީޚަކީ ޖުލައި 13 ވަނަ ދުވަހެވެ.

އިންތިޚާބަށް ފޯމު ހުށަހަޅާ ކެންޑިޑޭޓުންގެ ފޯމާ މެދު އިލެކްޓޯރަލް ކޮމެޓީ އިން ގޮތެއް ނިންމާނެ އެންމެ ފަހު ތާރީޚަކީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ ބައްދަލުވުން ޖުލައި 16 ގައި ބާއްވައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް ފަހު، ޖުލައި 26 ގައި އިންތިޚާބު އޮންނާނެ އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސް އަށް ފަހު ޓޮމް ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލުމާ އެކު، ފޯމު ހުށަހަޅުއްވާނެ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ ޓޮމް ވަނީ، އެންމެ ފަހުން ބާއްވަން މަސައްކަތް ކުރި ދެ އިންތިޚާބުގައި ވާދަ ކުރުމަށް ވެސް ފޯމު ހުށަހަޅުއްވައިފަ އެވެ. ނަަމަވެސް، ފަހުން އެފްއޭއެމް އިން ވަނީ އިންތިޚާބު ކެންސަލް ކޮށްފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024އަޙުމަދު ތާރިޤު (ޓޮމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު