Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަމުގެ އިޝާރާތެއް ބައްސާމް ދެއްވައިފި

އެންމެ ފުރަތަމަ އިއުލާން ކުރި އިންތިޚާބުގައި ވާދަނުކުރައްވަން ބައްސާމް އޮތީ ނިންމަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 07:45
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި، އެ އިދާރާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ދެ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ބައްސާމް އެފަދަ އިޝާރާތެއް ކުރެއްވީ، ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރްސް އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެންމެ ފުރަތަމަ އެފްއޭއެމްގެ އިންތިޚާބު ބާއްވަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އެ އިންތިޚާބަށް އިއުލާން ކުރުމާއެކު، ބައްސާމް ވަނީ ތިން ވަނަ ދައުރަކަށް ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް، އެފްއޭއެމްގެ އަސާސީ ޤަވާއިދުގައި ބުނާ ބައެެއް ކޮމެޓީތައް އެކުލަވާލެވިފައި ނެތުމާއި، ބައެއް ކޮމެޓީތައް އަސާސީ ޤަވާއިދާ ޚިލާފުކަން އެނގުމުން، އިންތިޚާބު ވަނީ ބާތިލްކޮށްފަ އެވެ.

އެއަށްފަހު ބުރާސްފަތި ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ އެ ކޮމެޓީތައް އަލުން އެކުލަވާލައިފަ އެވެ. އެއަށްފަހު އިންތިޚާބަށް އަލުން އިއުލާންކޮށް، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާއިރު، އެ އިންތިޚާބުގައި ވާދަކޮށްފާނެތޯ ނޫސްވެރިޔަކު ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރެއްވުމާމެދު މިވަގުތު ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ނަމަވެސް، ނޫސްވެރިން ބޭނުންވާ ގޮތަކަށް އެކަން މާނަކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. މީގެ އިތުރުން ބައްސާމް ވިދާޅުވީ، އެފްއޭއެމްގެ މެންބަރު ކުލަބުތަކުން އެދިއްޖެ ކަމުގައި ވަނީ ނަމަ، އެ ކުލަބުތަކާއެކު ހުންނަވާނެ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ބައްސާމް ދެއްވާފައިވާއިރު، އޭނާއާ ދެކޮޅަށް ކުރާ ދައުވާ ޝަރީއަތް ވަނީ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށައިފަ އެވެ. ބައްސާމާ ދެކޮޅަށް މިހާރު ކޮށްފައިވާ ދެ ދައުވާ އަކީ ޚިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި ތަހުގީގުގައި ބައްސާމާ ގުޅުން ހުރި އެހެނިހެން މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ.

ޝަރީއަތް ފަށާފައިވާއިރު، ބައްސާމް ވަނީ އޭނާގެ ޕޯސްޕޯޓު ދޫކޮށްލުމަށް ވެސް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ. އެއީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށާއި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލް މެޗު ބައްލާލެއްވުމަށް ލިބުނު ދައުވަތުގައި ޤަތަރަށް ވަޑައިގެންނެވުމަށެވެ. ނަމަވެސް، ޝަރީއަތުން ނިންމާފައި ވަނީ ބައްސާމްގެ ޕާސްްޕޯޓު ދޫނުކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

އަތޮޅު މުބާރާތުގެ ގަދަ ހަތަރަކަށް ސްޕޮންސަރުން ހަމަޖެހޭނެ: ބައްސާމް

04 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު