Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޙޫޘީންނާ ހުޅަނގުން ކުރިމަތިލުން

ޙޫޘީންނަށް ޖަރީމާތައް ނުހުއްޓުވުނު ނަމަވެސް، ހުޅަނގުގެ އަމިއްލަ އެދުން ބޮޑު މުނާފިޤުކަން ފަޅާ އަރުވާލައިފިއެވެ.

ޙޫޘީންނަކީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި ނިކުތް، އެ ގައުމުން ބޭރުގެ ހަމައެކަނި ހަތިޔާރު އެޅި ބާރު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 17:06
ހުޅަނގަށް ނިސްބަތްވާ އާގުބޯޓަކަށް ޙޫޘީން ހަތިޔާރާއެކު އަރައި އެ ބޯޓު ހައިޖެކް ކުރުން

ހުޅަނގަށް ނިސްބަތްވާ އާގުބޯޓަކަށް ޙޫޘީން ހަތިޔާރާއެކު އަރައި އެ ބޯޓު ހައިޖެކް ކުރުން

އޮސްޓްރޭލިއާ، ކެނެޑާ އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުގެ އެހީތެރިކަމާއެކު ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޔަމަނަށް ދެމުންދާ, އިނގިރޭސިންނާއި އެމެރިކާގެ ވައިގެ ހަމަލާތަކުން ދައްކުވައިދެނީ ހުޅަނގުގެ ގިނަ ގައުމުތަކުގެ މުދަލާއި ފައިސާގެ އަގު، އިންސާނުންގެ ފުރާނައަށްވުރެ އެމީހުންގެ ކުރިމަތީގައި ބޮޑުކަމެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމަކީ، މުޅި ތާރީޚުގައި ވެސް ދުނިޔެ ދުވަހަކުވެސް ނުދެކޭފަދަ  ނުރައްކާތެރި ގަތުލުއާންމެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ 27،500އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. ޣައްޒާގެ ގިނަ ސަރަހައްދުތަކެއް ސުންނާފަތިވެ، މިލިއަނަކަށްވުރެ ގިނަ މީހުން ގެދޮރު ވަނީ ގެއްލިފައެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ހުޅަނގުން މި އިންސާނީ ކާރިސާއާ ގުޅިގެން މާނަހުރި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްޠީނުގެ ކުށެއްނެތް ނިކަމެތި އެތައް ބައެއްގެ ފުރާނަ ގެއްލުނަސް، "ޙަމާސް ނައްތައިލުމަށް" އިސްރާއީލުން ކުރާ މަސައްކަތަށް އެއްވެސް ޝަރުތެއް ނެތި ތާއީދު ކުރައްވާނެ ކަމަށެވެ.

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ޙައްޤުގައި ހަތިޔާރާއެކު ތެދުވި ބޭރުގެ ހަމައެކަނި ބަޔަކީ ޙޫޘީންނެވެ. އެކަމަކު އެމީހުންގެ ރޮކެޓްތަކާއި މިސައިލްތައް އަމާޒުކުރީ އިންސާނުންގެ ފުރާނަ ހިފުމަކަށް ނޫނެވެ. އެހެނެއްކަމަކު، ސްޓްރެޓެޖިކް ގޮތުން މުހިންމު ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރީގެ އުޅަނދުތަކަށް ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ނުރައްކާކުރަން ފެށީ، އެމެރިކާއާއި ހުޅަނގު ގައުމުތަކުން އަޅާނެ ފިޔަޅަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތިއެވެ. ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ ގައުމުތަކުން ވަނީ ޙޫޘީންނާ ދެކޮޅަށް ވަގުތުން ފިޔަވަޅު އަޅާފައެވެ.

އާނއެކެވެ. ޙޫޘީންގެ މި ޙަމަލާތަކުގެ ސަބަބުން ޝިޕިންގ ޚަރަދުތައް ހަލުވިކަމާއެކު ބޮޑުވުމުގެ ސަބަބުން ގެއްލުންވި ޑޮލަރާއި ޕައުންޑް، މެދުއިރުމަތީގެ ލޭގެ ކޯރުތަކަށްވުރެ މިނިވަން ދުނިޔޭގެ ވެރިންނަށް މާ އަގުބޮޑުކަން އެނގެއެވެ.

ރަތް ކަނޑުގެ ސަރަހައްދާއި، ސުއޭޒް ކެނަލާ ހަމައަށް ދަތުރުކުރާ ބާބުލް މަންދަބް ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ. ގަލްފުން އެންމެ ގިނައިން ޕެޓްރޯލިއަމާއި ޤުދުރަތީ ގޭސް އެކްސްޕޯޓްކުރާ ގޮތަށް ދުނިޔޭގެ ހުރިހާ ވިޔަފާރީގެ 12 ޕަސެންޓް ދަތުރުކުރަނީ އެ ކަނޑުއޮޅިން ކަމަށްވާއިރު، އެއީ އަހަރަކު އެއް ޓްރިލިއަން ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތަކެއް ކަމަށް އަންދާޒާ ކުރެވެއެވެ.

މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީގައި އޮންނަ އިސްރާއީލުން ގިނަ މުދަލަށް ބަރޯސާވަނީ މި ވިޔަފާރީގެ މަގަށެވެ. ޙޫޘީން ބުނަނީ މި ބަރޯސާވުމުގެ ސަބަބުން ބާބުލް މަންދަބުން ދަތުރުކުރާ އިސްރާއީލާއި އިސްރާއީލުގެ ހިއްސާ އޮންނަ އުޅަނދުތައް ހުއްޓުވަންފެށީ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެނަމަ، ނުވަތަ މަދުވެގެން އެކަށީގެންވާ މިންވަރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދީފިނަމަ ހަމަލާތައް ހުއްޓާލާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހޮލީވުޑުގެ އެކްޝަން ފިލްމުތައް ހަނދާންކޮށްދޭ ގޮތަށް ރެޑް ސީ ޝިޕިންއަށް ޙޫޘީން ދިން ހަމަލާތައް މިހާތަނަށް އަމާޒުކޮށްފައިވާ އުޅަނދުތަކުގެ މަދަނީ ފަޅުވެރިންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިޔަސް، އިސްރާއީލާއި އެ ކަމަށް ތާއީދުކުރާ ފަރާތްތަކަށް އިޤްތިޞާދީގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޙޫޘީންގެ ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުގެ މައި ބަނދަރު ކަމަށްވާ އީލާތުގެ ހަރަކާތްތައް 85 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ބެލެވެއެވެ.

މި ހަމަލާތަކުގެ ސަބަބުން، ބްރިޓިޝް ޕެޓްރޯލިއަމާއި ޝެލް ފަދަ ބޮޑެތި ޝިޕިން ކުންފުނިތަކުން ވެސް ވަނީ ރަތް ކަނޑުގައި ކުރާ ދަތުރުތައް މުޅިން މެދުކަނޑާލައިފައެވެ. މި ސަސްޕެންޝަންތަކުގެ ސަބަބުން މުދާ ޑެލިވަރީ ކުރުން ވަރަށް ބޮޑަށް ލަސްވެ، ޝިޕިން ކޮސްޓް ވެސް ހީވެސް ނުކުރާ ވަރަށް ބޮޑުވެގެން ދިޔައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހު މި ކީ ޝިޕިން ރޫޓަށް ބުރޫ އެރުމުގެ ކުރިން، އާދައިގެ ޝިޕިން އަގުތައް މިއަދު ހުރީ 329 ޕަސެންޓް ބޮޑުކޮށެވެ.

މި ހަމަލާތަކުގެ ސަބަބުން ޔަމަނާއި އެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ޙޫޘީންގެ މަޤުބޫލުކަން އިތުރުވެ، ހުޅަނގުގެ ޝާހީ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ތާއީދު ލިބިފައިވާ ހަތިޔާރުއެޅި ޖަމާޢަތް، ޢިއްޒަތްތެރި، އަދި ފާހަގަކޮށްލެވޭ ރެސިސްޓެންސް ބާރެއްގެ ގޮތުގައި ރީބްރޭންޑް ކުރަން ފެށިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި، ފަލަސްޠީނުގެ ބިންތައް ހިފުން ހުއްޓާލުމަށް އިސްރާއީލަށް ހުޅަނގުގެ ގައުމުތަކުން މަޖުބޫރުކުރިނަމަ، މި ހުރިހާ ކަމަކުން ހުޅަނގާއި މެދުއިރުމަތިވެސް ސަލާމަތްވެ، ފަލަސްޠީނުގެ އެތައް ބައެއްގެ ފުރާނަވެސް ނުގެއްލި، އަމާންކަމާއި ޞުލްޙަވެރިކަމުގައި އެންމެންނަށްވެސް ދިރިއުޅެވުނީހެވެ. އެކަމަކު އޭގެބަދަލުގައި ފަލަސްޠީނު މީހުން މެރުން ހުއްޓާލުމަށްބުނެ އިސްރާއީލަށް އުނދަގޫ ކުރުމުގެ ބަދަލުގައި، ހުޅަނގުގެ ލީޑަރުން ނިންމެވީ ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމާ ދެކޮޅަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމަށެވެ.

ހުޅަނގުގެ މި ގޮތްކުޑަ އަމިއްލަ އެދުން ބޮޑު ފިޔަވަޅާއެކު އެމީހުން ދައްކައިދިނީ، އެމީހުންގެ އެކުވެރިން އެއް ފަރާތަކުން ޖަރީމާ ހިންގާއިރު، މީހުން މެރުމާމެދު އެމީހުން ނުވިސްނާކަން އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު މެދުއިރުމަތީގެ ދިރިއުޅުމަށްވުރެ، ހުޅަނގުގެ ވިޔަފާރީގެ ބޮޑެތި ކުންފުނިތަކުގެ ޕްރޮފިޓް މާޖިންގެ އަގު އެމީހުންގެ ކުރިމަތީގައި މާ ބޮޑުކަމެވެ.

ހަމައެހެންމެ، އިންސާނުންގެ ފުރާނައާއި، ޚާއްޞަކޮށް ހުޅަނގު ނޫން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތްގޮތުން، މާނަހުރި ފިޔަވަޅެއް އެޅުމަކީ ހުޅަނގުގެ ސަރުކާރުތަކުން ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމުގައިވީނަމަވެސް، އިޤްތިޞާދީ މަންފާއެއް ހޯދުމަށްޓަކައި ހަނގުރާމަކުރުމަކީ، އެމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް މިއަދު ވަރަށް ރަގަޅަށް ހާމަވެއްޖެއެވެ.

މިސާލަކަށް 2003 ވަނަ އަހަރުގެ ޢިރާޤު ހަނގުރާމައަކީ ތެލަށްޓަކައި ކުރި ހަނގުރާމައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެ، ހީވެސް ނުކުރާވަރުގެ ހަމަނުޖެހުންތަކެއް އުފެދި، އިތުރު ހަމަނުޖެހުންތަކާއި ހިތާމަތައް އުފެދުނު ނަމަވެސް، ބީޕީ ފަދަ ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.

ރަތް ކަނޑުގެ ޝިޕިންއަށް ޙޫޘީން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ކަރުހިއްކައިގެން ތިބި ފަލަސްތީނު ރައްޔިތުންނަށް ސާފު ފެންފޮދެއްހާ ހިސާބުވެސް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ހުޅަނގުން އިސްކަންދޭ ކަންކަމާއި، ދިރިއުޅުމުގެ އަގު ވަޒަންކޮށް، ހުޅަނގުގެ ގައުމުތަކުގައި ހުރި ނޭއްގާނީކަމާއި، އަމިއްލަ އެދުން ބޮޑު މުނާފިޤުކަން ހާމަކޮށްދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރަށް އެއް އަހަރު: ޓެކްނޮލޮޖީ މިނިސްޓްރީގެ ބިންގާ ރަނގަޅު. ނަމަވެސް ކުރަން ހުރި މަސައްކަތް ގިނަ!

ސަރުކާރަށް އެއް އަހަރު: ޓެކްނޮލޮޖީ މިނިސްޓްރީގެ ބިންގާ ރަނގަޅު. ނަމަވެސް ކުރަން ހުރި މަސައްކަތް ގިނަ!

17 ނޮވެމްބަރު 2019
ހިރިޔާ ދަތުރުގައި ޕްރިންސިޕަލާއި ހަތަރު ދަރިވަރުން މަރުވިތާ 8 އަހަރު، ނަމަވެސް ހަނދާނުން ފޮހެލަން ދަތި

ހިރިޔާ ދަތުރުގައި ޕްރިންސިޕަލާއި ހަތަރު ދަރިވަރުން މަރުވިތާ 8 އަހަރު، ނަމަވެސް ހަނދާނުން ފޮހެލަން ދަތި

09 ސެޕްޓެމްބަރު 2019
ތަފާތު ފިކުރަކަށް ތާއީދު ކުރި ނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިން!

ތަފާތު ފިކުރަކަށް ތާއީދު ކުރި ނަމަވެސް އަޅުގަނޑުމެންނަކީ ދިވެހިން!

07 ސެޕްޓެމްބަރު 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު