Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ފްލެޓް މައްސަލަ

މަޖިލިސް ކޮމެޓީ: ފްލެޓްތަކުގެ މައްސަލައިގައި އަދުރޭ ބައެއް މީހުންނަށް ގުޅައި ފްލެޓް ޔަގީންކޮށްދިން ކަމަށް ބުނެފި

އެ ކަންބޮޑުވުން ކޮމެޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވެސް ފާޅުކުރެއްވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 12:37
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)

މިދިޔަ ސަރުކާރުން ދޫކުރި 4،000 ފްލެޓްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަނިކޮށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޙާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ބައެއް މީހުންނަށް ގުޅައި، ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމެޓީގައި ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ޙާޒިރުކުރެވި، ފްލެޓް ލިސްޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ހިންގި ތަހުގީގާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. މި ބައްދަލުވުމުގައި އެ ފްލެޓްތައް ނުލިބޭ ފަރާތްތަކުގެ ފަރާތުން، އާންމު ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އެގޮތުން އޭސީސީއަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި އާންމުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވި ފަރާތެއް ވަނީ ޕީއެންސީގެ ޗެއާޕާސަން އަދުރޭ، އާންމު ބައެއް ފަރާތްތަކަށް ގުޅައި، ފްލެޓް ޔަގީންކޮށްދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މީހާ ބުނި ގޮތުގައި، އޭސީސީން އެ މައްސަލަ ބަލަމުންދަނިކޮށް، އެ މީހާގެ ގާތް މީހަކަށް އަދުރޭ ގުޅައި، ފްލެޓް ޔަގީންކޮށްދިނުމުން، އެ މީހާ ވެސް ސަރުކާރުން ނެރޭ މެންބަރަށް ތާއީދުކުރަން ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ މީހާ އެ ކަންބޮޑުވުން ފާޅުކުރިއިރު، ކޮމެޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މެންބަރު ޔައުގޫބް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް، ސަރުކާރުން ނެރޭ މެންބަރުންނަށް ގެންދަވަނީ އެ ބޭފުޅުންނަށް ތާއީދުކުރުމުގެ މަތިން، ގެދޮރުވެރިޔާގެ ފުރަތަމަ ހަތަރު ހާސް ފްލެޓުން އެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކަށް ދޭނެ ކަމަށް ބުނަމުން ކަމަށެވެ.

އަދި އެކަން އޭސީސީއަށް ވެސް އިނގޭނެ ކަމަށާއި މި މައްސަލައިގެ ތެރެއިން ސަރުކާރުން ރައްޔިތުންނަށް ދައްކާ ބިރުތަކާއި ނަގާނެ ނާޖައިޒް ފައިދާތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅުތަކެއް އަޅާނެތޯ ޔައުގޫބް ސުވާލުކުރެއްވިއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަޙްމަދު ޝާމިލް ވިދާޅުވީ އަދި މިހާ ހިސާބަށް ސްޕެސިފިކް ކޮށް އެމައްސަލަ ހުށަހެޅިފައި ނެތް ނަމަވެސް، އެ ކަންބޮޑުވުން އޮތް ނަމަ އެ މައްސަލަ އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު